06 ފެބުރުއަރީ 2025 - 14:33
އަންނަ މަހު ފަށާ ރޯދަމަހަށް ހާއްސަކޮށް، ބާޒާރުގައި ލިބޭ ތަކެތީގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް އެސްޓީއޯ އިން ހަތަރު ކެޓަގަރީއަކުން 24 ބާވަތް އެތެރެކުރުމަށް ނިންމައިފި އެވެ.
އެ ކުންފުނިން މިއަދު ބުނީ، ރޯދަމަހު ދަތިތަކެއް ނެތި މުދާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށެވެ. އަސާސީ ކާބޯތަކެއްޗާއި ތަރުކާރީ އާއި މޭވާ އާއި ޕްރޮސެސްޑް ކާނާ އާއި ކެއްކުމަށް ބޭނުންވާ ތަކެތި ވެސް އެތެރެ ކުރާނެ ކަމަށް ބުންޏެވެ.
މިދިޔަ އަހަރުތަކެކޭ އެއްގޮތަށް ބިހާއި އަަލުވި، ފިޔާ، ކާއްޓާއި ކަދުރުގެ ބާވަތްތައް ވެސް އަސާސީ ކާބޯތަކެތީގެ ގޮތުގައި ބާޒާރަށް ނެރުމަށް އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ.
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
އެސްޓީއޯ އިން ބުނިގޮތުގައި، ބާޒާރުގައި އަގު މައްޗަށް ދާނެ ކަމަށް ފާހަގަކުރެވޭ ތަކެއްޗަށް ރޯދަމަހު އިސްކަންދޭނެ އެވެ. އަސާސީ މުދަލެއްގެ އަގު އެކަށީގެން ނުވާ މިންވަރަކަށް މައްޗަށްދާ ނަމަ އިކޮނޮމިކް މިނިސްޓްރީގެ ލަފާގެ ދަށުން އެސްޓީއޯ މެދުވެރިވެ، އަގު ކޮންޓްރޯލްކޮށް، މުދާ ލިބޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ، އެ ކުންފުނީގެ ބޭނުމަކީ ޑިމާންޑާ އެއްވަރެއްގައި މުދާ ފޯރުކޮށްދީ، މާކެޓްގައި ސަޕްލައި ގެޕެއް އުފެދި އޭގެ ބުރަ އާންމު ރައްޔިތުމީހާ އުފުލަން ޖެހުނަ ނުދިނުން ކަމަށެވެ.
ބާޒާރުގެ އަގުތައް ދުވަހުން ދުވަހަށް މޮނިޓަކޮށް، އަގު މައްޗަށް ދާ ބާވަތްތައް ދެނެގަނެ، އަވަސް ފިޔަވަޅު އެޅުމަށް އެސްޓީއޯ އިން ވަނީ ނިންމައިފަ އެވެ. ރާއްޖޭގެ ބާޒާރަށް ބޭނުންވާ އަދަދަށް މުދާ އިމްޕޯޓްކޮށް، އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމުގެ އިންތިޒާމުތައް ވެސް ހަމަޖެއްސުމަށް އެސްޓީއޯ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
09 February 2025
ބޭސް ހަމަކޮށްބަލަ! ސެލީން ފުޅިއެއްވެސް ނުލިބުނު މަ ނެބިއުލައިޒްކުރަން. ބޭހެއް ހޯދަން ދާއިރަށް ބުނާނެ ސްޓޮކަކުނެތޭ ބޭރުން ގެންނަ ބޭހެެއް ވީމަ. ރާއްޖެއިން ގެންނަ ޕްރިސްކްރިޕްޝަން ބޭހެެއް ހުރޭތަ؟ ދެން ހުންނާނީ ދެރަ މާކެޓަށް (އިންޑިޔާ އަދި ބަންގާޅު) ވިއްުކަން ހަދާފަ ހުންނަ އޭސީ އާއި އެޕްލައިއެންސްތައް ގެނެއްސް ޕްރީމިއަމް އަގު ލާފަ. އެއިން އެއްޗަކުން ކިޔާ އަޑަކާ ހެދި ނުނިދޭ. އޭސީގެ ވައިފައި ކިއުއާރު ކޯޑު ޕެއާ ނުވެގެން ބެލިއިރު 'މޭޑް އިން އިންޑިޔާ'.
ޞުރް
06 February 2025
ޑިވެހިންގެ އުފެއްދުން ގިނައިން އެތެރެކޮށް އަގު ވައްޓާލުމަކީ ރަންގަޅު ކަމެއްނޫން، ހާއްސަކޮށް ކަރާ އަދި ޕެޝަން ފުރުޓް
އިކޮނޮމިސްޓް
06 February 2025
އެސްޓީއޯއަކަށް މީގެ ކުރިނަވެސް އަގު ތިރިނުކުރެވުނު. މުދާ އެތެރެ ކުރާމީހުން ކޮންމެފަހަރުވެސް ހަދާގޮތަކީ އެމީހުން ގެންގަ އެއްޗެހި މާކެޓަށްނުނެރެ ބަހައްޓާފަ އެސްޓީ ގެންނަ އެތިކޮޅު ހުސްވަންދެން ދޫކޮށްލަނީ . އެސްޓީަޯ އެތިކޮޅު ހުސްވުމުން ބޮޑުއަގުގަ ވިއްކަނީ. ރޯދަމަހު ގިނަގޭގެއަށް އެއްޗެހި ގަންނަނީ ގަނޑުކޮށް... ދެވަނަ ފަހަރަށް އެސްޓީއޯ އަށް ގެނެވޭއިރު މާލަސްވެފަ އޮނަނީ އެއްއަށް މާކެޓް އޮންނަނީ ކުނިގޮނޑުން.
ގަރުދިޔަޔާ ފިހުނުމަހާ
06 February 2025
އޮށް ހުންނަ ލުނބޯ ގެނެސްދެއްޗޭ... ޕްލީސް... ޖެނެޓިކަލީ މޮޑިފައި ކޮށްފަ ހުންނަ އެއްޗިހި ކައި ކައި ގޮހޮރު ފޫގޮއްސި މިހާރު! ރަހަވެސް ނުބައި އަސްލު ލުނބޮޔާ ބަލާފަ!
ލަދުރަކި ލަމް
06 February 2025
އަވަލަންޔޫ އެސްޓީއޯ! ޔު އަ މަ ހީރޯ!
ގަބުޅިކަތީބު
06 February 2025
އެސްޓީއޯއިން ކުރާމަސައްކަތް ވަރަށްބަލައިގަންނަން، ނަމަވެސް ވާގޮތަކީއަގުހެޔޮކޮށް ހަފްތާއެއްހާދުވަހު ހުންނަނީ ދެން ގަނޑުކޮށް ނެގިމީހުން އެކެއްޗެއްކިޔާފަ އަގު ޖައްސަނީ،
ހެލޯޯ
06 February 2025
މިހެންވެތަ ރީނދޫކުދިން މުޒާހަރާއަށް ނުނިކުމެވިގެން މޮޔަވަނީ!؟
ސަލީމު އިދުރީސް
06 February 2025
ތިއެއްޗެތި އެރެތެކޮއްދޭތި އަޅުގަނވެސް ސުކުރުދަންވަން އެމަކު ތިއަކީ ތިގޮތައް އަބަދު ނުކުރެވިދާނެ ކަމެއް ކަމުގަވެސް ވިސްނަންޖެހޭ ކަމުގަ ދެކެން!މިގައުމުދަނީ ކެޕިޓަލްޒަމުގަ ގައުމު ހަލާކުކުވާގޮތުގެ ބަލި ފަޔާދީމާލައް!ތީގެތެރޭން ގައުމުގަ އުފެއްދިނާނެ ގިނަބާވަތްތަކެއް ހުއްޓަސް ސުކޫލުތަކުން ނަތީޖާނުރެވޭ ކުދިންވެސް ގައުމީ އުފެއްދުންތެރި ކަމުގަ ބައިވެރި ނުކޮއް ވައްދަނީ ގައުމީ އުފެއްދުންތެރިކަމުގަ ބައިވެރިނުވާ އެއިން ބައިޅަންޖެހޭ މުއައްސަސާތަކައް!
ފިނިފެންމާ سعيد
06 February 2025
ދިވެހިވިޔަފާރިވެރިން ދިވެހިން ރޯދަމަހު ފެލުމަށް ސިއްކަޖެހުންގެނައީ ބަނދުލޭދޭޝް ބޭފުޅުން ކަންމަތީ މާރުކޭޓްތައް ދިވެހިންނަށްޓަކާ ހުޅުވައިދީގެން. އަދި އޭގެ ތަންކޮޅެއް ފަހުން އެސްޓީއޯ މީގެތެރެއަށް ވަދެގެން ކުކުޅުބިހާ ފިޔާފަދަތަކެތީގެ އަގު ކޮންޓުރޯލުކުރީ. އެހެންވީމާ ބަންގާޅީންނާ އެސްޓީއޯއަށް ޚާއްސަ ޝުކުރެއް ރައްދުކުރާންޖެހޭ ކޮންމެ ރޯދަމަހަކާ ކުރިމަތިލާއިރު.
ސަންސެޓު މަރިޔަނބު
06 February 2025
ޝައްވާލު މަސް ފެށުމާ އެކީ އެހެރަ ލޯކަލް މާރުކޭޓު މީހުންގަނޑު އެއްޗިހީގެ އަގު ނަގާ ދަނޑިކުރިޔަށް މިހާރުވެސް ހުރީ ޖައްސާފަ. ދޮންކެޔޮކޮޅެއް ފަޅޮލެއް މިކިޔާލަނީ ކިލޯއެއް ސާޅީހުން މަތިން... ހެޔޮވާނީ ކިހިނެއްތަ؟ ކޮން ބަރަކާތެއްތަ ހުންނާނީ މިހެން ހެދީމާ... އެސްޓީއޯ އިން ތިޔަ ހެޔޮ އަގެއްގައި ލިބޭނެ ކަމަށް އުންމީދުކުރަން. ފަށްފަށުން ޝުކުރިއްޔާ
ބޫލު
09 February 2025
ފަޅޯ، ދޮންކެޔޮ ހައްދާ މީހުން ކައިރީ ދައްކަން ޖެހޭ ވާހަކައެއް ތީ