މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ސާޖިދާ ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް
07 ފެބުރުއަރީ 2025 - 12:18
އޯޓިޒަމްއާ ގުޅޭގޮތުން މީހުންގެ ކުށްހީތައް ފިލުވާލަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ފަސްޓްލޭޑީ ވިދާޅުވީ އޯޓިސްޓިކް ކުދިންނަށް ހާއްސަ ފަރުވާއެއް ދީފައި، ރަނގަޅުކުރުމަށް ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާ ގޮތް ތަފާތުވުން އުފެދޭ ތަފާތު ވިސްނުމާއި އުޅުން ބަދަލުކުރަންޖެހޭ ކަމަށް އާންމުން ގަބޫލުކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
އެހެންވެ، އެފަދަ ކުށްހީތައް ފިލުވަން ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް، ހުޅުމާލޭގައި ހިންގާ އެ ޖަމިއްޔާގެ އިމާރާތުގައި ބޭއްވި ރަސްމިއްޔާތުގައި ސާޖިދާ ވިދާޅުވި އެވެ.
ފަސްޓްލޭޑީ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުންނަ ތަފާތުކަމާއެކު އެ ކުދިން ބަލައިގަންނަން ޖެހޭ ކަމަށެވެ. އެކަމުގައި، މުޖުތަމައުގެ ހުރިހާ ފަންތިއަކުން، އެ ކުދިންނަށް އެއްބާރުލުން ދިނުމާއި އެ ކުދިންނަށް އަމިއްލަ ހަގުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު ދެވޭ ފަދަ މާހައުލެއް ގާއިމްކޮށްދޭންޖެހޭކަމަށް ވިދާޅުވި އެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ކުދިންތަކެއް އައިޓަމެއް ހުށަހަޅަނީ.-- ފޮޓޯ: ރައީސް އޮފީސް
ތަހުޒީބު މުޖުތަމައުއަކަށް މި ތަން ބަދަލުކުރުމަށް އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ފާހަގަކުރައްވައި ސާޖިދާ ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ.
ފަސްޓްލޭޑީގެ ވާހަކަފުޅުގައި އޯޓިޒަމްގެ އެކި މައްސަަލަތަކާއެކު ވެސް ކާމިޔާބުކަމާއެކު ދިރިއުޅުނު އަދި މިހާރު ވެސް އުޅެމުން އަންނަ ޝަހުސުންނަށް އަލިއަޅުވާލެއްވި އެވެ.
އެއާ އެކު، އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ގާބިލްކަމެއް ދެނެގަނެ އަދި އެ ރޮނގުން އެ ކުއްޖާއަށް ވީހާ ވެސް ގިނަ ފުރުސަތުތަކެއް މަގުފަހިކޮށްދެއްވުމަށް ފަސްޓް ލޭޑީ ވަނީ ބާރުއަޅުއްވައިފަ އެވެ.
އެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފުންނަށް ހަނދާނީ ފިލާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރިންސް ފައިސަލް
08 February 2025
ތިކުދިންނަށް ބޭނުންވާ ތެރަޕީތައް މާލެއިން އަދިވެސް އެކަށީގެންވާ ވަރަކަށް ނުލިބޭ. އެންސްޕާއިން އެއްބަޔެއްގެ ތެރަޕީ ހަރަދު މާލެއިންނާއި ބޭރުން ކުރުމަށް 100% ދޭ އިރު އަނެއްބަޔަކަށް ދެނީ ކުޑަ މިންވަރަކަށް.
ހާސަރު
08 February 2025
މިހާރު ރައީސަށް ވުރެގިނައިންފެންނަނީ މެޑަމް. ހެޔޮނިޔަތެއްގާކަމެއް ކުރާނަމަ ތިހުރިހާކަމެއް ހުއްޓާލާފަ ކަމަނާގެ އަސްލު ފީލްޑުން ގައުމަށް ކަމެއްކޮށްދީބަލަ. މިބުނީ އިންސާނުން ކާން ކަމުދާމިންވަރަށް މޭވާއާއި ތަރުކާރީ ، މަސް ، ވިއްކުމާ ގެންގުޅުމާ އުފެއްދުމަށް ގަވައިދުތައް ހަދާ އެތަންފީޒުކޮށްދީބަލަ.
އީވަލް އިން ލޯ
08 February 2025
ކަލެއަށް ކިހިނެއް އިނގެނީ މިއީ ހެޔޮނިޔަތުގައި ކުރާކަމެއްކަން ނޫނީ ނޫންކަމެއް. ފާޑުކިޔޭތޯ ބަލާތި އަބަދުވެސް
ކަސިރި
07 February 2025
އޯޓިޒަމް އަކީ މިހާރު އިޝްތިހާރު ކުރާވަރަށް ވުރެން ރައްޔިތުން ފަރިތަ މައްސަލައެކެވެ. މިޤައުމުގައި ގައިމު ތިޔަށްވުރެން އިސްކަންދޭން ޖެހޭ ބައިވަރު މައްސަލަ އެބައޮތެވެ. ކޮންމެ ކަމެއްވެސް ސިޔާސީ ކަމެއްގެ ގޮތުގައި ކުރާށެވެ. ތިޔަހެން ހަދަމުން ގޮށް 4 ވަނައަށް ވާއަހަރު ބަނޑު ހަރުވެ ފާޚާނާއަށް ދާން އުނދަގޫވާ މައްސަލައިގެ ކުށްހީ ފިލުވަދޭން ނޫޅެފީއްޔާ ރަނގަޅަވެ.
ޑިޕްެރެށަން
07 February 2025
މަ މިތަނުން މީހެއްކައިރިީ ބުނިން މަގޭ ހުރޭ އެންޒައެޓީ އާ ޑިޕްރެށަން. ބުނީ ގޮސް އެހެން މީހެއް ކައިރީ މަމީ މޮޔަމީހެކޭ. މީ ހާލަތު.
ސގޖ23
07 February 2025
އޯޓިޒަމް އާ ގުޅޭގޮތުން ކުށްހީކުރާ ބަޔަކު މިހާރަކު ނެތް.
ސުލްތާން
07 February 2025
ޢޯޓިޒަމް ޖެހެނީ ކުޑައިރުޖަހާ ވެކްސިންގެ ސަބަބުން.
އަލި ނޫން އަސަދް
07 February 2025
އަލީ އަސަދް؟؟ އަހނަ މިތާ؟