09 ފެބުރުއަރީ 2025 - 15:23
ކަންބޮޑުވާން ޖެހޭ ކަމަކީ ފުޓްބޯޅައިގެ މީހުންނަށް ރެފްރީންގެ މައްސަލަ އޮޅުންނުފިލާތީ ކަމަށް ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އަންޗެލޮޓީ ގަބޫލުކުރާގޮތުގައި ރެއާލަށް ކުރިމަތިވީ ރެފްރީންގެ މައްސަލަ އެވެ.
އަންޗެލޮޓީ ވަނީ އެތުލެޓިކޯ އަށް ދިން ޕެނަލްޓީގެ ސައްހަކަމާ މެދު ސުވާލު އުފައްދައިފަ އެވެ. އޭނާ ބުނީ މެޗުން ތިން ޕޮއިންޓް ރެއާލަށް ހައްގު ކަމަށެވެ.
"އަހަރެން ނެތިން ރެފްރީންގެ ވާހަކަ ދައްކާކަށް. ސަބަބަކީ ޕެނަލްޓީއެއްކަމަށް ނިންމީ ވީއޭއާރުން. (އެކަން ހިނގިއިރު) ރެފްރީ ވަރަށް ކައިރީގައި ހުރި. އޭނާ އަށް ރަނގަޅަށް އެކަން ފެންނާނެ. އެތުލެޓިކް [ބިލްބާއޯ] އާއި ޖިރޯނާގެ މެޗުން ވެސް ޕެނަލްޓީއެއް ފެނުނު. ފުޓްބޯޅައިގެ އުޅޭ މީހުންނަށް މިކަމެއް އޮޅުން ނުފިލާ،" އަންޗެލޮޓީ ބުންޏެވެ.
ލީގުގައި ކުރިން ކުޅުނު މެޗުގައި ވެސް ރެއާލް ވަނީ ރެފްރީންގެ މައްސަލަތައް ނަގައިފަ އެވެ. އަދި އެ މައްސަލަ ރަސްމީކޮށް ލަލީގާ އަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެ ލީގުގެ ވާދަވެރި އެހެން ކްލަބްތަކުން ރެއާލުން ހުށަހެޅި މައްސަލައާ ދެކޮޅެވެ.
އެކަމަށް އެންމެ ބޮޑަށް ދެކޮޅު ހެދީ އެތުލެޓިކޯ އެވެ. ރޭގެ މެޗުގައި އެ ދެ ޓީމު ޖެހުނީ ޕޮއިންޓް ހަމަހަމަ އަށް ބައި ކުރާށެވެ.
މެޗުގައި އެތުލެޓިކޯއިން ލީޑް ނެގީ ސުވާލު އުފެދުނު އެ ޕެނަލްޓީން ހޫލިއަން އަލްވަރޭޒް ވައްދާލި ލަނޑުންނެވެ.
ދެވަނަ ހާފުގައި ރެއާލް އަށް ނަތީޖާ ހަމަހަމަކޮށް ދިނީ ކިލިޔަން އެމްބާޕޭ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮޅުން ނުފިލާ
09 February 2025
ބަލަ އެއީ ޕެނަލްޓީއެއް ނޫނޭ، އެކަކަށް ވެސް ބޯޅައެއް ނުލިބޭ، ދެ މީހުންކުރެ އެކަކަށް ވެސް ފަހިވާގޮތަށް އައި ބޯޅައެއް ނޫން، އަނެއްކާ އެ ބޯޅަ އެކަކު ފައިގައި ވެސް ނުޖެހި މާދުރަށް ދިޔަ ފަހުން އެ ދެމީހުން ކޮންޓެކްޓް ވީ، އެވަރުން ޕެނަލްޓީ ދެންޏާ ދެން ފުޓްބޯޅަ ނުކުޅެ ތިބެންވީ