ނަތަންޔާހޫ: އޭނާގެ ވާހަކަތައް ރާއްޖޭން ވަނީ ކުށްވެރިކޮށްފައި
09 ފެބުރުއަރީ 2025 - 16:20
ސައުދީ އަރަބިއްޔާގައި ފަލަސްތީނުގެ ދައުލަތް ގާއިމް ކުރުން ރަނގަޅުވާނެ ކަމަށް ބުނެ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަތައް ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ނަތަންޔާހޫ ދެއްކީ ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށާއި އަދި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދައުލަތެއް އެދޭނަމަ، ސައުދީ އަރަބިއްޔާގައި ބޮޑެތި ބިންތައް އެބަހުރި ކަމަށާއި އެ ތަނުން ބިމެއްގައި އެ ދައުލަތް ގާއިމްކޮށް ދިނުން ރަނގަޅުވާނެ ކަމަށް ނަތަންޔާހޫ ވަނީ ބުނެފަ އެވެ.
ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި ސަލާމަތާއި ސަރަހައްދީ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް ކަމެއް ރާއްޖޭން ބަލައިނުގަންނާނެ ކަމަށާއި އެފަދަ ވާހަކަތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އަދި އދ. ގެ ޗާޓަރާ ވެސް ސާފު ހިލާފު ކަމެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.
އެފަދަ ވާހަކަތަކަކީ ހަމައެކަނި ސައޫދީ އަރަބިއްޔާގެ މިނިވަންކަމަށް އަރައިގަތުން ނޫން ކަމަށާއި އެއީ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އިންކާރު ކުރުމުގެ އަމަލެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ 1967 ގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް، އިރުމަތީ ގުރުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށް ކަމުގައި ބަލައިގެން، ފަލަސްތީނުގެ ރައްޔިތުންގެ މިނިވަން ދައުލަތެއް ގާއިމް ކުރުމުގެ ހައްގު ދެމެހެއްޓުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.
މީގެ އިތުރުން ސަރަހައްދުގެ ހަމަޖެހުމަށް ނުރައްކާވާ ފަދަ ގޮތަށް ދައްކާ ވާހަކަތަކަށް ފިޔަވަޅު އަޅަން ވެސް ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުއަށް އެ ބަޔާނުގައިވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
10 February 2025
މިބާވަތުގެ ބަޔާން އަޅެނެރެނީ ކާކަށް ތިއްތި ދެއްކެންބާ؟ ރާއްޖެހިމެނިގެން އިސްލާމީ ޤައުމުތަކުން އިޒުރޭލާ ދެކޮޅަށްއެޅި ވަރުގަދަ ފިޔަވަޅެއް ކޮބާބާ؟ ކުށްވެރިކުރަން މިބަސް ބުނުން ފިޔަވާ ކޮންކަމެއެބާ މިކުރަނީ؟ އެކަމަކު ފަލަސްތީނާ މުސްލިމުންގެ ހައްޤުގަޔޯ މިތިބެނީ. މަކަރުވެރި އެމެރިކާއިން ލާއިންސާނީ އިޒުރޭލުގެ ދިފާއުގަ އެހެން މީހުންނަށް ދަތިކޮށް ފިޔަވަޅުތައް އެޅުމުގަ އަވަދިނެތި އެއުޅެނީ. ދެން މިހާރު އެވިސްނީ ފަލަސްތީނުގެ ބިން އެއްކޮށް ދޮވެލަން.
ގާސިމް
10 February 2025
ބައިނަލް އަގްވާމީ ފައިނޭސް ހޯދައިގެން ރަސްމާލެ ހިއްކާ އެތަނަށް އަހަރެމެންގެ އަހް ފަލަސްތީނު ރައްޔިތުން އަމިއްލަޔަށް ބަދަލަުވުމުގެ ފުރުސަތު ދީ ދިވެހި ދައުލަތާ ފަލަސްތީނާ ހަމާސް އެއްކޮއްލާންވީ. ރާއްޖެޔަށް އެމެރިކާ އަދި އިޒްރޭލް މީހުން މަނާ ކޮއް ސީރިޔާ ބަގަދާދު އީރާން ލެބަނަން އަފްއާއިސްތާން ފަދަ ގައުމުތަކާ އެގައުމުތަކުގެ ހަނގުރާމަ ވެރި ޖަމާއަތްތަކަށް ހާއްސަ ޓުއަރިޒަމް ގައިމް ކުރަންވީ
ރާވެރިބެ
09 February 2025
އިޒްރޭލު ޕާސްޕޯޓު މަނާކުރުން ކަހަލަ އަމިއްލައަށް ކުރެވޭނެ ކަންކަން ވެސް އިޒްރޭލާ ދެކޮޅަށް ނުކޮށް އަބަދު ބަޔާންނެރުނީމަ ކޮންކަމެއްބާ ވަނީ؟ ބައެއް ފަހަރު ރާއްޖެއިން އެކަނި ތިކަހަލަ ބަޔާން ނެރޭތަން ފެންނަނީ!!
އަޅި އަލީ
09 February 2025
ދެން ފަލަސްތީނު ބިމަށް ގަދަވެގަނެގެން އުޅޭ މީހުންވެސް އެމެރިކާއަށް ބަދަލު ވާންވީނު!
އަހްމަދް
09 February 2025
ކޮބައިތޯ މަނާކުރަން ބުނި އިޒްރޭލް ޕާސްޕޯޓް؟ ވެރިކަމަށް އަހަރެއް ވެގެން ދިޔައީ. އެންމެފަހުން ބުނި ފެބްރުއަރީ މަސްވެސް ނިމެން ދަނީ. ތިދައްކާ ވާހަކައިގަ އިހުލާސްތެރިކަމެއް ނެތެއްނޫންތޯ.
ފެކްޓްްް
09 February 2025
ނިކަން މިހެންބު ސިޓީއާއި ޓްވީޓް ކޮށްބަލަ "އެމެރިކާގައި އިޒްރޭލުގެ ދަޢުލަތެއް ހެދީމާ މިހުރިހާކަމެއް ނިމި ކަލޭމެންނަށްވެސް ދުނިޔެ އަމާންވާނެ. ބިން ފޭރިގެން ތިބޭއިރު، ކަލޭމެންގެ ބުރަކަށީގައި ފިރުމާނެކަމަށް ހީކުރުމަކީ އިޒްރޭލުގެ މޮޔަކަން." ޝުކުރިއްޔާ.
ޝަހީމް ޝެެއިހްު
09 February 2025
އަބަދު ކުށްވެރިކޮށް ބަޔާން ނެރުން.. އިހްލާސްތެރިކަމެއް ހުރިނަމަ މަޖްލިސްގައި އޮތް ބިލް ވަގުތުން ވަގުތަށް ފާސްކޮށް ތަސްދީގުކޮށްބަލަ.. ޓޫރިސްޓް ވިސާގައި ވެސް ޔަހޫދީ އަކަށް މި ގައުމަށް އާދެވިގެން ނުވާނެ..
ބަސްމަގު
09 February 2025
ޔަހޫދީން އެމެރިކާއަށް ބަދަލުވުންވެސް ރަނގަޅުވާނެ. ފުދޭވަރެއްގެ ބޮޑެތި ބިން ހުންނާނެ.
ލާރިއަށް ޚަބަރު ޖެހުން ހުއްޓާލާ
09 February 2025
ވަރަށް ވަޅޯ ބަޔާނެއް ނެރެފަ އޮތީ!
ބަބްސް
09 February 2025
ރާއްޖެއިން ވާހަކަ ކުއްވެރިކުރީމަ ކަމެއްވޭތަ. ޕާސްޕޯޓް ބޭންކުރާށޭ ކިޔާކިޔާ އަނގައިގަ ހުތްރަހަލައިފި. ބޭކާރު ހެޑްލައިން މިއަޅަނީ ..