އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ (ވ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާއިން މީހުން ބޭލުމުގެ ޕްލޭނާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
09 ފެބުރުއަރީ 2025 - 17:47
ފަލަސްތީނުގެ ޣައްޒާއިން އާންމުން ނެރެލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ޕްލޭނަށް ފުރިހަމައަށް ތާއީދުކުރާ ކަމަށާއި އެ ޕްލޭން ތަންފީޒުކުރަން އިޒްރޭލު އޮތީ ތައްޔާރަށް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރު ނިންމާލައި ހޮނިހިރު ދުވަހުގެ ރޭ ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި ޓްރަމްޕްގެ ހުށަހެޅުން ވަރަށް ބޮޑަށް ދިފާއުކުރި އެވެ. އެކަމަކު މެދުއިރުމައްޗާއި މުޅި ދުނިޔެއިން ވަނީ ޓްރަމްޕުގެ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.
ރައީސް ޓްރަމްޕްގެ ހުށަހެޅުމަކީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ގެނައި ފުރަތަމަ އާ ވިސްނުން. އެއީ ޣައްޒާގެ ހުރިހާ ކަމެއް ބަދަލުކުރުމުގެ ގާބިލުކަން ލިބިފައިވާ ޕްލޭނެއް. އެއީ ފަލަސްތީނުގެ ބިމުގެ މުސްތަގުބަލަށް ރަނގަޅު ވިސްނުމެއް،" ނަތަންޔާހޫ ބުންޏެވެ.
"ޓްރަމްޕް އެ ވިދާޅުވަނީ ވަގުތީ ގޮތުން މީހުން ނެރެ މި ހުޅުވާލަދެނީ އުމްރާނީ ގޮތުން އަލުން އާރާސްތުކޮށްދިނުމަށް ފަހު އާ ފުރުސަތެކޭ."
އޭނާ ބުނީ ޓްރަމްޕް ޣައްޒާއަށް އެމެރިކާ ސިފައިން ފޮނުވައިގެން އެކަން ކުރާ ވާހަކަ ނުބުނާ ކަމަށާއި "އެކަން ކުރާނީ އިޒްރޭލުން" ކަމަށެވެ.
އިޒްރޭލުން 1967 ވަނަ އަހަރު ޣައްޒާ ހިފައި، 2005 ވަނަ އަހަރާ ހަމައަށް އެ ސަރަހައްދުގައި އަސްކަރީ ބާރުތައް ދަމަހައްޓަމުން ގެންދިޔަ އެވެ. އެކަމަކު 2005 ވަނަ އަހަރު ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ސިފައިން އެތަނުން ފޭބި އެވެ. އޭގެ ފަހުން ހަމާސްގެ ވެރިކަންކުރާ އެ ސަރަހައްދު އެއްކޮށް ހިސާރުކުރި އެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަނގުރާމަ ފެށުމަށް ފަހު އިތުރަށް ދަތިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަސޭހަތް
09 February 2025
ޓެރެރިސްޓް ނަތަންޔާހޫއަށް ބުނަލަން އޮތީ (އެބަހީ ކާފިރުވީމީހުން މަކަރުވެރި ނުބައި ރޭވުންތައް ރޭވޫއެވެ. ﷲ އެއުރެންގެ ރޭވުންތައް ބާތިލް ކުރައްވައި އެއުރެންނަށް ކެހިލި ބޭނެގޮތަށް ތަދުބީރުކުރެއްވިއެވެ. ﷲ އީ މަކަރުވެރިންނަށްވުރެން ތަދުބީރު ކުރެއްވުން މޮޅު ރަސްކަލާނގެއެވެ.
ލޮލްް
10 February 2025
ނަތަން އަށް ތިޔަ ކޮމެންޓް ލިބިއްޖެޔޯ! ވަރަށް ބިރުން ހުރީ...ދިވެހި ކިިޔަން ވެސް ދަސްކޮށްގެން އެ އުޅެނީ ކަލޭމެންގެ ކޮމެންް ނުކިޔޭތީ
އިހްސާސް
09 February 2025
މިދެމީހުނަކީ 20 ވަނަ ގަރުނުގެ އަބޫޖަހުލުން ތާދޯ..
ލޮލްްްް
10 February 2025
ތާދޯ!
ދުން
09 February 2025
ކަލެއާ ޓުރަންޕާ މަހަށްކަނޑާލާ.
ލޮލްްް
10 February 2025
ކޮން އޮޑިޔަކަށް ލާންވީ؟ މިފްކޯ މަސްބޯޓަކަށް؟
2ހިޔަޅު
09 February 2025
މިހިރަ މަކަރުވެރި ހިޔަޅު ކަލޭގެޔާ.. 1948ކުން ފެށިގެން ފަލަސްތީނުން ރެފިއުޖީންގެ ގޮތުގަ މީހުން ކައިރީގަ ވަށައިގެން ތިވާ އަރަބި ގައުމުތަކަށް ހިޖުރަކުރި. ހިޖުރަ ކުރުމަށްފަހު އަނބުރާ ފަލަސްތީނަށް އެތެރެ ވިޔަ ނުދޭ. ދެން މިހާރު ތިބި މީސްކޮޅު ވަގުތީ ގޮތުން ނެރެފަ ޣައްޒާ އާރާސްތު ކޮށްދިނުމަށްފަހު އެތަނަށް އެނބުރި އާދެވޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް..ބުޅާވެސް ތިޔަ ހިޔަޅޭމެން ދައްކާ ވާހަކަ ޤަބޫލެއް ނުކުރާނެ.
ލޮލްްް
10 February 2025
ބުރޯ އޭނައަށް އެނގެޔޭ އެކަން...
އެނގޭތަ؟
09 February 2025
މިހިރަ ނުބައި ކަލޭގެޔާ..!!ކަލޭގެ ޕުލޭން ތަންފީޒު ކުރުމުގެ ކުރިން މާތްﷲ ކަލެޔާމެދު ރާއްވަވާ ރޭއްވެވުން މާ މޮޅުވެފަ ފުރިހަމަވާނެ.
އެލް.އޭޭ
09 February 2025
ޓްރަމްޕް ތަރައްގީ ކުރަން މިހާރު އޮންނާނެ ލޮސްއެންޖަލިސް. ނަތަންޔާހޫ އާ ޓްރަމްޕަށް އިރާދަކުރެއްވިޔާ ވޭންދެނިވި ގޮތެެއްގައި އެމީހުންގެ ނުލަފާކަމުގެ ހިތިރަހަ މި ދުނިޔޭގައިވެސް ދައްކަވާނެ. މި ނުލަފާ ދެމީހުންނާ ދެކޮޅަށް އިރާދަ ކުރެއްވިއްޔާ މުޅި ދުނިޔެ ނިކުމެ މި ދެމީހުން މައިތިރިކުރާނެ. އާމީން
އިންޝާﷲ
10 February 2025
އާމީން