އީސީގެ ރައީސަކަށް އައްޔަން ކުރަން ރައްޔިތުންގެ މަޖިލިހަށް ނަން ފޮނުއްވި ޒާހިދު (ވ) އަދި ނައިބަކަށް އައްޔަން ކުރަން ފޮނުވި ސޮލާހު އެ ކޮމިޝަންގެ މެމްބަރުކަމުގެ ހުވާ މިދިޔަ މަހު ކުރައްވަނީ.
10 ފެބުރުއަރީ 2025 - 10:53
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އަދި ނައިބު ރައީސަކަށް އަބްދުއްރަހްމާން ސޮލާހު ރަޝީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރު ދީފައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
އީސީގެ ރައީސަކަށް ޒާހިދު އަދި ނައިބަކަށް ސޮލާހު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯއްދަވަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވި އެވެ.
އީސީގެ މެމްބަރަކަށް ޒާހިދާއި ސޮލާހު ވެސް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހު އެވެ.
ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްއާރްސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.
ސޮލާހު އީސީ އަށް އައްޔަންކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. ސޮލާހު އެންމެ ފަހުން ހުންނެވީ ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީއަކަށެވެ. އޭނާ އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ކުރީކޮޅުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންށޭ
10 February 2025
އަހަނ. އެފް.ބީ ގައި ސިޔާސީ ޕޯސްޓުތައް ކޮށްކޮށް ހުއްޓާ މިލިބުނީ އީސީ ގެ ރައީސް ކަން. މިނިވަން ވާނެވަރު ވިސްނަވާ.
ހުސްނާ
10 February 2025
މަށަށް ހީވަނީ މަގާމް ލިބުނީ ކުރިމަތިލައިގެން މެންބަރަކަށް ޝަރުތު ހަމަވެގެން ހޮވުނީމަހެން. ފޭސްބުކްގައި ކޮމެންޓް ކޮއްގެން ބާ ލިބެނީ. އެހެން ނޫނަސް ޞަލާޙް ވަކި މީހަކަށް ކޮމެންޓްކޮއްގެން ނޫނީ އެކްޓިވިސްޓް ވެގެން އުޅޭތީ ނުދެކެން. މީހަކު ޓެގް ނުކުރެއެކޭ ނުބުނަން. ގާނޫނުން މަނާކަމެއްވެސް ނޫން އެއީ އަދި ކޮމެންޓެއް ކޮއްލުން. އެކަމުވެސް ވަރަށް ހަމަ ހީނުވޭ އެކްޓިވިސްޓް ވެގެން އުޅެދާނެ ކަމަށް.
ޅަބޯ
10 February 2025
މަހީކުރީ އޭއިއި އިން ހަދާފަހުރި ފޮޓޯއެއް ކަމަށް!
ޢިބޫ
10 February 2025
ކުރީގަހުރި ރައީސް މިސަރުކާރަށް ބައިއަތުހިފައިގެން މައްސަތަށް ލަސްކުރުމުން ފައިދާވެއްޖެއެންނު.
ޒާހިދުކާރު
10 February 2025
މި ޒާހިދު އަޅެމިއީ ބަލަދު އަރާފައި ހުރި މީހެއްތަ؟ މީނައެކޭ ބޯވައެކޭ ތަފާތެއް ނެތޭ. އަނެއްކާ އެޑްމިނިސްޓްރޭޓިވްލީ މާ މޮޅު މީހެއްވެސް ނޫނޭ.
ޢަލިހޮއްކޮ
10 February 2025
ކިހިނެއްބާ ބޯވަޔަކަށްވީ؟ ޢެޑްމިނިސްޓްރޭޓުވްލީ މޮޅުވީމަ އެހެރީ އެތާ، ކަލޭ ތީނދީ ކޮމެންޓު ކުރަން
މަރުޙަބު
10 February 2025
ސޮލާހުގެ އެފްބީގައި އަދިވެސް ހުރީ މުއިއްޒުއަށް ސަޕޯޓްކޮށްފައިވާ ޕޯސްޓުތައް. އެ ޕޯސްޓުތައް އެބަޖެހޭ މިހާރު ރިމޫވް ވާން. ޕާޓީގެ އެކްޓިވިސްޓުން މިކަހަލަ މަޤާމުތަކަށް ލުން ވަރަށް ހަޑި.
ޙަބީބް
10 February 2025
ޞަލާޙް އަކީ ތެދުވެރި ކަމާއެކު އީސީގައި މަސައްކަތް ކޮއްފައިވާ ސްޓާފެއް. މުވައްޒަފުންނާ ގުޅޭ މީހުންނަށް އިޙްތިރާމް ކުރާ ބޭފުޅެއް. ވަކި ސިޔާސީ ފިކުރެއް އިސްކޮއްގެން މަސައްކަތް ކުރާ އެކްޓިވިސްޓެއް ނޫން.
ލީނާ އަޙްމަދު
10 February 2025
އެކަޓިވިސްޓް އެއްކަން ކިހިނެތް ތި ނިންމީ. އެއައްވުރެ ކަލޭގެ ނަފުރަތުކަން ހާމަވީ. އެފް.ބީގައިވެސް ވަކި މީހަކަށް ސަނާކިޔަމުން ސަލާޙް ދުވާތަނެއް ނުފެނޭ. ކަލޭ ޖޭވަނީ އެހެން މީހަކަށް މަގާމެއް ލިބުނީމަ. ﷲ ދެއްވަން ހުރި އެއްޗެއް ދެއްވާނެ