އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ: އޭނާ ވަނީ ފަލަސްތީނުގެ ޣައްޒާއަށް އަލުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ދީފައި. -- ފޮޓޯ: އޭއެފްޕީ
11 ފެބުރުއަރީ 2025 - 22:49
ކުރިން އެއްބަސްވެފައިވާ ގޮތަށް، އަންނަ ހޮނިހިރު ދުވަހުގެ މެންދުރުވުމުގެ ކުރިން ހަމާސް އިން އިޒްރޭލުގެ ރަހީނުން މިނިވަން ނުކޮށްފި ނަމަ އެއްބަސްވުން އުވާލައި އަލުން ވަރުގަދަ ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ދީފި އެވެ.
ފަލަސްތީނުގެ ޣައްޒާގައި ހަމަލާތައް މެދުކަނޑާލަން ފަލަސްތީނުގެ ހަމާސް އާއި އިޒްރޭލުން ވީ އެއްބަސްވުމުގެ ދަށުން އިޒްރޭލުގެ ރަހީނުންގެ ތެރެއިން ގިނަ ބަޔަކާއި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ވަނީ މިނިވަންކޮށްފަ އެވެ.
އެކަމަކު ހޮނިހިރު ދުވަހު މިނިވަންކުރަން ނިންމާފައިވާ ރަހީނުން މިނިވަންކުރުމުގެ މަސައްކަތް ވަކި މުއްދަތެއް ނެތި ފަސްކޮށްފައިވާ ކަމަށާއި އެއީ އެއްބަސްވުމާ އިޒްރޭލުން ހިލާފުވެ ބަޑީގެ ހަމަލާތައް ދިނުމާއި އެހީގެ ސާމާނު ޣައްޒާއަށް ވެއްދުމަށް ހުރަސްއަޅާތީ ކަމަށް ހަމާސް އިން ވަނީ ބުނެފަ އެވެ.
"އަސްކަރިއްޔާއިން ކުރީގެ ވަރުގަދަ ހަމަލާތައް އަލުން ދޭން ފަށާނެ އަދި ހަމާސް ބަލިކުރެވެންދެން އެ ހަމަލާތައް ކުރިއަށް ދާނެ،" ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ބުންޏެވެ.
ކެބިނެޓްގެ ހަތަރު ގަޑިއިރުގެ ބައްދަލުވުމަކަށް ފަހު ނަތަންޔާހޫ ދިން މި އިންޒާރުގައި ބުނީ އިޒްރޭލު ސިފައިން ޣައްޒާގެ އެތެރޭގެ އާއި ވަށައިގެން ޖަމާވުމަށް ވެސް މިހާރު އަންގާފައިވާ ކަމަށެވެ.
ނަތަންޔާހޫ މި އިންޒާރު ދިން އިރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވެސް ވަނީ ރަހީނުން މިނިވަން ނުކޮށްފި ނަމަ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާނެ ކަމަށް ބުނެފަ އެވެ. އަދި ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމާސް އިން ރަހީނުން މިނިވަންކުރާނެ ކަމަށް ނުބެލެވޭ ކަމަށް ވެސް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިއުޅޭ
12 February 2025
"ލޮލް"އަށް..ލިޔާނެ ރަނގަޅު އެއްޗެއް ނޭނގެންޏާ ކުނަމެއްސެއްހެން ނޭނބުރި މައިތިރިވެގެން ހުރެބަލަ.
raajje
12 February 2025
ރަހީނުން މިނިވަންކުރާނެކަމެއްނެތް، ސަބަބަކީ މިނިވަންކުރިޔަސް އަދި ނުކުރިޔަސް ޔަހޫދީންނަކީ ކުރާ ވައުދަށް ހުވަޔަށް ނުވަތަ އެއްބަސްވުމަށް ތެދުވެރިވާނެބައެއްނޫން
ފޫހި
12 February 2025
ޔާ ﷲ އެމެރިކާގެ ޓްރަމްޕާއި ނަތަންޔާހޫއާއި ބައިވެރިން ނިކަމެތި ބައެއްގެ ގޮތުގައި ލައްވާންދޭވެ. އަދި އެ ނިކަމެތިކަމަކީ ދުނިޔެއަށް އިމްތިޙާނެއްގެ ގޮތުގައި ދައްކަވާންދޭވެ. އިޒްރާއީލާއި އެމެރިކާ ބަލިކަށި ކޮށްދެއްވާންދޭވެ.
އެކޮއި
12 February 2025
އިންސާނެއްގެ ސިފައިގައިހުރި މި ޝައިޠާނާގެ ނިމުން އަވަސްކުރައްވާނދޭވެ. އާމީން.
ހއސ
12 February 2025
ޓްރަމްޕްއާއި ނަތަންޔާހޫއަކީ އިންސާނުންގެ ސޫރައިގައި ތިއްބަސް އިންސާނުންނެއް ނޫން. މާތްﷲ މި ދެ މީހުނަށް ހެޔޮމަގު ދައްކަވަން ނެތްނަމަ، މި ދުނިޔެމަތީގައި އެހެން އިންސާނުންނަށް އިބުރަތަކަށްވާ ފަދަ ގޮތަކަށް ވޭންދެނިވި މަރަކުން މި ދެ ޝައިތާނުގެ މަރު ގެންދަވާދޭ..
2025
12 February 2025
ކަލެޔަަށް ހަލާކުހުރި ކަލެޔާ ޓްރަޕްއާއި 2 މީހުނަށް ގާޒާއިން ކޯއްޗެއް ފެނިގެން ތިއުޅެނީ.... ބޮއިހަލަކި
މާކޮސް
12 February 2025
އިންޝާ ﷲ ދެންވާނީ ބަލި އޭގެ ފަހުން ގެއްލޭނީ ހުރި ބޮޑުވަޒީރު ކަމުގެ މަގާމު އޭގެ ފަހުން އަނބިމީހާއި އެކު ޝަރީޢަތަށް އޭގެފަހުން އެއްމެގާތީ ޖަލު އެއީ މުސްލިމުންގެ ދުޢާ
އިހްސާސް
12 February 2025
ޓުރަމްޕުގެ ހުރި ނުބައިކަން ނިކަންދެކިބަލަ. ނަތަންޔާހޫއާއި ދެމީހުންވެގެން ފަލަސްތީނު ސުންނާފަތި ކޮށް އެބިން އެމީހުންގެ ތަނެއްގޮތުގަ ހެދުމަށް ފޫގަަަޅާފަ.
ލޮލްް
12 February 2025
އެބަ ފެނެޔޭ..ކަނެއް ނޫނޭ އަހަރެމެން....މަށަށް ފެންނަނީ ބޮޑުތަކުރުފާނު ގެންގުޅުނު ބަޑި ދީފަ މިތަނުން ސޮރަކު ފޮނުވަން....
ހަމްދާ
11 February 2025
މީ މުސީބާތެއް ނޫންބާ
ލޮލްް
12 February 2025
ނުމެނޫންމެއެވެ.
ފުތާ
11 February 2025
މި މީހުން ހަގުރާމަ ނުފަށާ ދުވަހެއް އޮތީތަ؟
މުއްލާ-
12 February 2025
2023ގައި ހަގުރާމަ ފެށީ ހަމާސްއިން. 1967ގައި ފެށީ ޢަރަބިން ޔަހޫދީންގެ ނަސްލު ނައްތާލާން. 1948ގައި ފެށީ ޢަރަބިން ޔަހޫދީންގެ ނަސްލު ނައްތާލާން.
އޮޑިހަނު
12 February 2025
"މުއްލާ-" ނަމުގަ މިއުޅެނީ އެއްކަލަ ޒަޔަނިސްޓު 'ދިވެހިން'. ޓޫރިސްޓު ޑޮލަރުކޮޅުން އަމިއްލަ ބުއްދިއާ ހޭވެރިކަން ގަނެލެވޭ ޒާތުގެ ބައެއް. ލޮަލަށް ފެންނަ އެއްޗެއް ނުފެންނަކަމަށް ދައްކާ، ތާރީޚު އޮޅުވާލުމުގާ އަރާހުރި ބައެއް. މަޖާ ކަމަކީ އަދި މިމީހުންވެސް މިއީ 2 ވަނަ ނުވަތަ 3 ވަނަ ދަރަޖައިގެ އިންސާނުން އެމީހުންގެ ދޮން "މާސްޓަރުން" ގާތުގަ.
ޝޭޚް
12 February 2025
އަބަދުވެސް ޢަރަބިން ހަގުރާމަ ފަށަނީ. ދުވަހަކުވެސް ޔަހޫދީން ނެތް ހަގުރާމައެއް ފަށާފައެއް. ހަމަ ކަލޭމެންގެ ނޫސްތަކުގައި ހުރީ 2023 އޮކްޓޫބަރު 7 ވަނަ ދުވަހުގައި ހަމާސްއިން ހަގުރާމަފެށި ކަން. ދެން މިހާރު ކަލޭމެން ބަދަލްކޮށްފައިވަނީ އިޒްރޭލުން ހަގުރާމަ ފެށީ ކަމަށް. ޢަރަބި-އިޒްރޭލް ހުރިހާ ހަގުރާމައެއް ވެސް ފަށާފައިވަނީ ޢަރަބިން އިޒްރޭލް ނައްތާލައި ޔަހޫދީންގެ ނަސްލު ނައްތާލާން. ކަލޭގެ ބޯ ނެތް ކަމުން ނުއެގިދާނެ އަހަރެމެންގެ ބޯ އެބަ ހުރި.