ފެނަކަ: 14 މަސް ތެރޭ 44 މިލިއަން ދައްކަން ފެނަކައަށް ސިވިލް ކޯޓުން ވަނީ ހުކުމެއް އިއްވާފައި
12 ފެބުރުއަރީ 2025 - 17:28
ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ފެނަކަ ކޯޕަރޭޝަނުން 14 މަސް ދުވަހުގެ ތެރޭގައި 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްލެސިކޯ ލިމިޓެޑް ކިޔާ ކުންފުންޏަކުން ފެނަކައާ ދެކޮޅަށް ކޯޓުގައި ދައުވާކުރީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލަށްވާ 44 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެވެ.
އަގުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ހޯދަން ވެސް ހުށަހަޅާފައިވެ އެވެ. ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކްލެސިކޯ އާއި ފެނަކައިން ވަނީ ގެއްލުމުގެ ބަދަލުގެ ބައި ދޫކޮށްލައި މުދަލުގެ އަގަށްވާ ފައިސާ މަހުން މަހަށް ދައްކާ ގޮތަށް އެއްބަސްވެފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދެ ފަރާތުން އެއްބަސްވި ގޮތަށް 14 މަސް ތެރޭގައި 44 މިލިއަން ރުފިޔާ ކްލެސިކޯ އަށް ފެނަކަ އިން ދައްކައި ހަލާސް ކުރަންޖެހޭ ގޮތަށެވެ.
ފެނަކައިގެ މައްޗަށް މީގެ ކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް އައިސްފައިވެ އެވެ. އެ ކުންފުނިން އަންނަނީ އެ ހުކުމްތަކާ އެއްގޮތަށް ފައިސާ ދެއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މުދަލަށްވާ ފައިސާ ހޯދަން ގިނަ ކުންފުނިތަތަކުން ފެނަކައާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، ފެނަކައިން ގެންދަނީ އެ ދައުވާތަކަށް އެއްބަސްވެ، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކުންފުނިތަކާ އެކު ކޯޓުން ބޭރުން މައްސަލަ ހައްލުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުސަން ފަލީ
13 February 2025
ދީދީ ތިޔަ ބުނީ ހަމަރަގަޅަށް މިހާރު އެބަ އަޑުއިވޭ މިގޮތަށް ނިމިފަހުރިމަސައްކަތުން %10 ގެ ޑިސްކައުންޓެއް ދޭމަތިން އެކީ އެއްފަހަރާ ފައިސާ ދޭން އުޅޭވާހަކަ. ޑިސްކައުންޓް ވަންނަނީ ކޮންތާކަށް ކަމެއްނޭގޭ! ރިޓާޔަޑް ބޭފުޅުން ވަރަށް އަޑުހަރުކޮށް ވިދާޅުވާކަމަށް ވަނީ ތިމަންވެސް ނުނަގާނަމޭ އަދި އެހެންމީހަކުވެސް ނެގިޔަ ނުދޭނަމޭ! ބަލަން ތިބެމާ، ކުރިއަށް އޮތީ ރޯދަމަސް
ނާޑުވާ
13 February 2025
އެންމެ މަހެއް ތެރޭ އެތަށް މިލިއަނެއް ނުވެސް ދަންނަ އަމިއްލަ ކުންފުނިތަކަށް ދައްކަން ފުލުފުގަ ހުކުން ތަކެއް ކޮށްލާ ދައުލަތް ލޫޓުވާލަނީ. މިއީ ގުޅިގެން ހިންގާ ޖަރީމާއެއް.
ކާސިމު
13 February 2025
ކްލެސިކޯ ލިމިޓެޑް ކިޔާ ކުންފުންޔެއް ނޫނީ ވިޔަފާއިއެއްވެސް ބިޒްނަސް ޕޯޓަލް އިން ނުދައްކާ.. ތީ ކޮންތާކު ކުންފުންޏެއް؟
ރާވެރިބެ
12 February 2025
ފެނަކަ އަކީ ޒަމާންތަކެއް ވަންދެން ބިޔަ ކޮރަޕްޝަން ހިންގަމުން އައި ހާއްޔެއް. ޢެގޮތުން ކުރީބައިގަ އެއްބަސްވެ ރާވައިގެން ވަކި ކުންފުނި ތަކެއްލައްވާ މާއަގުބޮޑުކޮށް ބިޑް ކުރުވާ ކޮންޓްރެކްޓްތަށް ދީ މުދާގަނެ ފައިސާދޭ އިރު ބައިއަޅާ ވާހަކަ ވަރަށް އާއްމު. ޥީމަ ތިކަހަލަ ބޮޑެތި އަދަދުތަކުން ފައިސާ ދޫކުރުމުގެ ކުރިން އޮޑިޓް އޮފީހުން މުދަލުގެ އަސްލު އަގު ސާފުކުރަން ޖެހޭނެ.
މުސްތާގް ދީދީ
12 February 2025
މިއީ ސޮނީގެ ޕްރޮކްސީ ކުންފުންޏެއް، ހޮންގކޮންގ ގަ ރަޖިސްޓަރީ ކޮއްފަ ހުންނަ. 44މ ވިއްކި އަގު ކަމުގަ ވިޔަސް، މުދަލުގެ އަގު ނާރާ 28މ އައް ވެސް. މިހާ އަގުބޮޑު ކުރަނީވެސް ރިސްކް ބޮޑުވީމަ!
ފުނޑިހަވާދު
12 February 2025
މިހުރީ އެމް.ޑީ.ޕީ ކިޔާ ޕާޓީއަކުން ގައުމުގެ ކުންފުނިތައް ދަރުވާލައިފަ ހުރި ވަރު. މީ އަދި ކުޑަ މިންވަރެއް. ފަހުން އައި ބަަޔަކަށް މިޖެހެނީ އެހެން އެއްވެސް ކަމެއް ނުކުރެވި ދަރަނި ދައްކާލަ ދައްކާލާ ތިބެން. ދެން އެއްކަލަ އެމްޑީޕީން މިގޮވަނީ ކޮންކަމެއްހޭ ކުރެވެނީ. ފުނޑިއްޖޭ.... ފަޅޮލޭ... ބަލަގަ! މިރާއްޖެ ފުނޑާލައިފައޭ ކަލޭމެން ދިޔައީ.
ކޮރަލް
12 February 2025
ތިޔަ މުދާ ތައް ބޭރުން ގަންނަން ލިބޭ އަގާ ފެނަކަ އިން އެމުދާ ގަތް އަގުވެސް ބަލާލަ ބަލާށެވެ. ސަރުކާރު ހިއްސާ ވާ ކުންފުނި ތަކުން ސިޔާސީ ބައެއް ވެރީން އެތައް މިލިއަނަކުން ކޮރަޕްޝަން ހިންގީމަ އެމީހުން އަތުން އެފައިސާ ސަރުކާރުން ނުހޯދާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ދައްކަނީ އެވެ. ސަރުކާރު ހިއްސާ ވާ ކުންފުނި ތަކުގަ ވ ކޮރަޕްޝަން ގިނަ އެވެ. ޒިންމާ ވާން ޖެހެނީ ސަރުކާރުންނެވެ. ކޮންމެ 5 އަހަރަކުން ކާލައިގެން ދަނީ އެވެ.
ބަބްސް
12 February 2025
ދުވަހަކު އަޑުވެސް ނާހާ ، މާލޭގަ ފިހާރަ ގަނޑެއް ހިސާބުވެސް ނެތް ކުންފުނި ތަށް.
އަހުމިއްޓޭ
12 February 2025
އަސްލު މުދަލުގެ އަގަށްޖެހެނީ ކިތައް ރުފިޔާބާ؟
ހީލަތް
12 February 2025
ކޮބާ އެންޓި ކަރެޕްޝަން ؟