މިފަހަރު ރޯދަ މަހު ތަރާވީސް ނަމާދު އިމާމުވެ ކުރާ ޒުވާނުން.
16 ފެބުރުއަރީ 2025 - 09:30
ކުރިއަށް އޮތް ރޯދަމަހު، އިސްލާމީ މަރުކަޒުގައި އިމާމުވެ ތަރާވީހު ނަމާދު ކުރާނީ ޒުވާން ހަތަރު ހާފިޒުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ރޭ ވިދާޅުވިގޮތުގައި، އިސްލާމީ މަރުކަޒުގައި ތަރާވީސް ކުރާނީ އެ މަރުކަޒުގެ އިމާމު ހާފިޒު ސަލްމާން މުހައްމަދު ލަތީފާއި ހާފިޒު އުވައިސް ބިން އިނާޒާއި ޚިޟްރު ބިން އިމާދުގެ އިތުރުން ހާފިޒު ސުލްތާން މުހައްމަދު ލަތީފެވެ.
އޭގެ ތެރެއިން ސުލްތާން މުހައްމަދު ލަތީފު، ތަރާވިސް ނަމާދު އިމާމުވެ ކުރައްވަން ގުޅޭނީ ރޯދަމަހުގެ ފަހު 10 ގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ފަހު 10 ގައި ދަމު ނަމާދު އިމާމުވެ، ކުރައްވާނީ ސަލްމާން މުހައްމަދު ލަތީފާއި ސުލްތާން މުހައްމަދު ލަތީފު ކަމަށެވެ. އެއީ އިސްލާމީ މަރުކަޒުގެ އިސް އިމާމު ޝައިހު މުހައްމަދު ލަތީފުގެ ދެ ބޭފުޅުންނެވެ.
ތަރާވީސް ނަމާދު އިމާމުވެ ކުރަން ހަތަރު ޒުވާނުންނަށް ފުރުސަތު ދިން އިރު، ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ އަމާޒަކީ މުސްތަގުބަލަށް ރާއްޖެ ފަހުރުވެރިވާ ފަދަ ޒުވާން އިސްލާމީ ޝަހިސިއްޔަތުން އުފެއްދުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިމާމު
17 February 2025
ޝައިޚް ލަތީފް އަށް އިސްލާމީ މަރުކަޒުގެ އިމާމުކަން ދީފަ އޭނާގެ 2 ދަރީންނަށް އިމާމުވެ ނަމާދު ކުރުމުގެ ފުރުޞަތު ޝަހީމް ދީފައި އެއޮތީ އިއްތިފާޤަކުންނެއް ނޫން. މީގެ ކުރިން އިމާމުވެ ނަމާދު ކުރި ދޮށީ ޢުމުރުގެ މީހުން ބާކީކޮށް މިކަމުގައިވެސް މިއޮތީ ސިޔާސީ ކުލަޖެހިފަ. މިނޫނިއްޔާ ޒުވާނުން ނެތީތަ؟
ނެޕީނެޕޯ
17 February 2025
ނެޕޯކިޑްސް އަނެއްކާވެސް ދޯ. ރީތިކޮށް ކިޔަވާ އެހެން ކުދިންވެސް ތިބޭ. ކޮން ގޮތަކަށް ޝޯޓްލިސްޓް ކޮށްގެންތޯ މިހާރު 4 ކުދިން ނަގާފަ އެ ތިބީ؟
އައިމިނާ
17 February 2025
މިވެރިކަމުގަ ގިނައިން ޓީވީން ހުކުރުކުރާތަން މިފެންނަނީ އެއް ފެމެލީއެއްގެ ފަރާތްތައް. އޭތި ބަދަލުވާން އެބަޖެހޭ. އެހެން ޝޭޚުންނަށްވެސް އެ ފުރުސަތު ލިބެން ޖެހޭ.
ދެއްބެ
17 February 2025
ތަރާވީހް ނަމާދު. ތަރާވީސް ނަމާދެއް ނޫން.
ބިލް
16 February 2025
ސަޚްސިިއްޔަތު އުފެއްދޭނެތޯ ގައުމިއްޔަތެއްނެތް ބަޔަކަށް.
ނެޕޮޓިޒަމް
16 February 2025
ދީނީ ކަންކަމުގެ ތެރެއަށް އާއިލީ ނުފޫޒު ފޯރުވާފަ މިއޮތީ. މިއީ ދީނީގޮތުން ރީތި މިސާލުތަކެއްނޫން. މިގައުމުގަ ގުރުއާން ކިޔެވުމުން ރަންވަނަތައް ހޯދިކުދިން ތިއްބާ މަރުކަޒު އިމާމުގެ ދެދަރިންނަށް ފުރުސަތު ލިބުނީ އިއްތިފާގަކުންތޯ؟
ނޮޓް ރިއަލީ
16 February 2025
ރަންވަނަތަކުގެ އިތުރުން ޤުރުއާން ހިފްޒު ފަރިތަ މިންވަރު މީގެ ތެރެއަށް ވަންނާނެ. ގިނަ ކުދިންނަކީ ރީތިކޮށް ބަލައިގެން ކިޔަވަން އެނގޭ އެހެންނަމަވެސް ފަރިތަ ކަމާއެކު ކުށް މަދުކޮށް ޤުރުއާން ހިފްޒުކުރެވޭ ވަރުގެ ކުދިން ކަމުގައި ނުވުން ވެދާނެ ސަބަބަކަށް.
އުބުށިގޮމަ
17 February 2025
އިސްލާމީ މަރުކަޒުގެ ހުރިހާކަމެއް އޮންނަނީ ލަތީފުބެއާއި އެބޭގެ ދަރިންގެ އަތްމަތީގަ. މީ ހަމަ އިއްތިފާގެއް. މިކަން ކުރެވޭނެ އެހެން އެއްވެސް ބަޔަކު މިގައުމުގައި ނެތީ. ލަތީފުބޭ ދާ ކޮންމެ ތަނަކަށް އޭނާގެ ދެދަރިން ދާންޖެހޭ ސަބަބެއް ނޭނގެ.
ކޭލަކުނު ފެންގަނޑު
16 February 2025
ކުދިންގެ މައްސަލަޔެއް ނެތް. ވަރަށް އުފާވޭ މިފަދަ ކުދިން ތިބީތީ. އެކަމު ޤައުމުގެ އެންމެ ބޮޑު ޖަމާޢަތް އެހާ ކުޑަ ކުދިންތަކެއް ފޮލޯކުރަން ޖެހުމަކީ ޤައުމުގަ ނަގާކިޔަންތިބި މީހުންގެ ފެންވަރު ދައްކުވާދޭ ކަމެއްކަމަށް ދެކެނީ
ކިމް
16 February 2025
ހަމަ އެންމެ ރަނގަޅީ ތަޖުރިބާހުރި ދުވަސްވީ އިލްމުވެރިން. މިކުދިންނަށްވެސް އެ ޗާންސް ލިބޭނެ ފަހުން
ޢްލި
16 February 2025
ماشاءالله
އާފް
16 February 2025
ތިޔަ ކަންކަމާމެދު ހަޖަމް ނުވާ ބައިގަނޑަކުވެސް އެބައޭ