ސްޕޯޓްސް މިނިސްޓްރީގެ އިސްވެރިން: ދިވެހި ލީގުގެ 10 ކްލަބަށް ފަސް މިލިއަން ރުފިޔާ ސަރުކާރުން ވަނީ ޖަމާކޮށްފަ --- ފައިލް ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
18 ފެބުރުއަރީ 2025 - 10:46
ކޮންމެ ކްލަބަކަށް 500،000 ރުފިޔާގެ މަގުން، ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބްތަކަށް ސަރުކާރުން 5 މިލިއަން ރުފިޔާ ޖަމާކޮށްދީފަ އެވެ.
ސަރުކާރުން ނިންމާފައި އޮތީ ކޮންމެ ކްލަބަކަށް 1.5 މިލިއަން ރުފިޔާ ދޭށެވެ. މި 500،000 ރުފިޔާއަކީ މީގެ ފުރަތަމަ އިންސްޓޯލްމަންޓެވެ.
އެކަމަކު ފައިސާ ލިބުނު ތޯ ޔަގީންކުރަން ބައެއް ކްލަބްތަކަށް "މިހާރު" އިން ގުޅުމުން ފައިސާ ޖަމާވިކަން އެއްވެސް ކްލަބަކުން ކަށަވަރުކޮށެއް ނުދިނެވެ.
އެކަމަކު ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިދިޔަ އާދީއްތަ ދުވަހު ފައިސާ ޖަމާކުރިކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ.
މި ފައިސާއަކީ އާ ސީޒަނަށް ތައްޔާރުވާން ކްލަބްތަކަށް ދިން އެހީއެކެވެ. އެކަމަކު އަދިވެސް އާ ސީޒަން ފަށާނެ ދުވަހެއް ޔަގީނެއް ނުވެ އެވެ. ސީޒަނަށް ޕްރެކްޓިސް ފެށީ ހަމައެކަނި މާޒިޔާ އިންނެވެ.
އެފްއޭއެމުން ވެސް މި އަހަރު ކްލަބްތަކަށް 10 މިލިއަން ރުފިޔާ ދިނުމަށް ކުރިން އޮތީ ނިންމައިފަ އެވެ. ކޮންމެ ކްލަބަކަށް އެއް މިލިއަން ރުފިޔާގެ މަގުން އެކި މަރުހަލަތާކަށް ބަހާލައިގެން އެ ފައިސާ ދިނުމަށް ނިންމީ ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރުގެ ޗެއާމަންކަމުގަ އެވެ.
އެކަމަކު ޒުހޫރު ކުރިން ވިދާޅުވެފައި ވަނީ ކްލަބްތައް ހިންގަން ފައިސާ ދިނުމަކީ އެފްއޭއެމުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި ފީފާއިން ވެސް އެކަމަށް ތަރުހީބު ނުދޭ ކަމަށް ޒުހޫރު ވިދާޅުވެފައިވެ އެވެ
އަނެއްކޮޅުން ފީފާ އިން މިހާރު ވަނީ އެ މަގާމުން ޒުހޫރު ވަކިކޮށްފަ އެވެ. އާ ރައީސް އަހުމަދު މުއިއްޒުގެ ވިސްނުން އަދި ސާފެއް ނުދެ އެވެ.
އެފްއޭއެމް އޮތީ ވެސް ބޮޑު ދަރަންޏެއްގައި، ބަނގުރޫޓުވުމާ ގާތުގަ އެވެ. އެގޮތުން އެ އެސޯސިއޭޝަންގެ ދަރަނި 160 މިލިއަން ރުފިޔާއާ ގާތް ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތީތި
19 February 2025
ތީތި ކަޑައޭ، ރައްޔިތުންގެ ޓެކްސްފައިސާ ނުޖެހޭނެ ވިޔަފާރި ކްލަބުތަށް ދޫކުރާކަށް، ތިހުންނަނީ ދެރަ ކަންކަން
ާާއަލިބެ
18 February 2025
ރައްޔިޔުން ފައިސާއިން ނުޖެހެ ވަކި ބަޔަކަށް ތިވަރުގެ ފައިސާއެއް ދޭކަށް. ތިޔަ ކުލަބު ތަކަކީ ހިންގާތާ އެތައް ޒަމާނެއް ވެފައިވާ އެއްވެސް ހަރުދަނާ ކަމެއް ނެތް ތިޔަހެން ދިންހާ ލާރި މީގެކުރިންވެސް ތަޅާ ބުރުއްސާފައިވާ އެއްވެސް ހަރުދަނާ ހިންގުންތެރިކަމެއް ހުރި ތަންތަނެއް ނޫން. ޢެހެން ނޫންނަމަ އަމިއްލަ ފައިމައްޗަށް ތިޔަ ކުލަބުތައް ތެދުވެވުނީސް. މީގެ ކުރިްނވެސް ކުންފުނިތަކުން ކުލަބު ތަކަށް ދިން ފައިސާ އަށް ހެދިގޮތް ދެނެވޮޑިގެންވަނީ ﷲ
އަޒީޒު
18 February 2025
ކޮބާ އެހެން ހުރިހާ ކުޅިވަރު ތަކެއްގެ ހައްގު؟
އިހްސާސް
18 February 2025
ދައުލަތުގެ ބަޖެޓުން ޕުރައިވެޓް ކުލަބުތަކަކަށް ތިގޮތަށް ފައިސާ ދިނީ ކޮން އުސޫލަކުންތޯ؟ އޮޑިޓަރ ޖެނެރަލް މިފައިސާ ދިންގޮތާ ހަދާގޮތްވެސް ރަގަޅަށް އޮޑިޓްކުރަންޖެހޭނެ.
ހަޑިހޭވުން
18 February 2025
މާލޭ ދެތިން ކުލަބަކަށް ސަރުކާރުން މިލިއަނުން ފައިސާ ދީގެން ރާއްޖޭގެ ފުޓްބޯޅަ ދާނީ ދަށަށް، އެކަން ފާއިތުވި ތަނުގައި ފެންނަން އެ އޮތީ، ތިޔަ ހަރަދު ކޮށްގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފެންވަރު ރަނގަޅު މުބާރާތްތައް ބާއްވަބަލަ، މާ ބޮޑަށް ވެސް މޮޅެތި ކުޅުންތެރިން ފެންނާނެ. އަދިވެސް ހަޑިހޭވުން ހުއްޓާލާކަށް ނުވޭތޯ؟
މިއައު
18 February 2025
ސަރުކާރުން ލާރިދެންޏާ އޮޑިޓު ކުރެވެން ވާނެ. ނުވަންޏާ އެއީ ކޮރަޕްޝަން. އޮޑިޓު ކޮށްފަ ގޯސްކޮށް ކަމެއް ކުރާކަން ފާހަގަ ވެ އެކަށީގެންވާ ފިޔަވަޅު ނޭޅޭނަމަ އެއީ ކޮރަޕްޝަން. ފައިސާ ބޭނުން ކުރާ ގޮތް ނުބެލޭ ނަމަ އެއީ ކޮރަޕްޝަން. މިހާރުވެސް މިއުޅެނީ ގޭންގުތަކުން މި ކުޅިވަރު ހައިޖެކު ކޮށްގެން ވާނެ ހައެެތި ވެެގެން
ހަދަނާ
18 February 2025
ގައުމުގަ ފައިސާއެެއް. ނެތް. ކުންފުނިތަކަށް ފައިސާއެއް ނުދޭ. އެއްވެސް ބަޔަކު ބަލަން ނުދާ މުބާރާތެއް ކުޅެން އަމިއްލަ ބަޔަކަށް މިލިޔަނުން ދޭން ހަމަ އޯކޭ.
ކޮލަމާހުއްޓާ
18 February 2025
ކްލަބްތަކުގެ ނަންތައްވެސް ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް.