18 ފެބުރުއަރީ 2025 - 21:22
އެސްޓީއޯ އިން ބާޒާރަށް ލުނބޯ ނެރެ، ކިލޯއެއް 40ރ. އަށް ވިއްކަން ފަށައިފި އެވެ.
ބާޒާރުގައި މިވަގުތު ލުނބޯ ހުރީ 65ރ. އާއި 80ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި މިދިޔަ ހަފްތާގައި ލުނބޯ ކިލޯއެއްގެ އަގު 100ރ. އަށް ވެސް އެރި އެވެ. އެހެންވެ އެސްޓީއޯއިން ލުނބޯ ވިއްކާ އަގަކީ، މިވަގުތު ބާޒާރުގައި މިވަގުތު ހުރި އަގަށް ވުރެ 15ރ. ކުޑަ އަގެކެވެ.
އެސްޓީއޯއިން ލުނބޯ ގެންނަނީ އިންޑިއާއިންނެވެ.
ލުނބޯ ހޯލްސޭލްކޮށް ގަންނަން ބޭނުންވާ ފަރާތްތަކަށް ވެސް ހާއްސަ ރޭޓުތަކުގައި އަންނަނީ ވިއްކަމުންނެވެ. އެސްޓީއޯއިން ބުނީ، ފަސް ކިލޯގެ ލުނބޯ ފޮއްޓެއް ވިއްކަނީ 145ރ. އަށެވެ. އަދި ފަސް ކޭހަށް ވުރެ އިތުރަށް ނަގާ ނަމަ، ފޮއްޓެއް 135ރ. އަށް ލިބޭނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯ އިން ހޯލްސޭލްކޮށް ލުނބޯ ވިއްކަނީ އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި ހުންނަ އެސްޓީއޯގެ ވެއާހައުސް އިންނެވެ. ރީޓެއިލް އަގުގައި ލުނބޯ ލިބޭނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނެވެ.
ލުނބޯ ބާޒާރަށް ނެރުނު އިރު އެސްޓީއޯއިން މިހާރު ވަނީ އެހެން ބައެއް ބާވަތްތައް ވެސް ބާޒާރަށް ނެރެ ވިއްކަން ފަށައިފަ އެވެ. އެސްޓީއޯއިން ކާށި ވިއްކަނީ 5ރ. އަށެވެ. އަދި ފިޔާ ކިލޯއެއް ވިއްކަނީ 16ރ. އަށެވެ. އެއީ މިވަގުތު ބާޒާރުގައި ހުރި އަގުތަކަށް ވުރެ ހެޔޮ އަގުތަކެކެވެ.
އެސްޓީއޯ އިން ވެސް ވަނީ ރޯދަމަހާ ދިމާކޮށް 24 ބާވަތެއް މިހާރު ވެސް ބާޒާރަށް ނެރުމަށް ނިންމައިފަ އެވެ.
އެއީ:
1. އަސާސީ ކާބޯތަކެތި: ފިޔާ، ބިސް އަލުވި، ކާށި، ކަދުރު
2. ތަރުކާރީ އަދި މޭވާ: ލޮނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބު، ޕެޝަންފުރުޓް، ކިއުކަންބާ
3. ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރު، ބޭކަޑް ބީންސް، ގެރިކިރު ދަޅު
4. ކެއްކުމަށް ބޭނުންކުރާ ތަކެތި: ސަން ފްލާވަ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ
އެސްޓީއޯ މެދުވެރިކޮށް ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ އިރު އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ އަސާސީ ކާބޯތަކެތީގެ 134 ބާވަތެއްގެ އަގުތައް އެ މިނިސްޓްރީން މޮނިޓާ ކުރަމުން އަންނާނެ ކަމަށެވެ. އަދި އެ ތަކެތީގެ އަގުތައް އުފުލި، ޝޯޓޭޖެއް އައިސްފި ނަމަ، އެސްޓީއޯ މެދުވެރިކޮށް އެތަކެތި ބާޒާރަށް ނެރޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީ ސޭޓު
20 February 2025
މީގެ ކުރިން 15 ރުފިޔާ 20 ރުފިޔާއަށް ގަންނަން ލިބުނުއެއްޗެއްތީ. އެސްޓީއޯއިންވެސް ރައްޔިތުން ފެލަނީ
ކާސިންބެ
19 February 2025
މިމީހުން ހުރިހާއެއްޗެއްވެސް ބާޒާރަށް 15 ދުވަހަށް ވިއްކޭވަރަށް ގެނެސް ކުދި ވިޔަފާރީތަށް ހަލާކުކޮއްލާފަ ބުނާނެ ތިމަންނަމެން އޯދަރު ކުރީ ހަމައެކަނި އެސްޓީއޯއަށް ނޯމަލީ ޑިމާންޑު އޮންނަވަރަށޭ.
ހޮޓްކިންގ
19 February 2025
މިހާ އަޖައިބު ގޮތަކަށް އަގު ހެޔޮކުރި އަހަރެއް އަދި ނާދޭ. ފިޔާ ކިލޯ ބާޒާރުގައި 15 އަށް އެސްޓީއޯއިން 16 އަށްް.
އަންދަލޫސިޔާ
19 February 2025
2023 ގައި 20 ރުފިޔާ އާއި 25 ރުފިޔާ އާއި ދެމެދު ހުރި ލުނބޯ ކިލޯ މިހާރު ހުރީ 80 ރުފިޔާއަށް. ކީއްވެތޯ އަހާލީމާ ބާއީ ބުނީ ރޯޒާ އަންނަނީނުން. އެހެންވީމާ ހުރިހާ އަގުބޮޑުކުރަނީ. ބައިވަރު ދިވެހި މީހާ ގަންނަނީނުން.
މުނާޒްް
19 February 2025
މީންޒަމާނަކު ނުފެނޭ މިފަދަ ހެޔޮ ބަދަލެއް ރައްޔިތުންގެ ހައްގުގައި ކުރިތަނެއް. ރައީސް މުއިއްޒު އަކީ ހަގީގަތުަގވެސް ރައްޔިތުން ފަޅީގަ ހުރެގެން ވެރިކަން ކުރާ ވެރިއެއް
އަޑާ
19 February 2025
މައްސަލައަކީ ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން މިމީހުން މަސައްކަތެއް ނުކޮށް ހަމައެކަނި ކޮމެންޓް ކޮށްލަން ތިބޭތީ. އެފައިސާ ހަލާލުވާނެތަ؟؟؟
އިފްހާމް ހުސައިން
19 February 2025
މިދިޔަ ކޮން ސަރުކާރަކުންތޯ މިހާ ވަރަށް ރޯދަޔަށް ތައްޔާރުވީ؟ އެމްޑީޕީގެ 5 އަހަރުވެސް މިކަން ކޮށްފައެއް ނެތް. އަތް ނުފޯރާ ފަށުގައި އަގުތައް ހުރީ. ކާއްޓެއް އުޅުނީ 35ރ ގައި.
ފޫހި
19 February 2025
އަގުހެޔޮތަ؟ 40 ރުފިޔާއަށް އެއީ ހެޔޮ އަގޯ. މުޅި އިންޑިޔާމީހުންގެ އަތްމަޗަށް މިއޮތީ ތަރުކާރީއާއި މޭވާ ބިސް އަލުއި ދޫކޮށްލާފަ. ދެންވާނީ ކިހިނެތް. ޓެކްސް ފައިސާއިން ބޮޑު މުސާރަ ލިބޭ މީހުންނަށް އަގުބޮޑު ނުވިއަސް 7 ހާސް ލިބޭމީހާ ހުރީ ނުކައި.
ނޫހް އިބްރާހިމް
19 February 2025
ދެން އިދިކޮޅަށް މިކަމުގައި ކިޔޭނެ އެއްވެސް އެއްޗެއް ނޯންނާނެ. ތަކެތީގެ އަބު ބޮޑުވެގެން ނުވަތަ ބޮޑުވަނީއޭ ކިޔާފަ އަބުރަން އުޅުނު ގޭސް ގަޑު މިދިޔައީ ޗޮކުން.
އަލީމްގ
19 February 2025
އެންޝުއަރ ޕެކެޓެއް އެހެން ހުރިހާ ފިހާރަޔަކުން ލިބެނީ 240ރ އައް، އެސްޓީއޯ އިން 360ރ އައް
ފުރުގާން
19 February 2025
ގައުމުގެ އިގްތިސޯދީ ހާލަތު މިހާ ދައްކޮށް އޮތްއިރުވެސް އެއްވެސް ރޯދަމަހެެއް ދޫނުދީ ރައްޔިތުންގެ އަތްފޯރާފަށުގަ އެއްޗެއްހި ލިބޭގޮތް ފޯރުކޮށްދެމުން ގެންދަނީ