ލޯކަލް މާރުކޭޓު ސަރަހައްދުގައި މުދާ އުފުލަނީ. ރޯދަ މަހު މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ވަނީ ކަނޑައަޅާފައި -- ފޮޓޯ: މިހާރު
19 ފެބުރުއަރީ 2025 - 10:00
ކުރިއަށް އޮތް ރޯދަމަހު މާލެ ސަރަހައްދުގައި މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ސަރުކާރުން ކަނޑައަޅައިފި އެވެ.
މުދާ އުފުލުމަށް ހާއްސަ ވަގުތުތަކުގެ ގޮތުގައި އިކޮނިމިކް މިނިސްޓްރީން ކަނޑައެޅީ ހެނދުނު 9:30 އިން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ. މިއީ ރޯދަ މަހުގެ 1 އިން 19 ވަނަ ދުވަހަށް އަދި ޝައްވާލު މަހުގެ 1 ވަނަ ދުވަހުން 7 ވަނަ ދުވަހުގެ ނިޔަލަށް މުދާ އުފުލަށް ހާއްސަ ގަޑިތަކެވެ.
އެ މުއްދަތުގައި މުދާ އުފުލުން މަނާ ވަގުތުތަކަކީ، ހެނދުނު 6:00 އިން 9:30 އަށާއި ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.
ރޯދަމަހުގެ ފަހު 10 ގެ ދުވަސްވަރު މުދާ އުފުލުމަށް އިތުރު ވަގުތު ވަނީ ދީފަ އެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހުގެ 20 ވަނަ ދުވަހުން ފެށިގެން އެ މަސް ނިމެންދެން މުދާ އުފުލަން ހާއްސަ ވަގުތުތަކަކީ، ހެނދުނު 6:00 އިން ހަވީރު 4:30 އަށެވެ އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށް ކަމަށެވެ. އެ މުއްދަތުގައި މުދާ އުފުލުން މަނާ ވަގުތުތަކީ ހަވީރު 4:30 އިން ރޭގަނޑު 8:00 އަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މުދާ އުފުލުމަށް ހާއްސަ ވަގުތުތައް ކަނޑައެޅީ ޓްރާންސްޕޯޓު މިނިސްޓްރީ އާއި ފުލުހުންނާ ވެސް މަޝްވަރާ ކުރުމަށް ފަހު އެވެ.
ރޯދަ މަހަކީ، ވިޔަފާރިތަކަށް ވެސް ބާރު ބޮޑު ދުވަސްވަރަކަށް ވުމުން އެހެން މަސްތަކާ ހިލާފަށް، މާލެ ތެރޭގައި މުދާ އުފުލާއި ވެހިކަލްތައް ވެސް އިތުރުވެ އެވެ. ވަކި ވަގުތުތަކެއް މުދާ އުފުލުމަށް ހަމަޖައްސަނީ، މަގުތަކުގެ ޓްރެފިކް ވެސް ތޮއްނުޖެހޭނެ ގޮތަކަށް ރޭވުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެއްލަ
19 February 2025
ރޯދަ ނޫންމަހުގައި ވެސް މުދާ އުފުލަން ވަކިގަޑިތަކެއް ކަނޑައަޅާފާވޭ. އެކަމަކު މުދާ ނޫފުލާ ގަޑިއެއް ދުވަހަކުވެސް ނުފެނޭ. އެމީހަކު ހަމަ ބޭނުންގަޑިއަކު އުފުލޭ. އަމުރު ކޮށްފައި އެކަން ބަލަހައްޓަން ބަޔަކު ނުތިބޭ.
އެންމެ ބާރު ބޮޑުވަނީ މެންދުރުފަހު ސްކޫލްތައް ނިމޭގަޑި. މުދާވެސް އުފުލާ
19 February 2025
އުފުލޭ