ކުރަނގި އޮޮޕަރޭޝަންގެ ތެރެއިން ބިދޭސީއެއްގެ ބަޔޯމެޓްރިކްސް ނަގަނީ.
19 ފެބުރުއަރީ 2025 - 11:22
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ބަޔޯމެޓްރިކްސް ނެގުމަށް ހިންގަމުން އަންނަ ކުރަނގި އޮޕަރޭޝަނަށް، އޭޕްރިލް 20 ގެ ކުރިން މައުލޫމާތު ނުދޭ ބިދޭސީން ޑީޕޯޓު ކުރާނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފި އެވެ.
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް މައުލޫމާތު ނަގަން "ކުރަނގި" އޮޕަރޭޝަން ފެށީ މެއި، 2024 ގަ އެވެ. އެ އޮޕަރޭޝަންގެ ދަށުން 59 ރަށެއްގައި މިހާރު ވަނީ ހުރިހާ ބިދޭސީންގެ މައުލޫމާތު ނަގައި ނިންމައިފަ އެވެ.
ހޯމްލޭންޑް މިނިސްޓްރީން މިއަދު ބުނީ ބިދޭސީންގެ ފޮޓޯ އާއި ފިންގަޕްރިންޓް އަޕްޑޭޓުކުރުމުގެ އެންމެ ފަހުގެ ތާރީހަކީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހެވެ.
މި މުއްދަތުގައި މައުލޫމާތު ނުދޭ ބިދޭސީން ރާއްޖެއިން ޑީޕޯޓު ކުރެވޭނެ ކަމަށް ހޯމްލޭންޑް މިނިސްޓްރީން ބުނެފައިވެ އެވެ.
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީންގެ މައުލޫމާތު ދެ އަހަރު ތެރޭގައި ނަގައި އެއްކުރުމެވެ. މިހާތަނަށް މައުލޫމާތު އެއްކުރެވުނު 24،540 ބިދޭސީން ރެގިއުލަރައިޒް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.
މި އޮޕަރޭޝަނާ އެކު، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ރެއިޑްތައް ވެސް އިމިގްރޭޝަނުން އަންނަނީ ހިންގަމުންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން މިދިޔަ އަހަރު ފެށި އޮޕަރޭޝަނުގައި 6،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ މީހުންނާއި ސައްހަ ވިސާއެއް ނެތި އެތައް އަހަރެއް ވަންދެން އުޅެމުން އައި ބިދޭސީން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
20 February 2025
ބިދޭސީން އަތުނުޖެހެނީތޯ ނޫނީ ބިދޭސީން އަތުޖެހުނަސް އެމީހުންގެ ބަޔޯމެޓްރިކްސް އަތުނުޖެހެނީތޯ؟.
ޑރ ވާންޗޯ
20 February 2025
ތިޔަމީހުން އުޅޭތަނެއްނޭގި ނުފެނިގެން ބަޔޯމެޓްރިކްސް ނުނެގުނުއިރު ޑީޕޯޓުކުރާނީ ކިހިނެއް ކޮންތާކުން ހޯދައިގެންތޯ؟.
ބިދޭސީ ކުލޫނީ
19 February 2025
ބަޔޯމެޓްރިކްސް ނަގައި، ބިދޭސީންގެ ކަންކަން ޔޫރަަޕު ފެންވަރަށް ބަލަހައްޓަން ފައިނަގައިގެން، ފީނުދައްކާ ނުވަތަ ޑޮކިއުމަންޓު ހަމަނުވާ ބިދޭސީން ކަސްޓޯޑިއަލްއަށްލާ ޑީޕޯޓުކުރަމުންދާއިރު، ގަވާއިދާ އެއްގޮތަށް ބަރާބަރަށް ފީތައް ދައްކައި، މުވައްޒަފުންގެ ކަންކަން ރަނގަޅަށް ބަލަހައްޓާ ކުންފުނިތަކަށްވެސް، އެންމެ ކުޑަމިނުން ވޯރކް ޕާމިޓްގަނޑެއްވެސް މިއުޅޭނީ އެޕްރޫވް ނުވެގެން. އަދިވެސް ދެފައި ދެގޯޅީގައި އަޅައިގެން ހިނގާ. ހުރިވަރުދައްކާ. މިއޮތީ ވާގައުމެއް. ކާލާ!
ޝަރަފުއްދީން ޢަލީ
19 February 2025
ރާއްޖެ އެތެރެވާ ކޮންމެ މީހެއްގެ ބަޔޯމެޓްރިކް މަޢުލޫމާތު އިމިގްރޭޝަންގައި ހުންނަންވާނެ. ބަޔޯމެޓްރިކް މަޢުލޫމާތަކީ އިރުއިރުކޮޅާ ބަދަލުވާ އެއްޗެއް ނޫން. ކުރަންވީ ކަމަކީ ދައުލަތުގެ ކޮންމެ އިދާރާއަކީ ވަކި ސަރުކާރެއްކަމަށް އޮންނަ އޮތުން ހުއްޓުވުން. މަޢުލޫމާތު ފަސޭހަކަމާއެކު ބަދަލުކުރެވޭނެ އިންޓަގްރޭޓެޑް ނިޒާމެއް އެބައޮތް. އެ ނިޒާމުގެ ބޭނުންކުރަންވީ، މިހާރު ތިޔަ ކުރަން އުޅޭކަމަކީ ބޭކާރު މަސައްކަތް. އިސްރާފު. ޢާއްމުންނަށް އަނެއްކާ ތަކުލީފެއް.
މުމެކްސް
19 February 2025
100ގެ ވާހަކައެއް
ދަލޭކަ ދައިތަ
19 February 2025
ހަދުމަކޮށްއަރުވަން!! ހިކިފަސްބިމަކުން އެހެންގައުމަކާ މިގައުމު ގުޅިފަނެތީ އަހަރެމެންގެ ނަސީބު. ބަޔަކުމީހުން އަމިއްލަ މަންފާއަށް ބޭރުމީހުންގެނެސް މިތަނަށްއަޅާލާ އެމީހުން އެނބުޜޭނެ ގޮތަކަށްމިތާ އެނބުރެނީ. އަނެއްބަޔަކު ޓޫރިސްޓް ވިސާގައިވެސް އައިސްފިލަނީ. އެހެންވެފައޮތް ހާލަތެއްގައި އަދިކިރިޔާ ސަރުކާރަކުން ހަމަޔަކަށް އެޅުވޭތޯ އުޅެނީ. އަމިއްލަ އެދުމުންފޯވެ ކޮރަޕްޓްމީހުންގެ ފަރާތުން ޖެހިގެންއުޅޭ ... އަހަރެމެންވެސް ބަލަންވީ މިކަމަށް އެއްބާރުލުން ދެވޭތޯ.
ދަލޭކައި
19 February 2025
އެއްބާރުލުންދޭން ކިހިނެތް ހަދަންވީ ދަލޭކާ. ވޯރކްޕަރމިޓް އެޕްރޫވްކުރަން ކަޓުގެ ގޮތުގައި ކުރީގައި 15000 ރުފިޔާއެއް ނުނަގާ. އެކަމަކު މިހާރު ވޯރކްޕަރމިޓް އެޕްލިކޭޝަން އަވަހަށް އެޕްރޫވްވަނީ އެއްކަލަ 15000 ރުފިޔާގެ ކަޓު ދިނީމަ. އެކަމަށްތަ އެއްބާރުލުން ދޭންވީ ދަލޭކާ.
ފަލިއަލި
19 February 2025
ކޮން ގާނޫނެއްގެ ދަށުން އެމީހުން ޑީޕޯޓްކުރެވޭނީ، ގަވާއިދުން ހުއްދަ ލިބިގެން ވޯކް ވިސާ ބަރާބަރަށް ދައްކަިއގެން މަސައްކަތްކުރާ މީހުން ތިހެން ކިޔާލާ އިއުލާނަކުން ޑީޕޯޓް ނުކުރެވޭނެ،
ފެންބަރީ
19 February 2025
ބަލަ ތިޔަ ވޯކްވީސާ ގަވާއިދުގައި ހިމަނައިގެންނޭ އެމީހުންގެ ބައޯމެޓްރިކްސް ނަގަނީ، އެހެންވީމާ ބައޯމެޓްރިކްސް ދޭން އިންކާރުކުރާ މީހުންނަކީ ވޯކްވީސާގެ ޝަރުތަށް އެއްބަސްނުވާ މީހުންނަށްވާނީ، އެހާ ހިސާބުން އެމީހުން ޑީޕޯޓްކުރުމަށް އެއްވެސް ހުރަހެއް ނޯންނާނެ
ޒެން
19 February 2025
ނެކްސްޓް ޖޯކް ޕްލީސް
އަލްޖިބްރރާ
19 February 2025
ޑީޕޯރޓްކުރަން ތިކިޔަނީ ފުރަތަމަ ތިތަނުގެ ޚިދުމަތް އަވަސްކޮށްބަލަ. ކުރީގަ މެޑިކަލް ރިޕޯރޓަކީ 1 ދުވަސް ނޫނީ 2 ދުވަހުން އެޕަރޫވްކުރާ އެއްޗެއް. ތިޔަ މިނިސްޓްރީއަށް ބަދަލުވިފަހުން އެކަމަށްވެސް ހަފްތާ 2 ހަފްތާ އެބަ ނަގާ.
މެޓް
19 February 2025
ބަޔޯ މެޓްރިކްސް ދޭން އެދޭ ބިދޭސީމީހާ ދާންވީ ކޮންތާކަށްތޯ؟ އެކަން ސާފުވެގެން ނޫންތޯ ބަޔޯ މެޓްރިކްސް ދޭން އެދޭ މީހާއަށް ދާނެ ތަނެއްވެސް އެނގޭނީ!
ތަން
19 February 2025
އެތައް ފަހަރަކު އެތަން ވަނީ އިއުލާނުކޮށް އެތަންތަނަށް މީހުންވެސް ގޮއްސަ. އެންމެ ދަށްވެގެން އެކަން އެންގިތަނަށް ދިޔަޢީމާ އެނިމުނީނު.
މައުލޫމާތުގެ ހަޒާނާ
19 February 2025
މާލޭގައި ނަމަ NCIT ބިލްޑިންގ އަށް. ރަށްރަށުގައި ނަމަ ކައުންސިލްއަށް
ޖުހާ
19 February 2025
ތިހާ ގަމާރު ވާކަށް ނުވާނެ ކޮންމެވެސް ވަރަކަށް ނޫސްތަކާ މިނިސްޓްރީ ތަކުގެ ސައިޓް އަދި އޮފީސްތަކަށް ގުޅާލަބަ
ޟުމިސް
19 February 2025
ރިސޯޓްގައި އުޅޭމީހުން ކޮންތާކަށް
ޕިސް ޕިސް
19 February 2025
މީހަކު އެއްޗެއް އަހާލީމަ އެހާ ކަންތަށްބޮޑުނުކޮށް އެނގެންޏާ "މައުލޫމާތުގެ ޚަޒާނާ" ހެދިހެން ދޭނީ. ނޭގެންޏާ އަނެކާދެރަކޮށްުލާ އަނގަމަޑުން ލައިގެން ހުރުން މާ ބުއްދިވެރި.