ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު ކޭސް ނެގުމަށް ގިނަ ބަޔަކު ކިއު ޖެހިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
21 ފެބުރުއަރީ 2025 - 19:02
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސް ދަޅު ކޭސް ނެގުމަށް ނަގަން މިވަގުތު ކިއޫގައި ނުޖެހުނަސް މި މަހުގެ ފަހުން ވެސް، ހުރިހާ ގޭބިސީއަކަށް އެ ހަވާލުކޮށް ނިމެންދެން ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
މާލޭ ސަރަހައްދުގައި ރޭ 8:00 ގައި މަސްދަޅު ކޭސް ބަހަން ފެށުމާ އެކު، އެތަންތަނުގައި ދިގު ކިއޫތައް އޮތެވެ. މަސްދަޅު ކޭސް ހޯދަން ބައެއް ކިއުތަކުގައި ރޭ ދަންވަރު 3 ޖެހިއިރު ވެސް މީހުން ތިއްބެވެ.
އާބާދީ އެންމެ ބޮޑު މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ހުރި ގޮތުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒުވި އެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް ވިދާޅުވީ ރޭ ކިއުގައި ގިނަ ވަގުތު ތިބެންޖެހުމުން ހިތާމަކުރައްވާ ކަމަށެވެ. އެހެންވެ އިންތިޒާމުތައް ރަނގަޅުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މާލޭގައި މަސްދަޅު ބަހަން ފެށުމުން އެ ހޯދަން މީހުން ކިޔުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭ މަސްދަޅު ކޭސް މި މަހުގެ 28 އާ ހަމައަށް ދޫކުރަން ކުރިން އޮތް ނަމަވެސް، ހުރިހާ ގޭބިސީއަކަށް މަސް ދަޅު ކޭސް ލިބެންދެން ހަދިޔާ ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ދިގު ކިއުއަށް ނޭރިޔަސް ކުރިއަށް އޮތް ދުވަސްތަކުގައި ރޯދަ ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވާތީ، ގިނަ ވަގުތު ކިއުގައި ނުތިއްބަސް ރޯދަ ހަދިޔާ ހުރިހާ ގޭބިސީތަކަށް ލިބެންދެން 28 ފެބްރުއަރީގެ ފަހުން ވެސް ކުރިއަށް ގެންދާނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު އާންމުކުރެއްވި މައުލޫމާތުގައިވާ ގޮތުން ފުރަތަމަ ރޭ އެކަނި ވެސް މާލޭ ސަރަހައްދުގެ 9،394 ގޭބިސީއަކަށް ވަނީ މަސްދަޅު ކޭސް ދޫކޮށްފަ އެވެ.
ސެންޓަރުތަކުން މަސް ދަޅު ކޭސް ދޫކުރި އަދަދުތައް:
- ވިލިމާލެ - 582
- އެމްޓީސީސީ ސޯމިލް - 2،083
- މިފްކޯ - 3،666
- ހިޔާ ފްލެޓް 10 - 1،555
- އުމަރު ޒާހިރު ބިލްޑިން - 1،508
މިނިސްޓަރު ވިދާޅުވީ މާދަމާ ރެއިން ފެށިގެން މާލޭގައި ގަލޮޅު ދަނޑުގެ ހަތަރު ފަރާތު ސިޑިބަރި ކައިރިންނާއި ސޯޝަލް ސެންޓަރާއި ހެންވޭރު ދަނޑާއި ހުޅުމާލޭ ފޭސް 1 އަދި 2 ގެ އިތުރު ދެ ތަނަކުން މަސް ކޭސް ދޫކުރާނެ ކަމަށެވެ. މިއާ އެކު މަސް ދަޅު ކޭސް ދޫކުރާ ތަންތަނުގެ އަދަދު 13 އަށް އަރަ އެވެ. މިއިން ކޮންމެ ތަނެއްގައި ފަސް މޭޒު ބަހައްޓައިގެން މަސް ދަޅު ކޭސް ދޫކުރަން ހަމަޖެހިފައިވެ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ހޫނު ގަދަކަމަށް ފެންނާތީ ދުވާލު ރޯދަ ހަދިޔާ ދޫކުރުމެއް ނޯންނާނެ އެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ ކޭހެކެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ދޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު007
22 February 2025
މާލެއަށް ހުރިހާގެޔަކަށް ލިބޭނެ . މުޅި އަައްޑޫ ސިޓީއަށް ފޮނުވީ 1800 ކޭސް . ހިތަދޫގަ 1420 ގޭބިސީ . ވިލިމާލެއަށް 2500 ކޭސް . ތަފާތުފެނޭތަ ؟ އަމާ ބުނީތީ މަސްކޭސް ބަހަނީ .
އަހްމަދުހު
22 February 2025
މަސްދަޅު ކޭހެއްގެ އަގު ކަރަންޓް ބިލުން ކަނޑާލަދިންނަމަ ގައިމު ބޮލަށްފަސޭހަވިސްދޯ. ރައްޔިތުން އަތުން ތިޔަށްވާބައި އާސަންދައިން އުނިކޮށް އެކި ގޮތްގޮތަށްނަގާފަ އުނދަގުލުން ތި ހޯދަން އުޅުމަށްވުރެ.
މާނަ އަކީ "އަމާ ބުނީތީ ފަރަށް ދާނަމޭ"
22 February 2025
ރެއަކު ދެތިންދަޅު ދޫކޮށްގެން އެންމެންނަށް ލިބޭއިރު އޮންނާނީ ރޯދަމަސް ނިމި، 2025 ވަނަ އަހަރު ވެސް ނިމުމާއި ގާތްވެފަ އެވެ. އެކަމަކު ރައީސް މުޢިއްޒު ވިދާޅުވެފައި ވަނީ ރޯދަމަހަށް މަސްދަޅު ކޭސް ދެއްވާނެ ކަމަށެވެ. ރައްޔިތުންނަށް ތަކުލީފް ކުޑަވާނީ ވެސް ރޯދަމަސް އައުމުގެ ކުރިން ތި ލިބުނިއްޔާ އެވެ.
ބަހަނީ
22 February 2025
އެއްޗެއް ބެހުމަކީ ގޭގެ ދޮރުގައި ޓަކިޖަހާފައި ދިއްކޮށްލުން. ބަލާ ދިއުމަކީ ސަލާންޖެހުން. އެންމެންނެއް ބަލާ ނުދާނެ. އެކަން އެގެންވެސް އެނގޭނެ. ރަމަޟާންމަހަކަށް ކުރިމަތިލާއިރު ތިފަދަކަމެއް ތެދުވެރިކަމާއެކު ކުރެވިއްޖެނަމަ ކިތަންމެހާވެސް ރަނގަޅު.
ޝައުގަތް
22 February 2025
އެކަމަކު ތި އެމްޑީޕީ މީހުން ބުނި މިވެސް ނުލިބޭނެޔޯ. ވަކި ކަމެއް ނޯވޭ މިމީހުން ސިޔާސީ ކުރަމް
އަޝްމަލް
22 February 2025
މީ ލިބުނު އުފާވެރި ހަބަރެއް. އިދިކޮޅުން އުޅުނު މިކަންވެސް ސިޔާސީ ކޮށްގެން މޮޅުތަކެއް ހޯދަން. ސަރުކާރުގެ މޫވް މާ ސްމާޓް
އޮނަރަރަބްލް ރާގޮޑި ރާޖާ
22 February 2025
ކިއުގައި ތިބެ ވާޅުވާ މީހުން މާރުކޭޓު ތަޅުންގަޑުގައި ޖައްސާލެވޭ ގޮތަށް ތީމުގޭ ގޭ ވަލު ދޮރާށިން މަސް ދަޅު ބަހާނަމަ ބައެއް މީހުނަށް ވަރަށް ފަރިތަވެފައި ފަސޭހަ ވީސް.
މާމާޖީ
21 February 2025
ކޮބާ މަގޭ އާސަންދަ. ރިސޯޓުން އިންޝޫރެން ދިނޭ ކިޔާފަ ދިވެހި ރައްޔިތުންނަށް ދޭ އެއްވޗެއް އަހަރެންނަށް ހައްގު ނުވަނީތަ
ބަކުރުބޭ
22 February 2025
ޕްރައިވެޓް އިންސިއުރެންސްގަ ރެޖިސްޓަރ ކޮށްފައޭ ކިޔާފަ މަށަށްވެސް އާސަންދަ ކަނޑާލައިފި. އެ ލާރިން ކަންނޭނގެ މަސްދަޅު ބަހަނީ
ހަނީ ބަނީ ޕަމްކިން
21 February 2025
ދެރަ ކަންކަން މި ހުންނަނީ. ބަލަ ޤައުމު މިޔޮށް ހުލިވަނިއްޔޭ!!! ކޮން ކަމަކުން ރައްޔިތުންގެ ފޯކަސް ގެއްލުވާލަން ކުރާ ކަމެއްހެއްޔޭ މިއީ!!!
ލަތޫފީ
21 February 2025
ބޭނުމެއް ނޫން! ވަރަށް ސާފުކޮށް މިބުނަނީ! ބޭނުމެއް ނޫން! އަމިއްލަ މަސައްކަތްކޮށްގެން މަސްދަޅު އަނބިދަރިންނަށް ގަނެދޭނީ! ހެޔޮ ހުރިހާ ދިވެހިން މަސްދަޅު ސަރުކާރުން ނެގިޔަސް
އިދުރީސްބެ
21 February 2025
ސާބަހޭ ކޮއްކޯ. ތީ އަމާޒަކަށް ވާންވާނީ. ހާޑުކޮށް މަސައްކަތްކޮށްގެން ހާޑުކޮށް ހޯދާ އެއްޗެހި ފޮނިވާނެ.