22 ފެބުރުއަރީ 2025 - 20:17
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް) މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ވިސިލްބްލޯ ކުރި މައްސަލާގައި ނޫން ކަމަށް އެ ކުންފުނިން ބުނެފި އެވެ
ޕޯސްޓާ ގުޅޭ ކޮރަޕްޝަންތަކެއް ވިސިލްބްލޯ ކުރި މީހަކު ވަޒީފާއިން ވަކިކުރި މައްސަލާގައި ނުވަ ލައްކަ ރުފިޔާއިން ޕޯސްޓް ޖޫރިމަނާ ކުރަން ހިއުމަން ރައިޓްސް ކޮމިޝަނުން އޮތީ ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ޕޯސްޓުން ނެރުނު ބަޔާނެއްގައި ބުނީ އެ މުވައްޒަފު ވަކިކުރީ މަސައްކަތުގެ ޕާފޯމެންސާއި އަހުލާގާ ގުޅުންހުރި މައްސަލަތަކެއްގައި ކަމަށެވެ.
"އެ މުވައްޒަފު އޮފީހަށް ވަނީއްސުރެ، ގާތްގަނޑަކަށް 10 މަހަަށް ދެމިގެންދިޔަ މަރުހަލާތަކުގައި ނަސޭހަތާއި އިންޒާރު ދިނުމާއިއެކު ޕާފޯމަންސް އިމްޕްރޫވްމެންޓް ޕްލޭނެއްގެ ދަށުން ގެނައުމުން ވެސް އެއްވެސް ބަދަލެއް ގެނެސްފައި ނުވާތީ ވަކިކުރެވިފައިވާ މުވައްޒަފެއް،" ޕޯސްޓު އޮފީހުގެ ބަޔާނުގައިވެ އެވެ.
އެ މުވައްޒަފު ވަޒީފާއިން ވަކިކުރުމާ ހަމައަށް އެޅުނު ހުރިހާ ފިޔަވަޅެއް ވެސް އަޅާފައި ވާނީ ވަޒީފާއާ ބެހޭ އުސޫލުގެ ދަށުން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
- އެ މުވައްޒަފު ވަޒީފާއަށް ނެގުމުގެ ކުރިން އެ ކުންފުނީގެ ސެކެޓްރީގެ މަގާމަށް ކުރިމަތިލައި އެ މަގާމަށް ނުހޮވުމުން ނުރުހުން ފާޅުކުރުން
- ޕްރޮބޭޝަން މުއްދަތުގައި ހުރެ، އެ ކުންފުނީގެ އިސް މަގާމުތަކަށް ކުރިމަތިލައި، އެ މަގާމުތަކުގެ އިންޓަވިއުއަށް ނުކިޔައިގެން ހިތްހަމަނުޖެހުން ފާޅުކުރުން
- އެ ހިތްހަމަ ނުޖެހުންތައް މެނޭޖިންގް ޑިރެކްޓަރު (އެމްޑީ) ގެންދިއުމުގެ ބޭނުމުގައި އޮފީހުން ބޭރުގެ އިއްޒަތްތެރި ބޭފުޅަކު ފޮނުވައި އެމްޑީއަށް އިއްވި
- އޭނާ ބޭނުންވި ގޮތަށް ކަންތައް ވެފައި ނުވާތީ އެކަ
މިހާރު ހުރި މަގާމަށްވުރެ ރަނގަޅު މަގާމަކަށް ބަދަލުކޮށް ވީހާ އަވަހަކަށް ކޮށްދޭން އެދުން
- އެ އޮފީހަށް ގެނައި އިއްޒަތްތެރި ބޭފުޅާ ލައްވައި މެނޭޖިން ޑިރެކްޓަރަށް ބިރުދެއްކުން
ކޮރަޕްޝަންގެ މައްސަލަ އެއް ޕޯސްޓް އޮފީހަށް އަމާޒުވާއިރު ޕޯސްޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިވަގުތު އަންނަނީ އެ ކުންފުންޏާ ގުޅޭ ހަ މައްސަލައެއް ބަލަމުންނެވެ.
އެ ކުންފުނިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރި ޕޯސްޓު އޮފީހުގައި ބަހައްޓައިގެން މުދާ ވިއްކާ ވާހަކަ އާއި ވެރިންގެ މަސްލަހަތު ހިމެނޭ ގޮތަށް ހާޒީރީ ކަންކަން ބަދަލުކުރި ވާހަކަ ދޮގު ކޮށްފަ އެވެ.
މެނޭޖިން ޑިރެކްޓަރަށް ލިބޭ މުސާރައަށްވުރެ ބޮޑު މުސާރައެއް ނަގާ ކަމަށް ބުނާ ވާހަކަ އަކީ ވެސް ހަގީގަތާ ހިލާފު ވާހަކައެއް ކަމަށާއި އެމްޑީގެ ގާތް މީހުންނަށް ޕްރޮމޯޝަން ދޭ ވާހަކަ ވެސް ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޕު
23 February 2025
ބަޔާނުން އެނގޭ ގޮތުގައި 30 އަހަރުވީ މެނޭޖްމަންޓެއް އެއްވެސް އަހަރީ ރިޕޯޓެއް އާންމު ނުކުރޭ ހިންގަނީ ގެއްލުމުގައި މުވައްޒަފުން ހަރެއް ނުލާ ޕޯސްޓުން ގެންނަ ތަކެތި ގެއްލޭ ވަކި ބަޔަކު އަމިއްލަ ފައިދާއަށް ތަނަށް ލިބުނު ކުރިއެރުމެއް ނުފެނޭ ތިތަނުގައި މައްސަލަތަކެއް އުޅޭ ކަމަށް ބުނާނަމަ އެއީ ބަލައި ފިޔަވަޅު އަޅަންޖެހޭ ކަމެއް
އަލިބެ...
23 February 2025
ޕޯސްޓުންގެންނަ ވަރައްގިނަ އެއްޗެތި ރާއްޖެ އައުމަށްފަހު ވީ ނުވީއެއްނޭގި ގެއްލުމަކީ ހަޤީޤަތެއް.
ސަންޑޭ
23 February 2025
ތިކަން އެެނގޭ އޭ. ވިސިލް ބޯލް ކޮށްގެންނޭ ކިޔައިގެން ކަނޑައެއް ނުލެވޭނެ ކަން
ސުވާލޭ
23 February 2025
* ސެކެޓްރީގެ މަގާމަށް ކުރިމަތިލައި އެ މަގާމަށް ނުހޮވުމުން ނުރުހުން ފާޅުކުރުން -ކޮބާ މައްސަލައަކީ؟ * ޕްރޮބޭޝަން މުއްދަތުގައި ހުރެ، އެ ކުންފުނީގެ އިސް މަގާމުތަކަށް ކުރިމަތިލުމަކީ މަނާކަމެއް؟ * އިއްޒަތްތެރި ބޭފުޅަކު ފޮނުވައި އެމްޑީއަށް އިއްވުމަކީ ދިވެހިންގެ ސަގާފަތް. ކޮބާ މައްސަލަ މިތާ؟ * މިހާރު ހުރި މަގާމަށްވުރެ ރަނގަޅު މަގާމަކަށް ބަދަލުކޮށް ވީހާ އަވަހަކަށް ކޮށްދޭން އެދުމަކީ އެންމެންގެވެސް އެދުން
ޖަވާބު
23 February 2025
ތި ކީ ކަންތަކުން ތިބޭފުޅާއަށް މައްސަލަ ނުފެނުމަކީ ވެސް ގޯހެއް. ވަޒީފާ ގެ ކުރިއެރުމަކީ ރޯތީ ދޭން ޖެހޭ އެއްޗެއް ނޫން. އެތަނަށް ވަނިއްސުރެެ ތިމާ ބޭނުންވާ ގޮތް ބޭނުންވެގެން އުޅެކަން އެބަހާމަވޭ. ވަޒީފަގެ ޖުރިއެރުމަކީ މަސައްކަތަށް ބަލާފަ ދޭން ޖެހޭ އެއްޗެއް. ޥަދެ 3 މަސް ނުވެ މީހުންނަށް ބިރުދައްކާ ރޮއެ ހޯދާނީ ވެސް ކޮރަޕްށަން އިން...
އާމިލާ ހަސަން
23 February 2025
ޕޯސްޓު އޮފީސް ހަރުދަނާކުރުމަށާ، ކުންފުނީގެ ގެއްލުން ކުޑަކޮށް، ހަރަދުކުޑަކުރުމަށް އެންމެ ރަނގަޅު ނިންމުމެއްކަމަށް ބެލެވެނީ ޓެލެކޮމް އޮތޯރިޓީގެ ޑިޕާޓުމަންޓަކަށް ޕޯސްޓް އޮފީސް ހެދުން، ނުވަތަ އެސްޓީއޯގެ ދަށަށް ގެނައުން. ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު މިހާރުވެސް ގެންދަވަނީ މިފަދަ ރަނގަޅު ބަދަލުތައް އޮނިގަނޑަށް ގެންނަމުން.
ނަޒާހަތް
23 February 2025
ޕޯސްޓު އޮފީހުގެ ފައިނޭންޝަލް ރިޕޯޓުތައްވެސް ނެތް ވެބްސައިޓުގަ ފެންނަން. ސަމްތިންގ އިޒް ފިޝީ. ކޮންމެސް އެއްޗެއް ފޮނުވަން މާލީ ރިޕޯޓުތައް ގަވާއިދުގަވާގޮތަށް އާންމުނުކުރަނީ
އަތްތެރި އަލީ
23 February 2025
އެމީހުންވީ ފިޝިން އަށް ގޮސް
ސްޕައިޑަރ މޭން
23 February 2025
ކޮރަޕްޝަން ހިންގީ ކުރީ ސަރުކާރުގަކަމަށް. ބަޓް ކުރީ ސަރުކާރުގަވެސް ތިބީ އަހަރަމެންނޭ އަދި މިހާރުގެ ސަރުކާރުގަވެސް ތިބީ އަހަރަމެންނޭ، އަދި އަހަރަމެން މިކަމެއްގަ ޕޯސްޓް އޮފީހުގަ އުޅޭތާ 30 އަހަރުވީއޭ. ނޮޓް ބޭޑް
ޒިދުނާ
23 February 2025
ހީހީ ހަލާކުވެއްޖެ. ނޫސްބަޔާނުގަ އެބައޮތް އަމިއްލައަށް ތިމަންނާ މެންނަކީ ޑިގިރީއާ މާސްޓާސް ޑިގިރީ ހަދާފަ ބަޔެކޭ ބުނެ ލިޔެފަ. މިއީ ނޫސްބަޔާންތަކުގަ މީހުން ލިޔެ އުޅޭ ވާހަކަތައްބާ. އެނގެނީ މަގާމުތަކުގައި ތިބީ އެހާ ހަރުދަނާ ބައެއް ނޫންކަން.
ރައިހާނާ
23 February 2025
ދުނިޔޭގެ ޕޯސްޓް އޮފީސްތައް ވިޔަފާރީގެ ގޮތުން ފުޅާވަމުންދާއިރު، ރާއްޖޭގެ ޕޯސްޓް އޮފީސް މިއޮތީ މިލިއަނުން ގެއްލުންވާ ކުންފުންޏަކަށްވެފަ. ތަނަށް އެއްވެސް ކުރިއެރުމެއް ލިބުނީކީ ނޫން. ތިތަން ރަނގަޅުކުރެވޭނީ އެ ބުނާ 30 އަހަރު ޕޯސްޓް އޮފީސް ހައިޖެކްކޮށްގެން އުޅޭ މީހުން ނޫން ބަޔަކު ލީޑަރޝިޕަށް އަތުވެގެން.
މަރީނާ އަލީ
23 February 2025
ޕޯސްޓް އޮފީސް ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ދަށަށް ގެންނަންވީ.
ދާރު
23 February 2025
ޕޯސްޓް އޮފީހުން ތިއޮތީ ފެންދީފަ ކަތިލާފައި.