އިޒްރޭލުން މީގެ ކުރިން މިނިވަންކުރި ފަލަސްތީނު މީހަކަށް އާއިލާއިން މަރުހަބާ ކިޔަނީ: އިޒްރޭލުން ބުނަނީ ގައިދީން މިނިވަންކުރާނީ އިޒްރޭލުގެ ރަހީނުން "ލަދުގެންނެވުން" ހުއްޓާލުމުން ކަމަށް. -- ފޮޓޯ: އޭއެފްޕީ
23 ފެބުރުއަރީ 2025 - 06:51
ހަމާސް އިން ރަހީނުކުރި އިޒްރޭލު މީހުން މިނިވަންކުރާއިރު ބާއްވާ ހަފްލާ އަކީ އެ މީހުން ލަދުގަންނަވާލަން ހިންގާ އަމަލެއް ކަމަށާއި އެހެންވެ އެކަން ހުއްޓާނުލަނީސް ފަލަސްތީނުގެ ގައިދީން މިނިވަން ނުކުރާނެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ބުނެފި އެވެ.
އިޒްރޭލާއި ހަމާސް އިން ޣައްޒާގައި ހަމަލާތައް ހުއްޓާލަންވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހިމެނޭ ރަހީނުންގެ ތެރެއިން އެންމެ ފަހުން ތިބި ދިރިތިބި ހަ މީހުން އިއްޔެ ވަނީ ހަމާސް އިން މިނިވަންކޮށްފަ އެވެ. އެ މީހުން ވެސް މިނިވަންކުރީ އެހެން ރަހީނުން މިނިވަންކުރި ގޮތަށް، މިނިވަންކުރި ކަމުގެ ލިޔުން ހަވާލުކޮށް، ސްޓޭޖަށް އަރުވައި އެންމެންގެ ކުރިމަތީގަ އެވެ. މިގޮތަށް މިހާތަނަށް 25 މީހުން ވަނީ މިނިވަންކޮށްފަ އެވެ.
އިއްޔެ މިނިވަންކުރި ހަ މީހުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ 600 އަށްވުރެ ގިނަ މީހުން މިނިވަންކުރަން އޮތް ނަމަވެސް އިޒްރޭލުން އެކަން ނުކޮށް ޝަކުވާ ކުރަން ފެށުމާ އެކު ހަމާސް އިން ވަނީ މިއީ އިޒްރޭލުން ކަނޑައެޅިގެން އެއްބަސްވުމާ ހިލާފުވުން ކަމަށް ބުނެ ނުރުހުން ފާޅުކޮށްފަ އެވެ.
އެކަމަކު އިޒްރޭލުން ބުނަނީ އެއްބަސްވުމާ ހިލާފުވީ ހަމާސް ކަމަށެވެ.
"ހަމާސް އިން ތަކުރާރުކޮށް، އެއްބަސްވުމާ ހިލާފްވެއްޖެ. އަހަރެމެންގެ މީހުންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަށް އަދި ޕްރޮޕަގެންޑާގެ ބޭނުމަށް އެ މީހުން ވަނީ ބޭނުންކޮށްފައި. އެހެންވެ [އިއްޔެ] ދޫކޮށްލަން ނިންމި 'ޓެރަރިސްޓުން' ދެން ދޫކޮށްލާނީ ދެން ތިބި ރަހީނުން މިނިވަންކުރާއިރު މިފަދަ ލަދުވެތިކަން ކުރިމަތި ނުވާނެ ގޮތަކަށް އެކަން ކުރާނެ ކަމުގެ ޔަގީންކަން ލިބުމުން،" ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.
އިޒްރޭލުން މިހެން ބުނި އިރު ހަމާސް އިން ކުރިން ވަނީ ބާކީ ތިބި ހުރިހާ ރަހީނުން އެއްފަހަރާ މިނިވަންކުރުމަށާއި އެކަމަށް ހަފްލާތައް ނުބާއްވާ ގޮތަށް ވެސް އަމަލުކުރަން އެ ޖަމާއަތުން ތައްޔާރަށް އޮތް ކަމަށް ބުނެފަ އެވެ.
ހަމާސް އިން އިއްޔެ ޣައްޒާގައި ބޭއްވި ރަސްމިއްޔާތެއްގައި އިޒްރޭލުގެ ރަހީނަކު ސްޓޭޖަށް އަރުވައި މީހުންނަށް އަތުން އިޝާރާތްކުރުވަނީ. -- ފޮޓޯ: އޭއެފްޕީ
އަނެއްކޮޅުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރުބިއޯ ވަނީ ބާކީ ތިބި ހުރިހާ ރަހީނުން މިނިވަން ނުކޮށްފި ނަމަ ހަމާސް "ނައްތާލާނަން" ކަމަށް ބުނެ އިންޒާރު ދީފަ އެވެ.
ގައިދީން މިނިވަން ނުކުރާނެކަން ނަތަންޔާހޫ އިއުލާނު ކުރުމުގެ ކުރިން ހަމާސްގެ ތަރުޖަމާނު އަބްދުލް ލަތީފް އަލް ކިނުއާ ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ގައިދީން ދޫކޮށްލުމަށް އެއްބަސްވި އުސޫލުތަކަށް އަމަލު ނުކުރުމަކީ އެއްބަސްވުމަށް އަމަލު ނުކުރުން ކަމަށެވެ. އޭނާ ވަނީ ސުލްހައިގެ މެދުވެރިންގެ ގޮތުގައި މަސައްކަތްކުރާ ގައުމުތަކުން މިކަމުގައި އިޒްރޭލަށް ޕްރެޝްރުކުރުމަށް ގޮވާލައްވައިފަ އެވެ.
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހޮނިހިރު ދުވަހު އާއިލާތަކުން އެތައް ގަޑިއިރެއް ވަންދެން، ގައިދީން އަންނާނެ އިރެއްގެ އިންތިޒާރުގައި ތިއްބެވެ.
ހަމަލާތައް މެދުކަނޑާލަން ވީ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިނިވަންކުރުމަށް ކަނޑައެޅި ރަހީނުންގެ ބަދަލުގައި އިޒްރޭލުގެ ޖަލުތަކުން ފަލަސްތީނުގެ ގާތްގަނޑަކަށް 1،900 މީހަކު މިނިވަންކުރަން އެއްބަސްވެފަ އެވެ. މީގެ ކުރިން ރަހީނުން މިނިވަންކުރި ކޮންމެ ދުވަހަކު އިޒްރޭލުން ވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު މިނިވަންކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
23 February 2025
ހަމާސް އިން ކުށްވެރި ވާ ހެކި ސްޓޭޖް މަތީގައި އިޒްރޭލް ލަދުގަންނަވާ ސަބަބައްޓަކައި އަލުން ހަމަލާތަށް ފަށަން ޖެހޭކަމަށް ނަތަންޔާހޫ ކެބިނެޓުން ނިންމުމަކީ އެބަޔެއްގެ އެއްބަސް ވުމާ ޚީލާފް ވީކަމެއްބާ؟
އެކްސްް
23 February 2025
މިޖައްބާރު ބައިގަނޑު މުޅި ދުނިޔޭގެ ކުރިމަތީގައި ފަޟީޙަތްވެއްޖެ.
ޒީއަޒަން
23 February 2025
ދެން ރަނގަޅެއްނު އިއްޒަތުގަ އެމީހުންގެ މީހުން މިނިވަންކުރީމަ. އިޒްރޭލުގެ ބޭނުމަކީ ހަަމާސްއަކީ އަނިޔާވެރި ބައެއް ކަމަށް ދުނިޔެއެއަށް ދެއްކުން. ނަމަވެސް މީޑިއާއަށް ފެންނަނީ ހަމާސްގެ ހެޔޮ އަޚުލާޤު. މީގެ ހެއްކަކަށް އިޒްރޭލުގެ ރަހީނަކު ( ފިރިހެން ) މިނިވަންވުމުން ހަމާސްގެ މުޖާހިދެއްގެ ބޮލުގައި ޝުކުރުވެރިކަމާއެކު ބޮސްދިނުން ފުދޭ.
އަލިފާންފޮށި
23 February 2025
މަށަށް ދެރައީ މި ޔަހޫދީންގެ ވާހަކަ އަޑުއަހާތީވެ. މި ޔަހޫދީން ހަތްފެނުން ކެއްކިއަސް ރަގަޅެއް ނުވާނެ، މި ޔަހޫދީން ރާއްޖޭގައިވެސް ހަމަ އުފަލާއެކު ހޮލިޑޭ ހަދަނީ ހަމަ.
ގތޔހވބޔ
23 February 2025
ދިވެހިރާއްޖޭގެ ސިޔާސީންނަށް ދޫނުކުރޭ ހަމަ..
އަސްލުު
23 February 2025
ތިޔަ ސުލްހައެއްގެ ވާހަކަ ދައްކަން ފެށިތަނުން އަހަރެން މި ނޫހުގަ ކޮމެންޓްކުރިން ތިކަން ވާނީ ތިހެންނޭ. ޔަހޫދީންނަކީ އިތުބާރުކުރަން ހެޔޮވާވަރު ބައެެއް ނޫން. ހުރިހާ ކަމެއް ނުބައިން ނުބަޔަށް ކޮށްފައި، އެކަން އެހެން މީހުންގެ ބޮލުގައި އެޅުވުމާއި، ވައުދާ ހިލާފު ވުމަކީ ޔަހޫދީންގެ ހާއްސަ ސިފައެއް. އަމުދުން ދުނިޔޭގެ ބާރު މިއަދު އެެމީހުންގެެ ކޮޅުގައި އޮތަތީ ކަންކަމުގެ ހަގީގަތް އޮޅުވާލައިގެން އެގޮތަށް މީސްތަކުންގެ ބޮލަށް ވެއްދެން މިއަދު އެމީހުނަށް އެބައޮތް.
އިސްމާލި
23 February 2025
ޔަހޫދީން އަބަދުވެސް ވާނީ ޔަހޫދީންނަށް.
ޢަލްޓިކޯ
23 February 2025
ޔަހޫދީން މުނާފިގުން ފާހަގަ ވުމުގެ އެއްމެބޮޑު އަލާމާތް ވައުދެއް ވަންޔާ އެޔާ ޚިލާފްވުން.