މަސްދަޅު ހޯދަން ކިއު ހަދާފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 ފެބުރުއަރީ 2025 - 10:45
ރޯދައަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ބެހުމުގައި އިތުރު ފަސޭހަތަކެއް ހަމަޖައްސައިދީފި އެވެ.
ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަރަށް އޮމާން އަދި ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ރޭ ދޫކުރެވުނު ކަމަށެވެ. އެގޮތަށް، މިއަދު ވެސް ހަވީރު 6:00 ގައި ޓޯކަން ދޫކުރަން އަލުން ފަށާއިރު ބައެއް ބަދަލުތައް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ފުރަތަމަ ހަމަޖެއްސީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޖުމްލަ ފަސް ތަނަކުން މަސް ދަޅު ދޫކުރާނެ އެވެ. ނަމަވެސް، ދިގު ކިއުތައް ދަމާލުމާ އެކު މަރުކަޒުތައް އިތުރުކުރީ އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މިރެއިން ފެށިގެން ކޮންމެ މަރުކަޒަކަށް ދޫކުރާ ޓޯކަންގެ އަދަދު ރެއަށް ވުރެ އިތުރުކުރާނެ އެވެ. އޭގެ އިތުރުން މިހާރު ޓޯކަން ނަގާފައިވާ މީހުންގެ ތެރެއިން ފަހުގެ ތާރީހަކަށް ޓޯކަން ލިބިފައިވާ މީހުންނަށް، ތާރީހު އަވަސްކޮށް ރީޝެޑިއުލްކުރުމުގެ ފުރުސަތު ދިނުމާއި ޓޯކަން ނެގުން ފަދަ ކަމެއްގައި އެހީތެރިވެދިނުން އަދި ރޭގައި ހިދުމަތް ނުދެވުނު ނަމްބަރުތަކަށް މި ރޭ މަސްދަޅު ކޭސްތައް ބަހާނެ ކަމަށް ވިދާޅުވި އެވެ.
22 ފެބުރުވަރީ ދުވަހުގެ ރޭ، ވަރަށް އޮމާންކޮށް އަދި ވަރަށް ފަސޭހަ އިންތިޒާމުތަކެއްގެ ތެރެއިން ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްގެންދެވުނު.
— Adam Shareef Umar (@Adamshareefz) February 23, 2025
އިތުރަށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، މިރޭ 18:00 ގައި ޓޯކަން ދޫކުރުން އަލުން ފަށާއިރު އަންނަވި ބަދަލުތައް ގެނެވޭނެއެވެ.
•ކޮންމެ…
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރޯދައިގެ ކުރިން ހުރިހާ އެންމެންނަށް ރޯދަ ހަދިޔާ ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.
"ހުރިހާ ގޭބިސީއަކަށް ލިބެންދެން ކުރިއަށްދާނެކަމުގެ ޔަގީންކަން އަރުވަން. ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ކޮންމެ ގޭބީސީއަކަށް ވެސް ދޫކުރަނީ 48 ދަޅުގެ މަސްކޭހެވެ. މަސްދަޅު ބަހަނީ ކަރަންޓު މީޓަރު ނަންބަރަށެވެ. ގާތްގަނޑަކަށް ރާއްޖޭގެ 80،000 އަށް ވުރެ ގޭބީސީތަކަށް މަސްދަޅު ބަހާނެ އެވެ.
ރަށްރަށުގައި މަސްދަޅު ކޭސް ބަހަނީ އެ ރަށްރަށުގެ ކައުންސިލްތަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަރަ
23 February 2025
ޕޯޓަލް އަކަށް ނުވަދެވޭ މީވާސަރުކާރެއް
ކޮވެލި
23 February 2025
ކޮންމެ މަހަކުވެސް މިކަހަލަ ޕްރޮމޯޝަނެއް ބާއްވަން ފެނޭ. ކަދުރު، ތުރުކީ ހަނޑޫ ފުށް އަދި ހަކުރު. މަސް ދަޅު. ތަރުކާރީ ދަޅު. ގެރިކިރު ކޭސް. ހިކި ކިރު. މައިލޯ ދަޅު. މިހެން ގޮސް ތަރުތީބު ކޮށްލާނީ. ކޮންމެ މަހަކަށްވެސް އައިޓަމެއް. ބެހުމުގެ ކަންކަން ސިފްކޯ އަށް. އޭރުން ސަރުކާރާމެދު ދެކޭ ގޮތް ރަނގަޅުވާނެ.
އަފްރާސިޔާބު
23 February 2025
5 ކިލޯ ހަނޑޫ ހޯދުމަށް ކިޔޫ ޖެހުނު އިރު މަސްދަޅު ކޭހެއް ހޯދަން ކިޔޫ އަށްނާރާނީ މޮޔައެއް؟
ވޮޗްމޭން
23 February 2025
މައުމޫނު ދުވަސްވަރު ރާއްޖޭގެ ރަށަކަށް ނަގޫރޯޅިއެއް އަރަައިގެން ހާލަތު ބެލުމަށާއި ފައިސާގެ އެހީ ދިނުމަށް މިނިސްޓަރުންގެ ވަފުދެއް ޒިޔާރަތްކުރިމަށްވޭ. ޒިޔާރަތްކުރީ ހެލިކަޕްޓަރެއް ޗާޓަރުކޮށްގެން. ކަންވެ ނިމުނު އިރު ރަށު ރައްޔަތުންނަށް ދިން ފައިސާގެ އެހީއަށްވުރެ ގިނައިން ހެލިކަޕްޓަރު ޗާޓަރުކުރަން ހޭދަކުރި. މިކަންވެސް ދާނީ އެހެން. މީގެ މަސްދަޅުގެ ލޮޖިސްޓިކްއަށް ވެލިޔަސް މެމްބަރުންނަށް އޮންނާނީ ދޯނި އާއި ވެހިކަލް ހަޔާރ ކުރުމަށް ބައިއަޅާފައި.
ހަސަނު
23 February 2025
މަސްދަޅު ފުރީ ޑިލިވަރީ ކޮށް ނުދެވޭނެތޯ؟
ހާސަރު
23 February 2025
މަސްދަޅުކޮޅެއް ބަހާލަން މިމީހުން މިއުޅޭ ހާލުވެނިފަ ހަމަ ހައިރާން ވެއްޖެ! މިވެރިކަމުގާ ބޮޑުކަމެއް ގައުމަށް ދިމާނުވޭތޯ އެންމެންވެސް ދުއާކުރޭ.
ގާ ހަކަ
23 February 2025
މި އަހަރު ޕޯޓަލުން މަސްކޭސް؟ އަންނަ އަހަރު މަސް ކޮޅު ދޫކުރާނެ ކަމަށް ބެލެވެނީ އީފާހުން؟
މޮޑަން
23 February 2025
މިކަމުގަވެސް މިއޮތީ މާލެއާ "ރާއްޖެތެރެ" ތަފާތުކޮއްފަ. މާލޭގަ ކޮންމެ ގެއެއްގަ ވިހި ބިސީ ހަދައިގެން ވިހި މީޓަރު ހުއްޓަސް ކޮންމެ މީޓަރަކަށް މަސްކޭހެއް. މީގެ ބަދަލުގަ އައްޑޫގަ ގޭގެއަށް ގޮސް މިބަހަނީ ކޮންމެ ގެެއެއްގެ ރަޖިސްޓްރީއަކަށް މަސްކޭހެއް. އެވަރިހަމަ އެގޭގަ ވަކި ބިސީގެ ގޮތުގަ ފަސް މީޓަރު ލައިގެން ވަކިން ކައްކާ ހެދިޔަސް. މަސްކޭހުގެ ހިސާބު ހެދިކަމަށްވަނީ ޔުޓިލިޓީ މީޓަރުގެ އަދަދަށް ބަލައިގެން.
ހުސަ
23 February 2025
ރަގަނޅު ވާހަކައެއް! އަޅުގަނޑުގެ މަންމަ އާއި ބައްޕަ އުޅެނީ ވަކިން ގެއެއްގެ! އެގޯތި ބަހާފަ ކުދިންނަށް ލިބުނު ބައިތަކުގައި ތިން ކުއްޖަކު ދިރި އެބައުޅޭ ވަކިން ގެތައް އަޅައިގެން ވަކި މީޓަރތައް ލައިގެން އަދި ވަކިން ކައްކައިގެން މުޅިން ވަކިން! ރަޖިސްޓްރީކޮށްފަ މިއޮންނަނީ ބައްޕައާއި މަންމަ އުޅޭ އަސްލުގެ! ބަހާފަ ކުދިންނަށް ލިބުނުބައި ރަޖިސްޓްރީނުކޮށް ވަކިން އުޅެނީ! މަސްދަޅު އެއާއިލާތަކަށް ނުލިބުނު! މަންމަ އާއި ބައްޕަ އަށް ލިބުނީ! މިއީ ތަފާތުކުރުންނޫންތޯ؟
މަސްދަޅު
23 February 2025
މީގަ ތަފާތުކުރީ ސަރުކާރަކުން ނެތްނޫން. ސަރުކާރަށް ލިސްޓް ފޮނުވި އިރުގަ އައްޑޫ ކައުންސިލުން ފޮނުވި ލިސްޓްގެ އަދަދަށް މަސްދަޅު ހުރީ އައްޑޫއަށް ފޮނުވާފަ. އައްޑޫއަށް ކޮންމެ މީޓަރަކަށް މަސްދަޅު ނުލިބުނީ ކައުންސިލުން މިކަމުގަ ގޯސްހަދާފަ އޮތީމަ.
ތަލީން
23 February 2025
މިއީ އެއްދުވަހުން ނިމޭނެ ކަމެއް. ދިވެހިން ނަކީ ރެފިއުޖީން ނައް ހަމަ ހަދަން ވެގެން. ވޯޓު ލާ އިރު އޮންނަ ގޮތައް ޒޯން ބަހާލައި ގެންކޮއްބަ. މިމަސް ދަޅަކީ ދަރަނި ހަމަ.
ބިސްބެ
23 February 2025
އެ މަސްކޭސް ގެ ނަމުގަ ފިލްމެއް ހަދަން ނަހުލާ އުޅެބަލަ
ނަ ހު ލާ
23 February 2025
ސޮރީ، ނިންމާފަ ތިކަމާ އުޅޭނަން. ޝުކުރިއްޔާ