އިތުބާރު ނެތް ކަމުގެ މައްސަލާގައި މިނިސްޓަރު އަލީ އިހުސާން ޖަވާބުދާރީވެވަޑައިގަންނަވަނީ
25 ފެބުރުއަރީ 2025 - 13:56
ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ، ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ފެއިލް ކޮށްލައިފި އެވެ.
އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ނެގި ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ. ޕީއެންސީގެ ސުޕަ މެޖޯރިޓީގެ 64 މެންބަރަކު ވޯޓު ދެއްވީ އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރުމާ ދެކޮޅަށެވެ.
މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްވުމަށް މަޖިލީހުގެ 47 މެންބަރުންގެ ވޯޓު ބޭނުންވެ އެވެ. މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ ތިއްބަވަނީ 12 މެންބަރުންނެވެ.
- ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓަން އިމިގްރޭޝަނުން ބޭނުންކުރުމަށް ރާއްޖޭގެ ކުންފުންޏަކުން އެކްސްޕެޓް ސިސްޓަމެއް ގާއިމްކޮށްފައި ވަނިކޮށް، އެ ނިޒާމް ހުއްޓުވައި، ބްލެކްލިސްޓް ކޮށްފައިވާ މެލޭޝިއާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރުން. މި އެއްބަސްވުމުގެ ދަށުން އަހަރަކު 460 މިލިއަން ރުފިޔާ ދައްކަން ޖެހުން.
- ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުން.
- އެތައް ބައެއްގެ ޒާތީ މައުލޫމާތުތައް ޑީއެންއާރުގެ ޑޭޓާބޭސް ބޭނުންކޮށް ނަގައި، އެ މީހުންގެ ރުހުމަކާ ނުލައި ސަރުކާރު ހިންގާ ޕީއެންސީއަށް ވެއްދުން.
- އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަައިވާ ސައްހަ ނޫން ފޯމުތަކުގައި ހުރި މައުލޫމާތަކީ ޑީއެންއާރު ޑޭޓާބޭސް އަށް އެކްސެސް އޮތް މީހަކަށް ނޫނީ ނުލިބޭނެ މައުލޫމާތަކަށް ވާއިރު، ޑީއެންއާރުގެ ޑޭޓާބޭސްގެ ހުރިހާ ކަމެއް ބަލަހައްޓަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާންގެ ބެއްލެވުމުގެ ދަށުންކަން.
ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިހުސާން ވަނީ ވަކިވަކިން މި ހުރިހާ ތުހުމަތުތަކަށް ރައްދު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއްވެސް ކަމެއް ގަވައިދާ ހިލާފަށް އަދި އޭނާގެ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކޮށްފައިނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައުންސެލަރު...
25 February 2025
"...ވޯޓުގައި އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ އިދިކޮޅު 11 މެންބަރުން އެކަންޏެވެ." ބޭހާއި ނުކުޅޭތިބަޑި، ނޭނގި ހުއްޓާ އަނދައިދާނޭ، ގޭމަކޮޔާ ފިހިދާނޭ.. ބުރޯ ބުނަން ވާވަރު ކަންތައް ކުރަންއުޅޭ. ނޫނީ ގޮވާނީ އަތަށް..، އަދިވެސް އަންނާތި ފޮށާކަހާފަ އިހުސާނު ބޭރުކުރަން.
ސަމޭދާން
25 February 2025
ފާހެއްނުވާނެތާ. ޕާޓީ ލައްކައަކަށް އެރުވުމަށް އެންގެވީ ސީދާ ރައީސްވިއްޔަ. ރައީސަށްވެސް އެނގޭނެ ހައްދުތަކުތެރެއިން ކުރަންއުޅެގެން މިކަން ނުވާނެކަން.
މެލިއްސާ
25 February 2025
އިތުބާރުނެތްކަމަށް ފާސް ނުވިޔަސް، ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުން ނުކުރާކަމަކަށް ނުވާނެދޯ،
ނޮޓް ސަރޕްރައިޒްޑް
25 February 2025
ނޮޓް ސަރޕްރައިޒްޑް
ޑްރާމާ ސަރުކާރު
25 February 2025
ކީއްކުރަން ގޮސް ތިބި ބަޔެއް، ރައްޔިތުންނަށް ޑްރާމާ ކުޅުން ފިޔަވާ ކަމެއް ވަނީކީ ނޫން، ތީ ހަމަ ސުމެއްގެ ބަޔެއް، ތިމާ މެން ހެދި ގާނޫންތަކުގެ ދޯހަޅިކަމުގަ ޖެހި ފިތިތާށިވެފަ ތިބޭ ދެން.
ގެދޮރުވެރިޔާ
25 February 2025
ބަލަ މަގޭ މައިންބަފައިން ދުވަހަކުވެސް މަށަށް އިތުބާރު ނެތްކަ.މަށް ފާހެއް ނުކުރާނެ. ގެޓެއްނު މި ބުނި އެތި ދޯ.
ފެންވަރު
25 February 2025
އިހުސާނުގެ ކޮލިޓީ ދައްކާލައިފި. ނަމަވެސް، އެކޮލިޓީގައި ޑީއެންއާރުގައި މަޖީދު އެސަކަރާތް ހިންގީމަވެސް އެއްވެސް ފިޔަވަޅެއް ނޭޅުން އެއީ އެކޮލިޓީގައި ޤަބޫލުނުކުރެވުނު ކަމެއް. ވަރަށް ހީވާގި ބޭފުޅެއް، ވަރަށް ވަރުގަ ޝަޚުޞިއްޔަތެއް، ނަމަވެސް، ފޯމުގައި ފޭކު ފިންގަޕްރިންޓުޖަހައި ސޮއިކޮށްހެދީ، ސިޔާސީ މީހުންގެ 10 އިނގިލީގައި ފިންގަޕްރިންޓު ޖަހައި ނަގާފައިވާ ފޮޓޯ އެހެރީ. ވީމާ، ދެރަވަރުކަމެއް ހިނގި. އެއީ ގޯހެއް. އަދިވެސް އެއްމެ ހިންގުންތެރި ވަޒީރު.
މިސްކާނު
25 February 2025
އަދީބުވެސް ޓުވަރިޒަމް މިނިސްޓަރަކަށް ހުރި އިރު ވަރަށް ހިންގާލި، ނިމުނު އިރު ދައުލަތުގެ ޚަޒާނާގެ ބޮޑު ބައެއް ވީނުވީއެއް ނޭގުނު
ޑރ ވާންޗޯ
25 February 2025
އަޅުގަނޑުވެސް އިތުބާރެއް ނުކުރަމޭ އެކަމަކު ކުރެވޭނެ ކަމެއްނެތީމަ ފިތާލައިގެން މިއޮތީ!!!.
ހާމަ333
25 February 2025
ކަލޭގެ އިތުބާރު މަދުވާތީ މިއުޅެނީ ގައުމުގަ ހުރި މައްސަލަ ހައްލުނުވެގެން.. ވެންޓިލޭޓަރުން ވައްކަން ކުރިއިރުވެސް ކަލޭގެ އިތުބާރު އޮތް..ބޭހުން މާފިޔާ ހިންގިއިރުވެސް ކަޓް އަޅައިގެން ތިބީ...ސުޕްރީމް ކޯޓު ބެންޗު އެއްކޮށް ބަދަލުކޮށް ހުސްނުއްސޫދާއި ޝުޖޫނުއެއީ އެމްޑީޕީގެ މ ވީމަ ވައްދާފައޮތް އިރުވެސް ނުފޫޒެއް ނުފޯރުވަމޯ....މުނާފިގު ވިއަސް ތަންފުކެއް ބޮޑުވަރު
ބޯން
25 February 2025
ކަލޯ ކާކާ ދިމާލަށް ތި ބަވަނީ؟
ސަސި.
25 February 2025
އިތުބާރު ނެތްކަމަށް ފާސް ނުވިޔަސް އަހަރުން މިހާރަކު އިތުބާރެއް ނުކުރަން