ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި މިއަދު ޖަވާބުދާރީވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް
25 ފެބުރުއަރީ 2025 - 11:18
ހޯމްލޭންޑް މިނިސްޓަރުގެ ހައިސިއްޔަތުން ފުލުހުންނަށް ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީ ސަރުކާރުގެ ހުރިހާ ވެރިން މިވަގުތު ތިބޭނީ ޖަލުގައި ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ގިނަ ތުހުމަތުތަކެއްކޮށް އެމްޑީޕީގެ 12 މެމްބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހަޅާފައިވާ، އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
މައްސަލައަށް ޖަވާބުދާރީވާން ލިބުނު ފުރުސަތުގައި އިހުސާން ވަނީ އޭނާ އަށް އެމްޑީޕީން ކޮށްފައިވާ ތުހުމަތުތަކަށް ވަކިވަކިން ޖަވާބު ދެއްވައިފަ އެވެ.
އިހުސާނަށް އެމްޑީޕީން ކޮށްފައިވާ އެއް ތުހުމަތަކީ ފުލުހުންގެ ތަހުގީގުތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ސަރުކާރަށް ނިސްބަތްވާ މީހުން ހިންގާ ޖިނާއީ ކުށުގެ އަމަލުތައް ތަހުގީގުކުރަން ހުރަސް އެޅުމާއި ފުލުހުންގެ މަސްއޫލިއްޔަތުތައް އަދާކުރަން ތަކުރާރުކޮށް ހުރަސްއެޅުމެވެ.
"ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭނެ،" އިހުސާން
އެ ތުހުމަތުތަކަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ، އެއީ އެއްވެސް ވަރަކަށް ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށާއި ސިޔާސީ ނުފޫޒު ފޯރުވާ ނަމަ ކުރީގެ ސަރުކާރުގެ ވެރިން ތިބޭނީ ޖަލުގައި ކަމަށެވެ.
"އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެ ބޭފުޅުން މިއަދު މިނިވަންކޮށް ތިއްބެވީ ގޯސްކޮށް ކަމެއް ނުކުރައްވާތީ ނޫން ކަމަށާއި އެ ބޭފުޅުންގެ މައްޗަށް ތުހުމަތުވާ ކަންކަމުގެ ތަހުގީގުތައް ދައުލަތުން ކުރަމުން އަންނަ ކަމަށެވެ. އެކަން ކުރަމުން އަންނަނީ ފުލުހުންނަށް ގާނޫނުގެ ތެރެއިން ލިބިދީފައިވާ ބާރުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސިޔާސީ ނުފޫޒެއް އަޅުގަނޑުމެން ނުފޯރުވާނަން. ފޯރާކަށް ނުވެސް ޖެހޭނެ،" އިހުސާން ވިދާޅުވި އެވެ.
ސަރުކާރުގެ ބޭފުޅުންގެ މައްސަލަތަކުގެ ތަހުގީގަށް ހުރަސް އަޅާ ވާހަކައާ ގުޅިގެން އިހުސާން ވިދާޅުވީ، ސަރުކާރުގެ ގިނަ އިދާރާތަކެއްގެ މައްސަލަ މިހާރު ވެސް ބަލަމުން އަންނަ ކަމަށެވެ. އޭގެ ތެރޭގައި އެފްއެސްއެމްގެ ވަގަށް ތެޔޮ ވިއްކި މައްސަލައާއި އެޗްޑީސީގެ ކޮރަޕްޝަންގެ މައްސަލަ އާއި ކަރެކްޝަންސް އާއި އިމިގްރޭޝަންގެ މައްސަލަތައް ފަދަ މައްސަލަ ބަލަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގައި ހިމެނޭ ބޭފުޅުންގެ ތަހުގީގުތަަކަށް ހުރަސް އަޅާ ނަމަ އެ އިން އެއްވެސް މައްސަލައެއް ނުބަލާނެ ކަން ފާހަގަކޮށް، އޭނާ ވިދާޅުވީ މިދިޔަ ފަސް އަހަރު މިފަދަ އެއްވެސް މައްސަލައެއް ބަލާފައި ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެމެދު
25 February 2025
އަޅުގަނޑު ސިޔާސީ ނުފޫޒު ފުލުހުންގެ ތެރެއަށް ފޯރުވާ ނަމަ މިދިޔަ ސަރުކާރުގެ ހުރިހާ ވެރިން މިހާރު ތިބޭނީ ޖަލުގައި. އަޅުގަނޑު ސިޔާސީ ނުފޫޒު ނުފޯރުވާތީ އެ ބޭބޭފުޅުން މިހާރު ވެސް މިނިވަންކަމާ އެކު އެ ތިބީ،" މި އިން ދޭހަވަނީ ފުލުހުން ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްގެން ކުރީ ސަރުކާރުގެ ވެރިންގެ ކުށެއް ނުފެންނަކަށް. ދެން އެމީހުންގެ މަށްޗަށް ތުހުމަތެއްކޮށް ޝަރީއަތް ހިންގާނީ ނުފޫޒު ފޯރުވައިގެންނޭ
ބޭފުޅާ ބޭނުމަސް ބޭނުން ގޮތަކަށް ކަންކަމެއް ނުހިނގާނެ.
25 February 2025
މީ ރާއްޖެ، މާ މޮޅު ވާހަކަ ނުދައްކާ، 7 ފެބް ވެސް ގެނައީ މިތާ ބަޔަކު ވެރިކަން ކުރާ ގޮތް ބަލަން ކެތް ނުވެގެން، އެޔަށް އިންސާފް ގެނެވުނު.
ގަޓުއެބަހުރި
25 February 2025
ކީއްވެތޯ މިއަދާހަމައަށް އެވެރިންގެ މައްސަލަ އޭސީސީއަށް ޖިނާއީ ތަހުޤީޤު ކުރަން ނުފޮނުވީ؟ އެކަން ކުރަންޖެހެނީ މަނިކުފާނުގެ އިތުބާރު ނެއްކަމުގެ ވޯޓުނަގަން ދިމާކުރީމަ އޭގެ ބަދަލެއްގެ ގޮތުގަތޯ؟ ވީމާ، މިހާރުވެސް ގޯސްވާހަކައެއް ވިދާޅުވިއްޖެ. ތިޔަ ޖަވާބުދެއްވީ އެމްޑީޕީ އަކަށް ނޫން. ރައްޔިތުންނަށް. އެމްޑީޕީގެ ދަރަޖައަށް މިނިސްޓަރު ވެއްޓުމުން، އެކަން ގޯސް. ހަޤީޤަތަކީ ޑީއެންއާރުތެރޭ ހިންގީ ގޯސް އަމަލެއް. އެކަން ކުރި މަޖީދަށް ފިޔަވަޅު އެޅަންޖެހޭ،
ގުއިއްޓޭ
25 February 2025
އެކަކު އަނެކަކާއި ދިމާލަށް އިނގިލިދިއް ކުރުމުގެ ބަދަލުގައި ޤާއުމާއި ގެން ކުރި އަށް ދެވޭތޯ ބަލާބަލަ؟ "މިލޮބުވެތި ވަތަން މިނިވަންކަންމަތީ އަބަދަށް"
ފުނަމަދޮށި
25 February 2025
ސިޔާސީ ވައިރަހުގެ ވަބާއިން މިގައުމާއި ރައްޔިތުން ސަލާމަތް ކުރައްވާށި
ސީޒަން ޖެކްޝަން
25 February 2025
ބަލަ މީމައުމޫނު ނުވަތަ ނާސިރުގެ ޒަމާނެއްނޫން. އެޒަމާނުގާ ހަދާނެއެއްޗެއް ހެދިއަކަސް މިއަދު އެކަމެއް އެގޮތަކަށް ނުކުރެވޭނެ.
ކިރުސައި
25 February 2025
ނޫނޭ، ނުފޫޒު ފޯރުވޭނަމަ ތިބޭނީ ޕިއްޒާކާން
ސަފަލް
25 February 2025
ދޭހަވީ ކުށެއްކޮށްފިނަމަ ހައްޔަރުކޮށް އަދަބު ދޭންޖެހެނީ އާދައިގެ މީހުނަށް..ސިޔާސީ މީހެއްނަމަ ކުށެއް ކިރިޔަސް އަޅާނުލުން..އެނގޭ މީހާވެސް ހައްޕު.
ބޮޑުބެގެ ބެއްޔާ
25 February 2025
މިނިސްޓަރު ތިހާ ރުންކުރު ޖަވާބުތައް ދެއްވީމަ ހީވަނީ އަސްލުވެސް ހަޑިއެއް ހޭވިގެން އުޅުއްވާހެން. ތި ދަރަޖައަށް ދެން ވެެއްޓިވަޑައިނުގަތުމަށް ދަންނަވަން.
ޢމޢޣ
25 February 2025
އަހަރެން މި މީހާމަތިން ފޫހިވެއްޖެ.
އައިސީ
25 February 2025
މަ ހީނުކުރަން އިހްސާނަކީ މިފެންވަރަށް ވެއްޓިދާނެ ބޭފުޅެއްކަމަކަށް އެކަމަކު އައިބީގެ ދަރިއެއްވީމަކަ ހައިރާނެއްނުވޭ...