މަރުވެފައިވާ ކޮތަރެއްގެ ސާމްޕަލް ނަގަނީ. --ފޮޓޯ: އެނިމަލް ވެލްފެއާ މިނިސްޓްރީ
25 ފެބުރުއަރީ 2025 - 18:34
މަރުވެފައިވާ އަދި ބަލިވެފައިވާ ކޮތަރުތައް މާލޭގެ އެކި ހިސާބުތަކުން ފެންނާތި ހެދި އިންފްލުއެންޒާ ޓެސްޓަށް ކޮތަރުތައް ނެގެޓިވް ކަމަށާއި އެހެންވެ މިއީ ވިހައެއް ދީގެން ދިމާވާ ކަމެއްތޯ ބަލާނެ ކަމަށް ޖަނަވާރުތަކާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު އިންފްލުއެންޒާ ޓެސްޓު ހަދާފައިވާ ކަމަށެވެ.
"އިންފްލުއެންޒާ ނޫން ކަމަށް ދެއްކީ. ނެގެޓިވް ހުރިހާ ޓެސްޓެއް. އެހެންވެ މިހާރު ޓެސްޓު ހަދަނީ މީހަކު ވިހައެއް ކަހަލަ އެއްޗެއް ކާ އެއްޗިއްސަށް އަޅާފައި ދީފައި ހުރިތޯ ބެލުމަށް،" އޭނާ ވިދާޅުވި އެވެ.
ބަލިކޮށް ތިބި އަދި މަރުވެފައިވާ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެ އެވެ. ކޮތަރަށް ޖެހޭ އިންފްލުއެންޒާ އަދި ފްލޫ ފަދަ ބަލިތަކުގައި އާންމުކޮށް އެހެން ހުރެ އެވެ.
މިނިސްޓްރީން ބުނީ ކޮތަރުތަކުގެ ތެރޭގައި މި މައްސަލަ އާންމުވެފައި ވަނީ ކިހާ ވަރަކަށް ކަމެއް އަދި ނޭނގޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހައްމަދުބެ
26 February 2025
މުޅި މާލެ ތެރޭގައި އުޅޭ ބުޅާތަކުން ވަރައްގިނަ ބަލިތައް ފެތުރޭ! ދުވާ ނުބައި ވަހުން ވެސް ހިނގާބިނގާ އުޅެންދަތި! ޢިސްލާމީ މަރުކަޒުގެ ގޯޅިތެރެ ހީވަނީ ބުޅާ ކޮއްޓެއްހެން! ބުޅަލުގެ ސީތަކާއިހެދި ހިނގޭ ވަރެއް ނޫން! މުޅި މަގުގައި ނަޖިސް!
ފަރަހަސް
26 February 2025
ސަރުކާރަށް ކަންކަން ނުވާތީ ވާ ގޮތް މީ. އަކަ ކިލޯމީޓަރެއްގެ ތަންކޮޅެއްގަ ދެ ލައްކަ މީހުން މި އުޅެން ޖެހެނީ ނަޖިހުގަ.
އަބްޑޫޅް +
25 February 2025
ގިނަ ދިވެހީންނަކީ، ކޮތަރާއި ބުޅަލުގެ ދުޝްމިނުން.
ހިއްތަލަ
25 February 2025
ބުޅާފެސިލިޓީހެން ކޮތަރުފެސިލިޓީއެއް އަޅާކަށްނުވޭތޯ؟ ބައެއް ސަރަހައްދުތަކުގާ ކޮތަރުގުއި ހާދަ ތިޔާތްގޭ.
ބަވަވަރ
25 February 2025
ބުޅާތަކަށް އެވަގޮތްވެސް ބަލާބަލަ. މުޅިގައިގަ ކުނޑި ފާޑުގއ ލައްޖަހައި ކެހެރި ދާންފަށައިފަ ހުންނަނީ. ކުޑަކުދިން ލައްވާ އަތްހާކުވަން ކަމަކު ނުދާނު
ސޭޑް
25 February 2025
ވިހަވެސް ދީފާނެ. ފުރަތަމައިނުން ބަލާ ކަމާބެހޭ ފަރާތްތަކަށް މިކޮތަރުތަކާ ބެހޭ ގޮތުން އެންމެ ގިނައިން މައްސަލަ ހުށަހަޅާފަ ތިބި މާލޭގެ ގެދޮރުވެރިންނާ ވިޔަފާރިވެރިން. އެހިސާބުން އެނގޭނެ އެއީ ކާކުކަން. މިހާރު ދިވެހިންގެ ތެރޭގަވެސް ނުބައި ނުލަފާ ރަހުމެއް ކުލުނެއް ނެތް މީހުން އެބައުޅޭ.
ނޮހޮރުއް
25 February 2025
މާލޭގެ ބައެއް ހިސާބުތަކު ސައިކަލް ބަހައްޓާފަ 5 މިނެޓް ވާއިރު އޮންނަނީ ކޮތަރު ގުއިން މުޅި ސައިކަލު ފުރާފަ. ތި އެއްޗެއްސައްވެސް ކޮންމެސް އެހެން ގޮތެއް ބޭނުންވޭ އެބަ
ކޮތަރޭ
26 February 2025
ކޮތަރު ސައިކަލަކަށް އަރައި ސައިކަލުމަތީގައި އިށީންނަ ދޫންޏެއް ނޫން. ކޮތަރު އަރައި ތިބޭ ތަނެއްގެ ދަށުގައި ބަހައްޓައިފިއްޔާ ކޮތަރު އެ ބެހެއްޓީ ކާކުތޯއެއް ނުބަލާނެ. ކޮތަރުގެ ޠަބީޢަތާ އެއްގޮތަށް ކުރާ ކަމެއް ކުރާނެ.