މާލޭގެ އެކި ހިސާބުތަކުން ބަލިވެ އަދި މަރުވެފައިހުރި ކޮތަރު ފެންނަން ފަށައިފި އެވެ.

ޖަނަވާރުތަކާ ބެހޭ މިނިސްޓްރީގެ ސަމާލުކަމަށް އެކަން އައިސްގެން، ކޮތަރުތައް ބަލިވެ ނޫނީ މަރުވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އަދި މިކަމުގެ ދެނެގަނެވުނުހާ އަވަހަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކޮތަރުތަކަށް އެކަން ދިމާވި ސަބަބު ދެނެގަނެވުނުހާ އަވަހަކަށް ތަފްސީލު އާންމުކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އާންމުކޮށްފައިވާ ފޮޓޯތަކުގައި ކޮތަރުގެ ތުންގަނޑު އަދި ލޯ ކައިރީގައި އެއްޗެހިތަކެއް ނަގައިފައި ހުރެ އެވެ.

އެގޮތަށް ވެފައި ހުރީ ކިހާ އަދަދެއްގެ ކޮތަރަކަށް ކަމެއް އަދި ނޭނގެ އެވެ.