27 ފެބުރުއަރީ 2025 - 20:38
ރަޝިޔާ އާއި ޔޫކްރޭނާ ދެމެދު ކުރަމުންދާ ހަނގުރާމައާ ގުޅިގެން އދ. ގައި މި ހަފުތާގައި ނެގި ވޯޓެއްގައި ޔޫކްރޭނަށް ތާއީދުކޮށް ރާއްޖޭން ވޯޓު ދިނުމަކީ ލިބިވަޑައިގެންނެވި ފަހުރެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން، އެކަމާ ވަރަށް ހިތްހަމަޖެހިވަޑައިނުގެން، ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.
މިދިޔަ ހޯމަ ދުވަހު ނެހި ވޯޓުގައި ރާއްޖޭން ވޯޓުން ލާފައިވަނީ، މި ހަނގުރާމައާ ގުޅިގެން ދިވެހި ސަރުކާރުން ހިފަހައްޓަމުން އައި ސިޔާސަތާ އެއްގޮތަށް ޔޫކްރޭނާ އެއްކޮޅަށެވެ.
އެ ވޯޓާ ގުޅިގެން ނަޝީދު އެކްސްގައި ވިދާޅުވީ، އެމެރިކާގެ އިތުރުން އުތުރު ކޮރެއާ އާއި ރަޝިއާއާ އެއްކޮޅަށް ވޯޓު ދިނުމުން ހައިރާންވެވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު އުފާކުރަން ޔޫރަޕްގެ ގައުމުތަކާ އެކު ރާއްޖޭން ވެސް އާންމު ވިސްނުމާ އެއްގޮތަށް، ވޯޓު ލުމުގައި ހިތްވަރާއި ދުރުވިސްނުން އިސްކޮށްފައިވާތީ،" ނަޝީދު ވިދާޅުވި އެވެ.
އެކަމާ ގުޅިގެން، ސަފީރު ލިވަން އެސް ޖަގަރްޔަން ވިދާޅުވީ، ޔޫކްރޭނާ އެއްކޮޅަށް ރާއްޖޭން ވޯޓު ދިނުމަކީ ފަހުރެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވުމުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިވަޑައިގެންނެވި ކަމަށެވެ.
އަދި ޔޫކްރޭނު ހަނގުރާމަ އަށް ސުލްހަވެރި ނިމުމެއް ގެންނަން މިހާރު ބަދަލުވެފައިވާ ވިސްނުމާ އެހާ ދުރުގައި ނަޝީދު ފަދަ ތަޖުރިބާކާރު ސިޔާސީ ބޭފުޅަކު ހުންނެވުމަކީ އެތައް ސުވާލެއް އުފެދޭ ކަމެއް ކަމަށް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާ އިން ވެސް ހަގީގަތާ އެއްގޮތް ސިޔާސަތަކާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު، ނަޝީދު މި އިސްކުރައްވަނީ ޔޫރަޕުން ގެންގުޅޭ މިހާރު މުސްކުޅިވެފައިވާ ކުރިމަތިލުމާއި އަސްކަރީ ބާރުގެ ވިސްނުމެވެ.
"އަޅުގަނޑު ނަޝީދަށް ހަނދާންކޮށްދޭން ބޭނުންވަނީ، އަޖައިބެއް ފަދަ ޖަޒީރާ ރަށްތަކުގައި ޗުއްޓީ ހޭދަކޮށް، ރާއްޖޭގެ ބަޖެޓު ބޮޑުކޮށްދެނީ ރަޝިއާގެ ޓޫރިސްޓުން [ޔޫކްރޭނުގެ މީހުން ނޫން] ކަން،" އޭނާ ވިދާޅުވި އެވެ.
އެއާ އެކު، ސަފީރު ވަނީ ރަޝިއާ އިން ރާއްޖެ އަށް ވަމުންދާ މިފަދަ އެހީތެރިކަން ބަލައިގަތުމަށް ނަޝީދުގެ އަރިހުން އެދިވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
28 February 2025
މިމައްސަލާގައި ރާއްޖެއިން ވެސް ކަންކުރީ ރަނގަޅަކަށްނޫން. ވަކިކޮޅަކަށް ނުޖެހުން ހިކުމަތްތެރި ގޮތަކީ. ލީޑަރޝިޕު ފެއިލިއަރ މިދައްކަނީ.
ކަނބިލި
28 February 2025
ހުޅުގުގެ އުފެއްދުމެއް. އަމިއްލަ ވިސްނުމަށްވުރެ ދޮންމީހުން ގޮތަށް އެނބުރޭ އެމީހުންގެ މީހެއް. ގައުމަށް ފައިދާހުރި ގޮތަށް ވުރެ އުޅޭނީ އެވެރިންގެ އައުވާނަކަށް ވެގެން. އެހެން އުޅުނީމާ ލިބޭ ވަޒީފާއާއި މެޑެލްތަކާއި ދަތުރުތައް. އަމިއްލަ ޝުހުރަތަށް އަމިއްލަ އެދުމަށް އުޅޭ ބޭކަލެއް. ވެރިކަމަށް އައިސްވެސް މަސައްކަތްކުރީ ހުޅަގުގެ ލިބަރަލިޒަމް މިތަނަށް ގެންނަން. އެކަމާ އުޅުމުން ފޭލްވީ ވެސް. އެނގޭ ތިޔައީ ކާކުކަން ރައްޔިތުންނަށް ވަރަށް ރަނގަޅަށް
ޜިތާބް
28 February 2025
ޞޭރު މީހުން ނަށް ނަަޝީދު ވަރެއް ނުހުންނާނެ ނުން އެމީހުން ބޭނުންވާ ގޮތަށް ޑިމޮކްރަސީ ގރނެސް ރާއްޖެ ފަސާދަ ކުރީ ނަޝީދު ވީމަ
ރާވެރިބެ
28 February 2025
ސަރުކާރުން ވޯޓު ދިނީ ރަޝިއާ އާ ދެކޮޅަށް. ނަޝީދު ވެސް ހުރީ މިގޮތަށް. މީ ވަރަށް މޮޔަކޮށް ކުރި ދެރަކަމެއް. އަސްލު މި ވޯޓުގަ ރާއްޖެ ބައިވެރި ނުވެ ފަރާތަކަށް ނުޖެހިހުންނަން ޖެހޭ. އެމެރިކާ ވެސް ޔޫކްރެއިން މައްސަލާގަ މިހާރު އެއޮތީ ރަޝިއާ ކޮޅަށް ޖެހިފަ. ހަމަ އެކަނި ޔޫރަޕްގެ ގައުމުތަށް ބޭނުންވީ ރަޝިއާ ކުށްވެރިކުރަން. ދިވެހިން ނުޖެހޭ ފަރާތަކަށް ޖެހެން. ކުޑަކުޑަ ނިކަމެތިން ތިބެން ޖެހެނީ ނިއުޓްރަލްކޮށް.
ދަރި
28 February 2025
ވެރިކަމުން ބޭލުވީމަ މައިތިރިވެ ތިބެބަލަ. މައުމޫނާއި އެއްފެންވަރަށް ނުވެއްޓި ބަލަ!
މިހާލި
28 February 2025
އަސްލު ތި އިންޒާރުދީފަ ތިއޮތީ ސަރުކާރައް ،ވިސްނާ މީހަކައް އިނގޭނެ
އަހްމަދް
28 February 2025
ސަރުކާރުން މިއޮށް ކުރާހާ ގޯސް ކަންކަމަށް ޗުއްޕުވެސް ނުބުނެ ހުރެފަ، ކިރިޔާ ރަނގަޅު ކަމެއް ކޮށްލާއިރަށް ތައުރީފު ކުރެވޭ. އަމިއްލަ މީހާއަށް މަންފާ ނުވަންޏާ ވަރިހަމަ. ކުރިންވެސް އުޅުނީ އަމިއްލަ މީހާއަށް ވެރިކަމާ އާރާ ބާރު ލިބޭނެތީކަން މިހާރު ޔަގީންވޭ. މާދަމާވެސް އިދިކޮޅު ލީޑަރުކަން ލިބޭނެހެން ހީވިޔަސް ފާޅުވާނެ ގައުމޭ ރައްޔިތުންނޭ ކިޔާފަ.
ތެދެއްމެ
28 February 2025
މިކަހަލަ ކަންކަމުގައި މާފުދުންތެރި ބޮޑެތިއަރަބި ގައުމުތަށްވެސް އިސްކުރަނީ އެގައުމެއްގެ..އަހަރުމެންނަށް އަހަރުމެންގެ ހާލަތު ދެނެނުގަނެވުނީމަ މައްސަލައަކީ. ވޯޓުނުލާ ހީސްލާށޭ ކިޔާފަ ފާހަނައަށް ދިޔަނަމަ އެވަގުތު.ހަގީގަތަކީ ނުބައީ ތިޔަ ޔޫރަޕު. ދެފުއްދެގޮތް ރަސިއާ އާދޭސްކުރަމުންދިޔަ ނޭޓޯ ތިމަންނަމެންގެ ދޮރުމައްޗަށް ނުގެންނާށޭ .އެގައުމުގެ ރައްކާތެރިކަން ގެއްލޭތޯ ޕުޓިންއަށް މަޖުބޫރުވީ.. ފުރުސަތުބޭނުންކޮސް ޔޫރަޕުބޭނުންވީ ރަޝިޔާ ފުނޑާލަން ނުވީ އެކަމެއް.
ހަލީމްބާއީ
28 February 2025
އަންނި އަކީ އަަބަދުވެސް މޮޅެތި ވާހަކަ ދައްކައިގެން މަޝްހޫރުކަން ހޯދާ އަމިއްލަ ޖާހަތުބޮޑުކުރާންއުޅޭ މީހެއް.
ނޫނޭ.
28 February 2025
ކަލޭމެންނަށް ނުފެނޭތަ ދިވެހި ސަރުކާރުން ވޯޓު ދިނީ ޔުކްރޭނަށް ކަމެއް؟ އެމެރިކާއާއި ދެކޮޅަށް ބުނި އެއްޗެއް ބުނެފަ އޮތީ ކުރީގެ ރައީސް