ލޯކަލް މާރުކޭޓުގައި ހުރި ބައެއް ތަކެތި. ލޮނުމެދު ކިލޯއެއް އެސްޓީއޯއިން ވިއްކަނީ 45ރ. އަށް -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
01 މާޗް 2025 - 21:05
އެސްޓީއޯ އިން ލޮނުމެދު ކިލޯއެއް 45ރ. އަށް މިއަދު ވިއްކަން ފަށައިފި އެވެ.
ޕީޕަލްސް ޗޮއިސް އިން އެ އަގުގައި ލޮނުމެދު ވިއްކާއިރު، މިވަގުތު ލިބެން ހުރީ ރީޓެއިލްކޮށެވެ. ބާޒާރުގައި ލޮނުމެދު ކިލޯއެއް އުޅެނީ 90ރ. އާއި 120ރ. އަށެވެ.
އެސްޓީއޯ އިން އަންނަނީ، ބާޒާރުގައި އާންމުކޮށް ބޭނުން ކުރާ ބާވަތެއްގެ އަގު އުފުލޭތޯ ބަަލައި، ހެޔޮ އަގުގައި އެ ތަކެތި އާންމުންނަށް ފޯރުކޮށްދެމުންނެވެ.
ފިޔާ، އަލުވި އަދި ބިހުގެ އިތުރުން ކާއްޓާއި ލުނބޯ ވެސް އެސްޓީއޯ އިން ހެޔޮ އަގުގައި ވިއްކަ އެވެ. އޭގެ އިތުރުން އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވެސް ތަރުކާރީގެ ބާވަތްތައް މިހާރު ވިއްކަ އެވެ.
އެސްޓީއޯއިން އަންނަނީ ބައެއް ބާވަތްތައް ހޯލްސޭލްކޮށް ވެސް ވިއްކަމުންނެވެ. ހުޅުމާލޭގެ އެސްޓީއޯ ހޮޓާ ސަައިޓުގެ އިތުރުން މާލޭ އިންޑަސްޓްރިއަލް ވިލެޖުންނާއި މާލޭގައި ހުންނަ ހޯލްސޭލް ސެންޓަރުން ވެސް ފިޔާ، އަލުވި ބިސް ލިބޭނެ އެވެ.
އެހެން އަހަރުތަކާ ހިލާފަށް އެސްޓީއޯ އިން މި ފަހަރުގެ ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއް ބާޒާރަށް ގެނެސް ކޮންޓްރޯލު އަގުތަކެއްގައި އަންނަނީ ވިއްކަމުންނެވެ. އެހެންވެ، މިއަދު ރޯދަމަސް ފެށިއިރު ތަކެތީގެ އަގު ވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން
02 March 2025
ލޮނުމިދު!
ހަސަން ފޭދޫ
02 March 2025
އަސްލު މިފަހަރު އެސްޓީއޯއިން މިކަން ކުރަން އުޅުމުން ގެއްލުން މިލިބުނީ އާންމުންނަށް. ކާށިވެސް ގެންނަ ވާހަކަ ބުނުމުން ދެން ބާޒާރުމަތީގައި ކާށިގެންނަ އެއްވެސް މީހަކަށް ބިރުން ގެންނާކަށް ނުކެރުނު. އެކަމަކު އެސްޓީއޯއަކަށް އެވަރަށްގެނެސް އާންމުންނަށް އަގުހެޔޮކޮށް ލިބޭވަރެއްވެސް ނުކުރެވުނު. އާހިރުގައި -/35 ރުފިޔާއަށް ކާއްޓެއްގެ އަގު އެހުރީ މިހާރު.