ލޯކަލް މާރުކޭޓުގައި ކުރުނބާ ވިއްކާ ގޮޅިއެއް -- ފޮޓޯ: ނިޝާން އަލީ / މިހާރު
03 މާޗް 2025 - 15:37
މާލޭގެ ލޯކަލް މާރުކޭޓުގައި ކުރުނބާގެ އަގު ދަށްވެ، އަގު އުފުލިއްޖެ އެވެ.
މާރުކޭޓުން މިހާރު ކުރުނބާ ލިބެން ހުރީ 35ރ. އަށެވެ. އަދި 1.5 ލީޓަރުގެ ފެން ފުޅިއެއްގައި ކުރުނބާ ވިއްކަނީ 170ރ. އާއި 150ރ. އާ ދެމެދުގެ އަގެއްގަ އެވެ.
ކުރުނބާ ލިބެން ހުރީ ވެސް މަދު ގޮޅިތަކަކުން ކަމަށް ވާއިރު ވިޔަފާރިވެރިން ބުނީ، ކުރުނބާ ލިބޭ ވަރު މިހާރު ވަރަށް މަދު ކަމަށެވެ. ކުރުނބާ ލިބުމުގެ ދަތިކަން އުޅޭތާ ދުވަސްތަކެއް ވެފައިވާ ކަމަށް ވެސް އެ މީހުން ބުންޏެވެ.
ކުރުނބާ. މާރުކޭޓުގައި ކުރުނބާ ހުރީ ވަރަށް މަދުން -- ފޮޓޯ: މިހާރު
ކުރުނބާ ފަންޏަކީ ރޯދަމަހު ދިވެހިން ގިނައިން ބޭނުން ކުރާ ބާވަތެކެވެ.
ބާޒާރުގައި ކުރުނބާ މަދުން ލިބެން ހުރި ނަމަވެސް، އެހެން ބާވަތްތައް ލިބުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ވިޔަފާރިވެރިން ބުންޏެވެ. ދިވެހިން އާންމުކޮށް ބޭނުން ކުރާ ކަރާ ކިލޯއެއް ލިބެން ހުރީ 25ރ. އަށެވެ. އަދި މިރުސް ކިލޯއެއް އުޅެނީ 200ރ. އާއި 250ރ. އާ ދެމެދުގެ އަގެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިދަރިއެއް / ވާނުވާ އެނގެން ބޭނުން.
03 March 2025
ރާއްޖޭގަ ހައްދާތަކެތި ކީއްވެ އަގުބޮޑުވަނީ؟؟ އަނބު ގަސް / ރުށް އިންދައިގެން ހައްދަން އެއްކަމެއް ވެސް ކުރަން ނުޖެހޭ.އަނބުގަސް ވަކިވަރަކަށް ބޮޑުވީމަ ނުޖެހޭނެ އެއްވެސް ކެއާއެއް ކުރާކަށް.އޭގެ ޒާތުގަ އެގަސް ހެދޭނެ.ރުށް ވެސް މިހެން. ދެން ކީއްވެހޭ ހުތް އަނބެއްގެ އަގު 30ރ ގަ ހުންނަން ޖެހެނީ؟؟ މިފަދަ ސުވާލު މިއީ ޖަވާބު ލިބެން ޖެހޭ ސުވާލުތަކެއް.
ކުރުނބާ
03 March 2025
ދިވެހިންގެ ނިކަމެތިކަން މި ފެންނަނީ ...
ބުއްޅޮހޮއްކޮ
03 March 2025
ތިދާ ވަރުން ރާއްޖޭން ކުރުނބާ، ކާށި، ލައްޓި، ރާގޮނޑިވެސް ހުސްވާނެ. ކުރިއައް އޮތްތަނުުގަ ރާއްޖެއައް ތިތަކެތި ދެން ގެންނާނީ ރާއްޖެން ބޭރުން.
ބާޒާރުމަތީން....
03 March 2025
ބޭރުމީހުން ލޯކަލް މާރުކޭތާއި މޭވާއާ ތަރުކާރީ ކޮންޓްރޯލް ކުރާކަމުގެ ހެއްކެއް. ބޭރުން ގެންނަ މޭވާތައް އޮތީ. އަހަރެން ގަންނަނީ ރާއްޖޭގެ ކަރާ، ދޮންކެޔޮ، ފަޅޯ، ފަތް...ބޭރުމޭވާ ވ އަގުބޮޑު
ނަންނުކިޔާ
03 March 2025
( މާލޭގެ ލޯކަލް މާރުކޭޓުގައި ކުރުނބާގެ އަގު ދަށްވެ، އަގު އުފުލިއްޖެ އެވެ.) މީގެ މާނަ އަކީ ކޮބާ؟ މިހާރު ނޫސް..
ކުރުންބާ
03 March 2025
ދަތިވާނެދޯ ރަށްރަށު ކައުންސިލްތަކުން ހުރިއްޔާ ހުރި ރުކެއް ގަވާއިދާ ހިލާފަށް ރިޒޯޓުތަކަށް ވިއްކާ ހުސްކުރީމަ. އ. މާޅޮސް މިހާރު މަލަމަތި ހީވަނީ ފިޔަކޮށާލާފަ އިން ދޫންޏެއްހެން.
ކުރުނބާ
03 March 2025
ހަމަ ދެންމެ 225 އަށް 1.5 ލިޓަރ މިގަތީ. ލަންކާ އިން ގެނޭ.