03 މާޗް 2025 - 21:43
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯގެ) އެމްޑީ އަދި ސީއީއޯގެ މަގާމުން ޑރ. ވިޓާލީ ލުބިމޯވް މިއަދު ވަކިކޮށްފި އެވެ.
ސްވިޓްޒަލެންޑްގެ ރައްޔިތެއް ކަމަށްވާ، ޑރ. ވިޓާލީ އެ މަގާމަށް އައްޔަނުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އޭނާ އަކީ މިފްކޯގެ ތާރީހުގައި ސީއީއޯގެ މަގާމު އަދާކުރެއްވި ރާއްޖޭން ބޭރުގެ ބޭފުޅާ އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނީ، މިފްކޯގެ ސީއީއޯކަމުން ވިޓާލީ ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް، އިތުރު ތަފްސީލެއް ނުދެ އެވެ.
ވިޓާލީ މަގާމުން ވަކިކުރިއިރު، މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހުމަދު ޝަރީފް އެ މަގާމުން ވަކިކޮށް، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަނުކޮށްފަ އެވެ.
އޭގެފަހުން، މިފްކޯގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމުގައި ހުންނެވި އިލްޔާސް ހަނީފު ވަނީ މިދިޔަ ޖެނުއަރީ މަހު މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވިޓާލީ ވަނީ ވިދާޅުވެފަ އެވެ.
މިފްކޯގެ ސީއީއޯގެ މަގާމާ ވިޓާލީ ހަވާލުވެވަޑައިގެންނެވީ، މި ސަރުކާރުން އެ މަގާމަށް އައްޔަންކުރި އަހުމަދު ސަމާހު ރަޝީދު ވަކިކުރަން ޕީސީބީން ނިންމުންނެވެ. ސަމާހް ވަކިކުރީ ޕީސީބީއަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ސަސްޕެންޑު ވެސް ކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްޓޭމްޕް ފޮރުވާ ހޯދި ވެރިކަން
05 March 2025
މިދާވަރުންދާނަމަ ޤައުމުގެ ވެރިމީހާވެސް މަޤާމުން ވަކިކޮށްފާނެ. ދޯ އަދުރޭ
ޓިިން ޓިން
04 March 2025
ދޮންބެގާތުގާ ކުރިންވެސް ބުނިން ނުފޫޒަށް ޖާގަނުދީ ތިތަން ހިންގާންއުޅެފިއްޔާ ދާނީ ބުރައިގެންނޭ. މިއޮތީ އެދުވަސް އައިއްސާ.
ކުޑަސޮރު01
04 March 2025
މިއީ ޔޫކުރެއިންގެ ބޭފުޅެއްނޫންތަ؟. މީގެ މަައްސަލައަކީ ކަންކަމަށް ލަފާދޭންތިބޭ މީހުންނަށް މާމޮޅަށް އެނގެނީ . ޢޭނާގެނައުމަކީ ސީދާ ފިޞަރީޒް މިނިސްޓްރީ އިން ކުރުވި ކަމެއް - މޮޅު ކަމެއް ކޮއްލާނަމޭ ހިތާ ކުރިކަން އަތަށްގޮވީ -
ފަރަންޖީ
04 March 2025
"މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވިޓާލީ ވަނީ ވިދާޅުވެފަ އެވެ."... ތާހުރިވެއްޖެއްނު. މިގައުމުގަ ޖެހޭނީ ސިޔާސީ މީހުންގެ ފައިގައި ބޮސްދީ ދޫލާން. އެހެން ނޫނީ ދާންވީ. ހަރުދަނާ އުސޫލެއް ނަޒާހަތްތެރިކަން ހުރިމީހަކަށް މިހާރު ސަރުކާރު ކުންފުންޏެއްގައި ހުރެވުމަކީ ނާދިރުކަމެއް.
ތެފައާސާ.
04 March 2025
އައްޔަންކޮށްފި. ވަކިކޮށްފި. ދޮޅު އަހަރު ވެގެންދާއިރުވެސް އެލް ބޯޑުގައި.
ލީކުއާންމީ
04 March 2025
މިފްކޯ އަށް ސިޔާސީ ގޮތުން ނުފޫޒު ނުފޯރުވޭ ގޮތް ހެދުމުން ދަތިވާނީ ހަމަ ސަރުކާރަށް. ސަބަބަކީ ކޮންމެ ހާލެއްގަވެސް މަސްވެރިން އަރާނީ ސަރުކާރުގެ ބޮލަށް. ތިޔަކަމެއް އެއްވެސް ސަރުކާރަކަށް ހައްލެއް ނުކުރެވޭނެ. ފުރަތަމަ ތަހުޒީބު ވާންވީ މީހުން. ދެން ތަރައްޤީ ގެނެވޭނީ.
ނުނން
04 March 2025
ހެޕީ ހެޕީ ހެޕީ އެންމެން ހެޕީ...
އިސްމާލި
04 March 2025
"މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތަށް ސިޔާސީ ނުފޫޒު ފޯރުވުމުގެ ޖަގާ ނުދެއްވާނެ ކަމަށް، މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ވިޓާލީ ވަނީ ވިދާޅުވެފަ އެވެ." ވަކިކުރި ސަބަބު ވަރަށް ސާފުކޮއް އެބަ ފެނޭ ރައްޔިތުންނަށް. މިފްކޯއަކީ އެއްވެސް ޒަމާނެއްގައި ސިޔާސީ ނުފޫޒު ނުފޯރުވާ ތަނެއް ނޫން. އެހެން ވެއްޖެ ނަމަ އިންތިހާބުގައި މަސްވެރިންގެ ބޯ ކާލަން އުނދަގޫވާނެ.
ށިހާމް
04 March 2025
ބޭރު މީހުން މިގެންނަނީ މޫނުމަތި އޮމާން ކުރަން. އެމީހުން ލައްވާ ވެސް ސިޔާސީ ކުޅިވަރު ކުޅުވަން ބޭނުން ވަނީ.
މުސަޅު
04 March 2025
މިފްކޯއަށް ވެސް އެމް.އެން.ޑީ.އެފް ރިޓަޔާރޑް އެއް ލީމާ ރަގަޅުވާނެ.