ބްރޯޑްކޮމްގެ މެމްބަރުންގެ ބައްދަލުވުމެއް. --ފޮޓޯ: ބްރޯޑްކޮމް
03 މާޗް 2025 - 22:46
ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަންގެ މެމްބަރަކު ޖިންސީ ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލާގައި އޭނާ ފިޔަވައި ދެންތިބި މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް މާދަމާ ހާޒިރުކުރަން ނިންމައިފި އެވެ.
އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި ކަމުގެ ތުހުމަތު ރައްދު ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ފަޒީންގެ މައްޗަށެވެ. އެ މައްސަލައާ ގުޅިގެން ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން، މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފަ އެވެ.
މިހާތަނަށް ކޮމިޓީން އެ މައްސަލާގައި ގޮތެއް ނިންމައިފައެއް ނުވެ އެވެ. ކޮމިޓީގައި އެ މައްސަލަ އޮތްއިރު، ފަޒީން މަސައްކަތަށް ވެސް ނުކުންނަވަ އެވެ.
އެނގިފައިވާ ގޮތުގައި މާދަމާ ހެންދުނު 11:00ގައި އޮންނަ ކޮމިޓީ ބައްދަލުވުމަށް ފަޒީން ފިޔަވައި، އެ ކޮމިޝަންގައި ބާކީ ތިއްބަވާ މެމްބަރުން ވަޑައިގަންނަވާނެ އެވެ.
ފުރައްސާރައިގެ މައްސަލާގައި ފިޔަވަޅު ނޭޅި ލަސްވެފައިވާތީ ބްރޯޑްކާސްޓިން ކޮމިޝަންގެ ތެރޭގައި ނުތަނަވަސްކަން އެބަ އޮތެވެ. އަދި، ފުރައްސާރައާ ކުރިމަތިލާން ޖެހުނު ކަމަށް ބުނާ މުވައްޒަފަށް ނަފުސާނީ ގޮތުން ވަރަށް ބޮޑަށް އަސަރު ކޮށް، ފަރުވާ ހޯދަމުންދަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
މި މައްސަލައާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ. އެ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން މިފަދަ މައްސަލަތަކުގައި ކޮމިޝަންގެ މެންބަރަކާ މެދު ފިޔަވަޅެއް އެޅޭކަށް ނޯވެ އެވެ.
ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތްކުރި ފަޒީން، ބްރޯޑްކޮމަށް އައްޔަން ކުރީ 2021 ގަ އެވެ. އޭނާ ނައިބު ރައީސަކަށް ހޮވާފައިވަނީ ޖެނުއަރީ 2023 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްތިރާމް
04 March 2025
ކޮބާ ފޮޓޯ އާއި ދާއިމީ އެޑްރެސް. މި މީހުން ދެނިގަނެވިގެން ދޯ އިނގޭނީ ކައިރިނުވާން.
666767556
04 March 2025
އަންހެނުންނާ ފިރިހެނުން މަސްހުނި ނުވީމާ ފުރައްސާރަ މައްސަލައެއްނުނިކުންނާނެ
އަބްޑޫޅް +
04 March 2025
ޖިނާއީ ކުށެއް މީހަކުގެ މައްޗަށް ތުހުމަތު ވީމަ އެކަމުގެ ތަހުގީގުވެސް މިހާރު ކުރަނީ މަޖިލީހުންތަ؟ ފުލުހުން ކޮބާ؟ ކަންތައްތައް މިދާ އިޝްޕީޑުގަ ކުރިޔަށް ދާ ނަމަ، ދަރުމާރުކޭޓު ކައިރީގަ ހުންނަ ފާހާނާ އަށް މީހަކު ބޮޑުކަމުގޮއްސަ ތަށި ނުޖަހާ ހުރެގެންވެސް މަޖިލީހަށް އެކަން ހުށަހަޅާނެ.
ދިވެއްސެއް / މިއަދު 3 ވަނަ ރޯދަ
03 March 2025
މިކަމުގެ ސަބަބުން ގައިމު ކޮންމެ ވެސް އެއްކަމެއް ރަނގަޅުވެއްޖެ.އަލް އަޙް ފަޒީން މިހާރު ހުންނަނީ ބޯކޮށައިގެން ގ.
ޗަމްޗަމް
03 March 2025
ރައްޔިތުންގެ މަޖިލީހުގެ "ކަމާބެހޭ" ކޮން ކޮމެޓީއެއްބާ އަނެއްކާ މިފަހަރުވެސް. ކުރިންވެސް ވަރަށް ކަމާ ބެހިލާފަ ތިބީ އަންހެން މުވައްޒަފު ހާޒިރުކޮށްފަ. ލަދުކުޑަ ވިޔާނުދާ މެންބަލުން ތަކެއް!
ރަދީފްއޮފިޝަލް / ގެއެއްގެ ޓެރަހުގަ އޮތް ތަރާވީސް ބައްދަލުވުމެއްގަ
03 March 2025
''އެ ކޮމިޝަންގެ ގާނޫނު އޮތް ގޮތުން މިފަދަ މައްސަލަތަކުގައި ކޮމިޝަންގެ މެންބަރަކާ މެދު ފިޔަވަޅެއް އެޅޭކަށް ނޯވެ އެވެ.'' މިގާނޫނު ހެދި ބޭކަލުން އެއީ ހާދަ މޮޅު ބައެކޭ ދޯ.ދެން ރޯދަ މަހެއްގަ މިބާވަތުގަ ކަންކަމުގަ ބަސްބުނަން އަހަރެންނަށް ވަރަށް ދަތި.އެހެނީ ބުނަން ނުޖެހޭ އެއްޗެއް ވެސް ބުނެވިދާނެތީވެ އަހަރެން ބިރުގަނޭ. .ވ.ވެދުން