އިޒްރޭލުގައި މިދިޔަ އަހަރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާކުރަނީ: ރަހީނުން ސަލާމަތް ނުކުރެވި ލޭ އޮހޮރުވުން ބޮޑު ހަނގުރާމައެއް ހިނގަން ޖެހުނީ ނަތަންޔާހޫގެ ސަބަބުން ކަމަށް ގިނަ ބަޔަކު ދެކޭ. -- ފޮޓޯ: އޭއެފްޕީ
04 މާޗް 2025 - 07:44
އިޒްރޭލުން އެތައް ބަޔަކު ރަހީނުކުރީ ހަމާސް އިން ކަމަށް ވިޔަސް ހަގީގީ ދުޝްމަނަކީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށް، މަރުވި ރަހީނެއްގެ އާއިލާއިން ބުނެފި އެވެ.
އުމުރުން 68 އަހަރުގައި އިޒިކް އެލްގަރަތު ވަގަށް ނެގީ އޮކްޓޫބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކުގައި، އޭނާ ގެއިންނެވެ. ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން ދޫކުރި ގައިދީންގެ ތެރޭގައި ހަމާސް އިން ހަވާލުކުރީ އެލްގަރަތުގެ ހަށިގަނޑެވެ.
އެލްގަރަތު ރަހީނުކޮށްގެން ގެންދިޔައިރު ފުރާނަ ހުރި ނަމަވެސް ނަތަންޔާހޫގެ އޮފީހުން ބުނަނީ ހައްޔަރުކޮށްފައި ބެހެއްޓުމަށް ފަހު ހަމާސް އިން އޭނާ މަރާލީ ކަމަށެވެ.
އެލްގަރަތުގެ ޖަނާޒާގައި އެތައް ސަތޭކަ ބަޔަކު ބައިވެރި އިރު އޭނާގެ ކޮއްކޮ އެތަނުގައި ބޭއްވި އެއްވުމުގައި ބުނީ ހަމާސް އިން އެލްގަރަތު ގެންދިޔަ ނަމަވެސް އެލްގަރަތު ސަލާމަތްކުރުމުގައި ނަތަންޔާހޫގެ ސަރުކާރު ފެއިލްވި ކަމަށެވެ.
"އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރި ނަމަވެސް ކާމިޔާބެއް ނުވި،" ޑެނިއެލް އެލްގެރެތު އެހެން ރަހީނުންގެ އާއިލާތަކުން ކުރި މަސައްކަތް ފާހަގަކޮށް ބުންޏެވެ.
"އަހަރެމެންގެ މަސައްކަތް ނާކާމިޔާބުކޮށްލި މީހަކީ ނަތަންޔާހޫ. ސަލާމަތްކޮށްގެން ނުގެނެވުނީ އެހެންވެ،" އޭނާ ބުންޏެވެ.
"މަރާލި ދުޝްމަނަކީ، ރަހީނުކޮށްގެން ގެންދިޔަ މީހުންނެއް ނޫން. ސަލާމަތްނުކޮށް ވާނެ ގޮތެއް ވާން ދޫކޮށްލި މީހާ."
ޕާލަމެންޓުގައި ހޯމަ ދުވަހު ނަތަންޔާހޫ ވާހަކަ ދެއްކި އިރު ވެސް ރަހީނުންގެ އާއިލާތަކުގެ މީހުން ވަނީ އަޑުގަދަކޮށް ދެކޮޅުވެރިކަމުގެ ގޮވުންތައް ގޮވައިފަ އެވެ. އެ މީހުން ބުނީ ސިޔާސީ އެދުންތަކަށްޓަކައި ރަހީނުން ގުރުބާންކުރީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގެދާނޯމޮސް
04 March 2025
ޔަހޫދީންވިޔަސް އެކަންވިސްނޭނީ ހަމަބުއްދި ސަލާމަތުން އެބަޔަކު ތިބޭތީ އެވެ. އެހެންވީމާ މިއެނގެނީ ޒަމާނުއްސުރެން ގާޒާގެ ލައްކައެއްހާ މީހުން އިޒްރޭލުގެ ވަޒީފާ ތަކުގައި ހަމަޖެހިލައިގެން އުޅެފައެވަނީ މިއިންސާނުން ﷲ އެއްބަޔެއްގެ ގޮތުގައި ނިންމަވާފަ ވާތީކަމުގައެއެވެ. ހަނޑުލުގައި ކަޅުފުއް މަދަސް އެއީވެސް ހުންނައެއްޗެއްކަން ޔަގީނެވެ.