ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއެއްގެ ފިންގާ ޕްރިންޓް ނަގަނީ-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
04 މާޗް 2025 - 12:40
ބަންގްލަދޭޝް ލޭބަރުން ގެނައުމަށް ހުޅުވާލުމާ އެކު، ހިއުމަން ޓްރެފިކިން އަށް ޝައްކުވާ ގޮތަށް ބައެއް މުއާލަމާތްތައް ކޮށްފައިވާ ކަން ފާހަގަކުރެވިގެން އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށިކޮށްފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް އެ މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ދިން ޖަވާބުގައި ބުނީ ނޮވެމްބަރު 17، 2023 އިން ފެށިގެން މިދިޔަ ޖެނުއަރީ 30 ގެ ނިޔަލަށް ވޯކްޕާމިޓުގެ ދަށުން 75،542 ބިދޭސީން ރާއްޖެ އައިސްފައިވާ ކަމަށެވެ.
ހަމަ އެ މުއްދަތުގެ ތެރޭގައި ބަންގްލަދޭޝްގެ 17،039 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވެ އެވެ.
ވަޒީފާއާ ބެހޭ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމަށްޓަކައި އެއް ގައުމަކުން އެންމެ ގިނައިން ރާއްޖެ އަށް ގެނެވޭނީ އެއްލައްކަ މީހުންނެވެ. އޭރު ލިބެން ހުރި މައުލޫމާތުތަކަށް ބަލައި، ބަންގްލަދޭޝްގެ ލޭބަރުންގެ ކޯޓާ ހަމަވެފައިވާ ކަމަށް ކަނޑައަޅައި، އެ ގައުމުން މަސައްކަތްތެރިން ގެނައުން ކުރީގެ ސަރުކާރުން ހުއްޓާލި އެވެ.
ނަމަވެސް، ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު، މި ސަރުކާރުން ވަނީ ބަންގްލަދޭޝް ލޭބަރުންނަށް ޑިސެމްބަރު 2023 އިން ފެށިގެން ކޯޓާ ދޫކުރަން ފަށައިފަ އެވެ.
މިނިސްޓްރީން ބުނީ ބަންގްލަދޭޝްގެ ނޮން ޕްރޮފެޝަނަލް މަސައްކަތްތެރިން ގެނެވޭ ގޮތަށް ހުޅުވާލުމާ އެކު، 3،174 ފަރާތަކަށް އެ ގައުމުގެ 14،689 ވޯކްޕާމިޓް އެޕްރޫވް ކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހިއުމަން ޓްރެފިކިން އަށް ޝައްކު ކުރެވޭ ފަދަ މުއާމަލާތްތައް ވެސް ހިމެނޭ ގޮތަށް ބޮޑެތި އަދަދުތަކުން އެކި ފަރާތްތަކުން މީހުން ގެންނަން ފެށުމާއެކު މާޗު 30، 2024 ގައި ބަންގްލަދޭޝް އިން މީހުން ގެނައުން ހުއްޓާލި އެވެ.
އެކަމަކު އޭރު އެޅި ފިޔަވަޅުތަކަށް ފަހު، ސަރުކާރުގެ ޕްރޮޖެކްޓުތަކާއި ދައުލަތުގެ ރަސްމީ ބޭނުންތަކަށް މީހުން ގެންނަން މިދިޔަ ޖޫން 29، 2024 އިން ފެށިގެން ވަނީ ހުޅުވާލައިފަ އެވެ. ނަމަވެސް، އަމިއްލަ ފަރާތްތަކަށް މި ފަހަރު ބަދަލެއް ގެނެސްފައިވެ އެވެ.
މިނިސްޓްރީން ބުނީ އަމިއްލަ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފީ ދައްކާ އަދި ބްލެކްލިސްޓް ކޮށްފައި ނުވާ ފަރާތްތަކުގެ ތެރެއިން 10 އަށް ވުރެ އިތުރު ނުވާ އުސޫލުން މީހުން ގެނައުމަށް ހުށަހަޅާ ފަރާތްތަކަށް މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މިގޮތުން ޖެނުއަރީ 30، 2025 ގެ ނިޔަލަށް ރަސްމީ ފަރާތްތަކާއި އަދި އަމިއްލަ ފަރާތްތައް ވެސް ހިމެނޭ ގޮތަށް 510 ވަޒީފާ ދޭ ފަރާތްތަކަށް 2،350 ވޯކްޕާމިޓް ވަނީ އެޕްރޫވް ކޮށްދެވި، ޑިޕޮސިޓް ފައިސާ ދައްކައި، ވޯކްޕާމިޓެއް ދޫކުރެވިފަ އެވެ." އެ މައުލޫމާތުގައިވެ އެވެ.
ވަޒީފާދޭ ވަކިވަކި ފަރާތްތަކުން ގެންނަ ބިދޭސީންގެ އަދަދުތައް ހާމަކުރުމަކީ ތިން ވަނަ ފަރާތެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށް ބުނެ، އެ ތަފުސީލުތައް ހިއްސާކުރަން ހޯމް މިނިސްޓްރީން ވަނީ ދެކޮޅު ހަދައިފަ އެވެ.
ނޮވެމްބަރު 17، 2023 އިން ފެށިގެން މިދިޔަ މަހުގެ 23 ގެ ނިޔަލަށް ރާއްޖެއިން ވަނީ 7،375 ބިދޭސީންގެ ވޯކްޕާމިޓް ކެންސަލް ކުރުމުން ފުރައިގެން ގޮސްފަ އެވެ. އަނބުރާ ގައުމަށް ފޮނުވާލި އަދި ޑީޕޯޓު ކޮށްފައިވަނީ 6،315 ބބިދޭސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޔުސްރާާ
05 March 2025
މި ސަރުކާރުނޫނީ މިވަރަށް މިކަމަށް މަސައްކަތްކުރާ ސަރުކާރެއް ނުދެކެން. މި ޒައާމަތުގައި މި ބިދޭސީންގެ މައްސަލައަށް ފުރިހަމަ ސޮލިއުޝަންއެއް ލިބޭނެކަން ހަމަ ޔަގީން.
ބިއްލެ
05 March 2025
ނެތްތަ ބޯނެތް މަރުތެލެއް.
ނައުފަލްް
05 March 2025
ސަރުކާރުން ދިވެހިން ރައްކާތެރިކުރަން މިފަދަ ކަންކަން ސީރިއަސްކޮށް ނަގާތަން ފެނުމަކީ ވަރަށް ހިންހަމަޖެހުން ލިބޭކަމެއް.
އަންފާލް
05 March 2025
ވަރަށް ރަނގަޅު ނިންމުމެއް. ތި ޓްރެފިކިންގްގެ އެންމެ ބޮޑު މީހަކީ ފައްޔާޒް.
ޑރ ވާންޗޯ
05 March 2025
އަދިވެސް ހަރުކަށިތަކުރަންވީ ގައުމު ކުނިވެއްޖެމިހާރު، މަނާނުކުރަނީ ލިބޭކަޓުގެ ބޮޑުކަމުންތޯ
ހޭޅި
05 March 2025
ބިދޭސީން ގެންނަނީ ގައުމުގެ އިގުތިސޯދަށް އެކަމަކު މި އިގުތިސޯދުގެ 90% ގެ ފައިދާ ކުރަނީ 10% މީހުންނަށް. ކޮންމެހެން 1000 ރިސޯޓަކާ 3 ލައްކަ ބިދޭސީން މިގައުމަށް ބޭނުމެއް ނުވޭ. އެކަމަކު މި ބައިވަރު މި ގެންނަން ޖެހެނީ މަހުޖަނުންގެ ތިޖޫރިތައް ފުރަންޖެހޭތީ.
ފަތަނަ
05 March 2025
ބަންގްލަދޭޝް ލޭބަރުންނަށް ވުރެ އިންޑިޔާގެ އުތުރު ސްޓޭޓު ތަކުން އަންނަނ ހިންދުތުވާ މީހުން މަދު ކުރެވޭތޯ ބަލާބަލަ. އެމީހުން އުޅެނީވެސް ވަރަށް ފުއްޕާފަ އަނެއްކާ ނުރައްކާވެސް ބޮޑު.
ނިޒާރްް
05 March 2025
އެންމެ ފަސޭހައިން ގެންގުޅެވޭ މީހުންނަކީ ބަންގާޅުން. އިންޑިޔާ އުތުރު ސްޓޭޓްތަކުން އަންނަ މީހުންނަކީ ކޮހުން. އެހެންވެއެއްނުން ބަންގާޅުންނަށް އެހާ ޑިމާންޑްވެސް ބޮޑީ. މިއީ ހަމަ ބަރާބަރުކަމެއް.
ކުޑައާދަނު
04 March 2025
މިއަކީ ހަރުކަށި ކޮށްގެން ތިބެވޭވަރަށް ވުރެންވެސް ގައުމަށް ނުރައްކާތެރި ބިރުބޮޑުކަމެއް. މިއީ އެއްކޮށް ހުޢްޓާލައިގެން ތިބެންޖެހޭވަރުގެ ކަމެއް. އަހަރެންނަށް މާލޭގައި ދިރިއުޅޭތީ މިފެންނަނީ މާލެތެރެ. ހަމައެކަނި މަގުމަތިން މިފެންނަ އަދަދުންވެސް ބިރުހީވޭ. ގޯޅިއަކަށްވަނަސް ޕާކިންޒޯނަކަށް ވަނަސް މާރުކޭޓަށް ވަނަސް ކަންމަތި ފިހާރަޔަކަށް ސައިހޮޓަލަކަށް ވަނަސް ނުކަތައިގެން މިބަޔަކު. ގައުމު ހިމާޔަތްކުރަން ގައުމިއްޔަތު ދިރުވަން ބަޔަކު އެބަތިބިބާ
އަލި
04 March 2025
ހުރިހާ ދިމާލެއްގައި ކަރަޕްޝަންގެ ނުބައި ވަކިތައް ހަރުލާފައިވާ ގައުމެއްގައި ކަންކަން ހައްލުކުރުމަކީ ވުމަށްވުރެ ނުވުން ގާތްކަމެއް.
އެދުރޭ
04 March 2025
ބައެއް ބިދޭސިން ބުނާގޮތުން އަޑިއަޑިން ރުފިޔާކޮޅެއް ދޭއިރަށް ޑީޕޯޓުކުރާ މީހާގެ ބަދަލުގަ އެހެން މީހަކު އެބަގެނެވޭ
އަލްޖިބްރރާ
04 March 2025
ކިހިނެތްބާ ހަރުކަށިކުރީ. ބޮންދު އެޖެންޓުން އެބަބުނޭ ވޯރކްޕަރމިޓް އަވަސްކުރަން 15000 ރުފިޔާ ދިނީމަ އޯކޭވެޔޯ.