"މާސްޓަ ފުޑްސް" ބްރޭންޑުގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް---
06 މާޗް 2025 - 10:29
"މާސްޓަ ފުޑްސް" ބްރޭންޑުގެ ކްރީމީ ޗިކަން އެންޑް މަޝްރޫމް ކުކިން ސޯސް ރާއްޖެ އެތެރެ ކުރުމާއި ނުވިއްކުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.
އެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، އޮސްޓްރޭލިއާގެ ކުންފުންޏެއް ކަމަށްވާ "މާސް އޮސްޓްރޭލިއާ ޕްރައިވެޓް ލިމިޓެޑް" އިން ތައްޔާރު ކޮށްފައިވާ ސޯސް ތައްޔާރު ކޮށްފައިވާ ބާވާތްތަކުގެ ތެރޭހައި ބިސް ހިމެނޭ ކަމަށެވެ.
ނަމަވެސް އޭގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވާތީ އެ ސޯސް އުފެއްދި ކުންފުނިން އޭގެ ބެޗުތައް ބާޒާރުން ނެގުމަށް އަންގާފައިވާ ކަމަށް ބުންޏެވެ.
ރާއްޖެއަށް ވެސް އެ ސޯސް އެތެރެ ވެފައިވާ ކަމުގެ މައުލޫމާތު ޑަބްލިޔުއެޗްއޯ އިން އިންޓަނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކު މެދުވެރިކޮށް ވެސް އެމްއެފްޑީއޭއަށް އަންގާފައިވާ އެ އިދާރާގެ ބަޔާނުގައި ވެ އެވެ.
ފުޅީގެ ލޭބަލްގައި އެލާޖެންގެ މައުލޫމާތު ހިމަނާފައި ނުވުމަކީ އެ އުފެއްދުން ބޭނުންކުރާ މީހުންގެ ސިއްހަތަށް ނުރައްކަލެއް ދިމާވެދާނެ ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ފުޑް ސޭފްޓީ އޮތޯރިޓީޒް ނެޓްވޯކުން އެމްއެފްޑީއޭ އަށް އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.
ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ސޯސް ރާއްޖެ އެތެރެ ނުކުރުމަށާއި ރާއްޖޭގައި ނުވިއްކުމަށް އެ އިދާރާ އިން އެންގީ އެހެންވެ އެވެ.
މިހާރު ދައުރުވަމުންދާ ބެޗުގެ މުއްދަތު ހަމަވާ ތާރީހުތަކަކީ:
1. 17/11/2025
2. 22/12/2025
3. 16/02/2026
4. 20/04/2026
5. 15/06/2026
ހަތަރުސަތޭކަ ނުވަދިހަ ގުރާމު ހުންނަ އެ ފުޅީގެ ލޭބަލްގައިވާ ބާކޯޑަކީ 9310012042006 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަވަނަ
06 March 2025
އަޖައިބު ހައިރާން... ހީކުރީ ވިހައެއް ހުރީ ކަމަށް..
ކަތްދައްތަ
06 March 2025
އަންތަރީސް. ބިސް ހިމެނެއޭ އޮތީމާ މަ ހިތީ އެއީ ކޮން ބާވަތެއްގެ ބިހެއްކަން ނޭގިގެން މަނާ ކުރިއްޔޭ؟ ދޮންބިސްތޯ ކުކުޅު ބިސްތޯ ވެލާބިސްތޯ ގެރިބިސްތޯ؟ ނާ ކޮންމެ ކޮންމެ ބިހެއް ނުކެވޭނެއްޔަ. އެހެނެއްނޫން މިވީ އެލަޖިންގެ މައުލޫމާތު ނެތިއްޔޯ. މިރާއްޖޭގަ ވިއްކާ ރިހާކުރު ބެޗްތަކުގެ ފާޓާތަކުން ފެންނަނީ ވޯލް ޕުޓީގެ މަޢުލޫމާތު. އެލަޖިކްގެ މަޢޫލޫމާތެއް ނުފެނޭ. އެކަމު އެނަގާކަށް ނާންގަދޯ؟ މިހުންނަނީ ދުނިޔެ ދެކޭނެ އަޖައިބުތައް.
ނާޑުވާ
06 March 2025
މި ރާއްޖޭގަ ލޭބަލްގެ ޤަވާއިދާ ޚިލާފަށް އެތައް ޕްރޮޑަކްޓެއް އެބަ ވިއްކާ. މިކަން ބަލާ ފިޔަވަޅު އަޅާކަށް ނުވޭބާ. ތެލުލިފަތާ ތެލުލި ބަނބުކެތޮ ހަދާ ބޮޑުދައިތަ ކައިރީ އެކްސްޕަޔަރީ ޑޭޓް ޖަހަން އެންގިޔަކަސް އަދި ކަމަކު ނުދާނެ.
ތަކެތި ބޭކާރު ނުކުރުމަށް
06 March 2025
ލޭބަލްގައި ހުންނަން ޖެހޭ މައުލޫމާތު ހިމަނާފައި އެތަކެތި އަލުން ބާޒާރަށް ނެރުން ކިހިނެތް ވާނީ
ޑަކު
06 March 2025
ބިސް؟