ކެއްކުމަށް ބޭނުންކުރުމަށް ފަހު އެ ތެޔޮ އެހެން އެއްޗަކަށް އަޅަނީ: ރިސޯޓުތަކުގައި އެގޮތަށް ބޭނުންކުރާ ތެޔޮ ވިއްކުމަކީ އާންމުކޮށް ރާއްޖޭގައި ކުރަމުން އަންނަ ކަމެއް.-- ފޮޓޯ: ސޯޝަލް މީޑިއާ
30 އޮކްޓޯބަރ 2025 - 11:18
ރިސޯޓްތަކުން އުކާލާ ތެޔޮ ހަލާލް ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ހުރެދާނެ ކަމަށާއި އެއީ ރައްކާތެރި އެއްޗެއް ވެސް ނޫން ކަމަށް ރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަނެއްކާވެސް ހަނދާންކޮށްދީފި އެވެ.
އުކާލަން ގެނެސްފައި ހުރި ކުކިން އޮއިލް، ބޮޑެތި ހަންތަކަކުން ފުރާނައިގެން އެހެން އެއްޗިއްސަށް ތެޔޮ އަޅާ މަންޒަރު ފެންނަ ވީޑިއޯއެއް މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ.
ރިސޯޓްތަކުން އުކާލަން ގެންދާ ތެޔޮ ނަގައިގެން ގެންގޮސް އެއިން ކާބޯތަކެތި ހަދައިގެން ވިއްކުމުގެ މައްސަލަ ވަރަށް ކުރިން ސުރެ ވެސް އޮވެ އެވެ. އަދި އެކަން މަނާކޮށްފައި އޮންނައިރު އެމްއެފްޑީއޭ އިން ވަނީ ފެބްރުއަރީ 14، 2018 ގައި އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސްބަޔާނެއް ހަނދާންކޮށްދީ އިންޒާރު ދީފަ އެވެ.
އެމްއެފްޑީއޭ އިން ބުނީ ރިސޯޓް ފަދަ ތަންތަނުން އުކާލާ ތެޔޮ، ކާބޯތަކެތި ހަދަން ބޭނުންކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. މިއީ އާންމުންގެ ސިއްހަތަށް އޮތް ނުރައްކަލެއްކަން މީގެ ކުރީން ވެސް ހަނދާންކޮށްދީ އެކަން މަނާކޮށްފައި ވާއިރު އެމްއެފްޑީއޭ އިން ބުނީ އެގޮތަށް އުކާލާ ތެލުގައި "ކާބޯތަކެތީގައި ހުންނަން ޖެހޭ އާންމު ޝަރުތުތައް" ފުރިހަމަ ވެސް ނުވާނެ ކަމަށެވެ.
"...މީގެ އިތުރުން، ރިސޯޓް ފަދަ ތަންތަނުން އުކާލާ ތެލަކީ ހަލާލު ނޫން ކާބޯތަކެތިން ތަޣައްޔަރުވެފައިވާ ތެޔޮ ކަމުގައި ވުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި ވެސް ދަންނަވަމެވެ." އެމްއެފްޑީއޭގެ ނޫސްބަޔާނުގައިވެ އެވެ.
އެހެންވެ އެމްއެފްޑީއޭ އިން ވަނީ އުކާލާ ތެޔޮ ބޭނުން ނުކުރުމަށް އަނެއްކާވެސް އަންގައި މިފަދަ ތަކެތި ވިއްކާ އަދި ބޭނުންކުރާ ފަރާތްތަކާ މެދު ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމަޔެއް ލަމަޔެއް ނެތް
31 October 2025
ބޭނުން ބަޔަކަށް ބޭނުން ގޮތަކަށް މުދާ އެތެރެކުރެވުންވެސް ހުއްޓުވަންވީ. އަދި އުކާލަން ރިސޯރޓް ތަކުން ނެރޭ އެއްޗެހި، އެއުކާލެވޭ އެއްޗެހި ކަން މެނޭޖްމެންޓް އިން ޔަގީންކުރަން ޖެހޭނެ.
ލަކީ
30 October 2025
ޙެހެ ކިހާ ދުވަހެއް އުކާލަން ތިލަ ފުއްޓަށް ގެންދާ ތެޔޮ ބަންގާޅީން ނަގާފަ މާލޭ ހޮޓާތަކަށް އެ ވިއްކަނީ އަދިވެސް ހަމަ ވިއްކާނެ މިހާރު ފަލަ ސުރުހީޔައް އެޜީ އެނިމުނީ
ވޭރިންގެވެރިން
30 October 2025
ގިނަ ހޮޓާތަކުގަ ކާތަކެތި ހަދަނީ ތިޔަ ނުބައި ތެލުގަ. ރާއްޖޭގަ ކެންސަރާ ސްޓުރޯކު އިތުރުވެފަވަނީ ކީއްވެކަމެއްބަލާނެ ބަޔަކުނެތް. ސިއްހަތައް ފައިދާނޫން ހެދިކާ ހަދާވިއްކާއިރުވެސް ބަޔަކު އެބަތިބޭ އެކަމަށް ހާއްސަވެފަޔޭކިޔާ ކަމެއްނުކޮށް މުސާރަ ނަގާގެން. ބަޔަކު ރިޕޯޓު ކުރީޔާނޫނީ ތަނެއް އިންސްޕެކްޓުކޮށްލަންވެސް ނުދޭ.
ސަންފުލާވަރ
30 October 2025
ދިވެހިރާއްޖެއަށް އެތެރެކުރެވޭ ކުކިން އޮއިލަކީ އެއްވެސް ވަރެއްގެ ރައްކާތެރިކަމެއް އަދި ހަލާލު އެއްޗެއް ކަމާމެދު ސުވާލު އުފެދޭ. ސަބަބަކީ އޯޑަރުކުރީމަ އެބަލިބޭ ސަންފުލާވަރ ނޫނީ ބޭނުން ނަމެއް ބޭރުގަ ޖަހާގެން. އަދި މިގޮތައް ގެނެވޭ ތެލަކީ ބޭރުގައުމުތަކުގަ އެއްފަހަރަށްވުރެ ގިނައިން ބޭނުންކޮއްފަ ހުންނަ ތެޔޮކަންވެސް ފާހަގަ ކުރެވޭ.މިއީ ސަމާލުކަންދީ ބަލަންޖެހޭ ކަމެއް.
އެހެންނު
30 October 2025
އަދިކިރިޔާތަ އިގުނީ ......ތިޔަތަނުގެ ވެރިން ބަދަލެެއް ނުވޭ
ތެޔޮބެ
30 October 2025
ތިބުނާ ވީޑިޔޯގަ އެފެންނަނީ ބޭނުންކޮށްފަ ހުންނަ ތެޔޮ ދުބާއީއަށް އެކްޕޯޓު ކުރުމަށް ކޮންޓެއިނާއަށް ލޯޑުކުރުމަށް ފުރާނާމަންޒަރު. ދުބާއީގައި މިތެޔޮ ބޭނުންކޮށްގެން ހަދަނީ ބަޔޯފިޔުލް. މިއެކްސްޕޯޓު ކުރާމީހުން އެކަންކުރަނީ ކަސްޓަމްސްގައި ޑެކްލެޔާކޮށްގެނެ، އޮންނަ އުސޫލްގެ ތެރޭން. މީހަކު ބުނާހާއެއްޗެއް ގަބޫލްނުކޮށް ކަމުގެ ހަގީގަތް ބަލާ ބަޔަކަށް އަޅުގަނޑުމެން ވަމާތޯ؟
މަގޭ ހިޔާލު
30 October 2025
ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ނަން ހަދާންކޮށްދޭ ވުޒާރާއަށް ބަދަލުކޮށްލުން ރަނގަޅު. އަސްލުގަވެސް މި އެފްޑީއޭގެ ނާގާބިލުކަން ހާދަހާ ބޮޑޭ. ސޯސަލްމީޑިއާއިން އެއްޗެއްފެންނައިރަށް ހަދާންކޮަށްދޭން ނުކުތުމުގެ ބަދަލުގައި މިދަފަ މީހުން އަތުލާ ގާނޫންތައް ތަންފީޒުކުރަންވީނު.
ކަތްދައްތަ
30 October 2025
ކައްތާތެޔޮ ތަކުރާރުކޮށް ހޫނުކުރުމުން އޭގެ ކެމިލްތައް ބަދަލުވެއޭ ކިޔާ. ޚާއްޞަކޮށް ފުންކޮށް ތެލުލުމަށް 180 ޑިގްރީން މަތީގައި ތެޔޮ ހޫނުކޮށްފިނަމަ، ދެވަނަ ފަހަރަށް އެތެޔޮ ބޭނުން ކުރުމުން ކެންސަރު ޖެހުމަށް ވަރަށް ބޮޑަށް މަގުފަހިވާނޭވެސް ކިޔާ؟ ޙަރާމް ޙަލާލުގެ ވާހަކަ ދެއްކުމަށްވުރެ މިބާވަތުގެ ބޭނުންކުރި ތެޔޮ ބޭނުންކޮށްގެން ވިޔާފާރިއަށް ކާބޯތަކެތި ހަދާމީހުން އެކުރަނީ ކިހާ ބޮޑު ނުރައްކާކަމެއްތޯ؟ ކިތައް މީހުންތޯ ކެންސަރަށް ވެގެން ނިމެނީ؟ ސަބަބެއް ނޭގި.
ސަހަރޯއި
30 October 2025
ރިސޯޓަށް ލިބޭ ލާރި މަދުކަމުން ބާކީވާ ކުނިތެލާ މީދާކޭއުނބާ ހިފަނާ ފަންތޮށިބުޑާ ހިކިބޮނބިކޮޅާ މުޑިކާށިވެސް ވިއްކަނީ. ވަށައިގެން ހުރި ލަގްޒަރީ ރިސޯޓުތަކުން ރޯދައަށްވެސް ކާއްޓެއް ގަންނަންއަގުއަހާލީމަ 10ރ އަށޯ. މިއިންމީހަކަށް އިންދި ރުކެއްނެއްތާ އަލަށް ހިއްކާ ފަޅުގަ ހަދާ ރިސޯޓަށްވެސް ފަޅުރަށްތަކުން ރުއްއުފުރައިގެން ގެންދަނީ އަހާލުމެއްވެސްނެތި. މަހުޖަނުންގެ ފަގީރުކަމާހުރެ ޮންމެ 5އަހަރަކުން ކުއްޔާ ޖޫރިމަނާގެ ދީލަތިމައާފުވެސްލިބެޔޭ.
އެމް.އެފް.ޑީ.އޭ އަކީ
30 October 2025
އެމް.އެފް.ޑީއޭ އަކީ އިސްލާމިކް މިނިސްޓްރީގެ ގޮތްޕެއް؟