ވިޔަފާރި / އެޑްވަޓޯރިއަލް

ދުވަސްވީ ތަދުތަކަށް ދޭ ރޭޑިއޯ ފްރީކުއެންސީ ފަރުވާ ޕެއިން ކްލިނިކުގައި

ތަދުތަކަށް ހާއްސަ ފަރުވާ ދޭ ޕެއިން ކްލިނިކު. މިތަނުން ދުވަސްވީ އެކި ތަދުތަކަށް ހާއްސަ ފަރުވާތައް ދޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

06 މާޗް 2025 - 12:29

1 comments

ޑިޖެނަރިޓިވް ޑިސްކް ޑިޒީޒްގެ ސަބަބުން ކުރިމަތިވާ ބުރަކަށީގައި ރިއްސުމާއި, ކަނދުރާގައި ރިއްސުމާއި އޮސްޓިއޯއާތްރައިޓިސްގެ ސަބަބުން ކަކުލުހުޅުގައި ރިއްސުން ފަދަ ކްރޮނިކް ތަދުތަކަކީ ދިވެހިންގެ މެދުގައި އާއްމު ސިއްހީ މައްސަލަތަކެކެވެ. މިފަދަ ސިއްހީ މައްސަލަތަކުގެ ސަބަބުން ތަހައްމަލު ކުރަން ޖެހޭ ތަދަށް ހައްލު ލިބެނީ ގިނަ ފަހަރަށް ބާރު ގަދަ ބޭސްތަކެއްގެ އެހީގަ އެވެ. އަދި ބޭހުގެ އެހީގައި އެފަދަ "ކްރޮނިކް" ތަދުތަކަށް ލިބެނީ ވަގުތީ ލުޔެކެވެ. ދާދި ފަހާ ޖެހެންދެން, އެ ފަދަ ތަދުތަކަށް ބޭހާއި ފިޒިއޮތެރަޕީ ފިޔަވައި ރާއްޖެއިން މާ ބޮޑު ފަރުވާއެއް ލިބޭކަށް ނޯވެ އެވެ. ނަމަވެސް ދާދި ފަހުން "ޕެއިން ކްލިނިކް"އިން ވަނީ އެފަދަ އެކި ތަދުތަކަށް ލުއި ހޯދޭނެ އިތުރު މަގެއް އަނެއްކާ ވެސް ތަނަވަސް ކޮށްދީފަ އެވެ.

ބޭހާއި ފިޒިއޮތެރަޕީގެ އިތުރުން ދުނިޔޭގެ ކުރިއަރާފައިވާ އެކި ގައުމުތަކުގައި ތަދު މެނޭޖުކުރުމަށް ދޭ އެކި ފަރުވާތައް ފޯރުކޮށްދޭ "ޕެއިން ކްލިނިކް"އިން ތައާރަފްކޮށްފައިވާ ރޭޑިއޯ ފްރީކުއެންސީ އެބްލޭޝަން އަކީ އެކި ތަދުތައް ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ތަދު މެނޭޖުކުރުމުގެ ގޮތުން ތައާރަފް ކުރި ޓްރީޓްމަންޓެކެވެ.

ޕެއިން ކްލިނިކުގެ އެތެރެ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެ ކްލިނިކްގެ ޕެއިން ސްޕެޝަލިސްޓު، ޑރ. މަހޭޝް ކުމާރު ކޮޓާ ވިދާޅުވީ އެ ޓްރީޓްމަންޓަކީ ރައްކާތެރި, އަދި މިނިމަލީ އިންވޭސިވް ޓްރީޓްމަންޓެއް ކަމަށެވެ.

"މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ތަދު މެނޭޖުކުރަން ދޭ ޓްރީޓްމަންޓެއް. މި ޓްރީޓްމަންޓު ދެނީ އަލްޓްރާސައުންޑް ނުވަތަ ސީއާމް ބޭނުން ކޮށްގެން، ތަދުގެ ސިގްނަލް ފޮނުވާ ނާރު ދެނެގަނެ, ކައްޓަކުން އެ ނާރުގެ ޓިޝޫތަކަށް ހޫނުކަން ފޯރުވާ, ތަދުގެ ސިގްނަލް ފޮނުވުން ހުއްޓުވައިގެން." އޭނާ ވިދާޅުވި އެވެ.

ޕެއިން ސްޕެޝަލިސްޓު ޑރ. މަހޭޝް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑޮކްޓަރު ވިދާޅުވީ އެ ޓްރީޓްމަންޓުން ނާރަށް ގެއްލުން ނުލިބޭނެ ކަމަށެވެ. އަދި އެ ޓްރީޓްމަންޓުގައި އާއްމުކޮށް ދޭން ޖެހޭނީ އެއް ފަހަރު ކަމަށް ވިދާޅުވި އެވެ. އަދި ޕޭޝަންޓުގެ ކޮންޑިޝަނަށް ބަލައި ރޭޑިއޯ ފްރީކުއެންސީއާ އެކު ޕީއާރުޕީ އާއި ފިޒިއޮތެރަޕީ ފަދަ އިތުރު ފަރުވާތައް ދޭނެ ކަމަށް ވިދާޅުވި އެވެ.

ޑރ. މަހޭޝް ވިދާޅުވީ އެ ޓްރީޓްމަންޓަކީ ގިނަ ބޭސްތައް ކެއުމުގެ ބަދަލުގައި، ދުވަސްވީ ތަދުތަކަށް ލުއިފަސޭހަކަން ގެނެސްދިނުމުގެ ފުރުސަތު ބޮޑު ފަރުވާއަކަށް ވުމުން އެއީ ރީނަލް މައްސަލަތަކާއި ސްޓްރޯކު އަދި ހާޓް ޕޭޝަންޓުންނަށް ކުރިމަތިވާ ތަދުތައް ރަނގަޅަށް ދެނެގަތުމަށް ފަހު، އެކަށީގެންވާ ނަމަ ދެވިދާނެ ރަނގަޅު ފަރުވާއެއް ކަމަށް ވިދާޅުވި އެވެ.

ޑރ. މަހޭޝް ވިދާޅުވީ އެ ފަރުވާ އަކީ ގިނަ ފަހަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ތަދަށް ލުއިފަސޭހަކަން ގެނެސްދޭ ފަރުވާއެއް ކަމަށެވެ. އަދި މިއީ ދިގު މުއްދަތަކަށް ތަދަށް ލުއި ފަސޭހަކަން ލިބުމުގެ ފުރުސަތު ބޮޑު ފަރުވާއެއް ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ ފަރުވާ އަކީ ކެންސަރު ބަލީގެ ޕޭޝަންޓުންނަށް ކުރިމަތިވާ އެކި ތަދުތަކަށް ވެސް ލުޔެއް ހޯދުމަށް ބައެއް ހާލަތްތަކުގައި ދެވިދާނެ ފަރުވާއެއް ކަމަށް ވެސް ވިދާޅުވި އެވެ.

ޕެއިން ކްލިނިކުގެ ޕެއިން ސްޕެޝަލިސްޓު، ޑރ. މަހޭޝް. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ޑރ. މަހޭޝް ވިދާޅުވީ ޕެއިން ކްލިނިކަށް އާއްމުކޮށް ފަރުވާ ހޯދާ ތަދުތަކަށް ބަލާއިރު ލައިފްސްޓައިލާއި ޖެނެޓިކް މައްސަލަތަކާއި އިންޖަރީތަކުން ކުރިމަތިވެފައި ހުރި ތަދުތައް ގިނަކަން ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން އުނަގަނޑާއި މައިބަދައިގެ ތަދުތަކާއި ހުޅުތަކުގެ އެކި މައްސަލަތަކުގައި ތަދަށް ފަރުވާ ހޯދާ ފަރާތްތައް ގިނަކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. މަހޭޝް ވިދާޅުވީ ޕެއިން ކްލިނިކްގައި، ރާއްޖޭގައި އާއްމު އެކި ތަދުތަކަށް ދޭނެ ގިނަ ފަރުވާތައް ހުރިކަމަށާއި އެ ފަރުވާތައް ކަނޑައަޅާނީ މައްސަލަ ދެނެގަތުމަށް ފަހު ކަމަށެވެ. އަދި ބައެއް ތަދުތައް މެނޭޖުކުރުމަށް އެއް ޓްރީޓްމަންޓަށް ވުރެ ގިނަ ޓްރީޓްމަންޓު ދޭން ޖެހިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޕެއިން ކްލިނިކްގައި ޕޭޝަންޓަކަށް ފަރުވާ ދެނީ.

ޕެއިން ކްލިނިކްގައި ރޭޑިއޯ ފްރީކުއެންސީ ޓްރީޓްމަންޓުގެ އިތުރުން އެ މީހެއްގެ ލޭ ނަގައިގެން, ލޭ ފިލްޓާކޮށް އޭގައި ހިމެނޭ ހީލިން ޕޮޓެންޝަލް ހިމެނޭ މާއްދާތަކާއި ނިއުޓްރިޝިއަސް މާއްދާތައް ފިލްޓާކޮށް, އެ އިންޖެކްޓުކޮށްގެން ދޭ ޕީއާރުޕީ ފަރުވާ އާއި ތަދުތަކަށް ހާއްސަ އިންޖެކްޝަނުން ދޭ ފަރުވާ އާއި ފިޒިއޮތެރަޕީ ރިފަރަލްސް ވެސް ދެ އެވެ.

ޕެއިން ކްލިނިކުގައި ކަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ތަދަށް ހާއްސަ ޑޮކްޓަރުން އަދި އާއްމު ބަލިތަކުގެ ޑޮކްޓަރުން ތިބެ އެވެ. އަދި އިންޑިއާގެ މަޝްހޫރު ޑަރާޑިއާ ހޮސްޕިޓަލުގެ ޕެއިން ސްޕެޝަލިސްޓުންނާއި އާއްމު ބަލިތަކަށް ފަރުވާދެއްވާ ޑޮކްޓަރުން ޒިޔާރަތް ކުރެ އެވެ.

އެ ކްލިނިކުން މި މަހު ރޭޑިއޯ ފްރީކުއެންސީ ޓްރީޓްމަންޓުން 50 ޕަސެންޓު ޑިސްކައުންޓު އަދި އޯޕީޑީ ހިދުމަތްތަކުން 20 ޕަސެންޓުގެ ޑިސްކައުންޓު ލިބޭނެ އެވެ. ޕެއިން ކްލިނިކަކީ ރާއްޖޭގައި ތަދުތައް މެނޭޖުކުރަން ހާއްސަކޮށް ފަރުވާތައް ދޭ ހަމައެކަނި ކްލިނިކެވެ.

އެ ކްލިނިކަށް ދެއްކުމަށް 7260892 ނަމްބަރަށް ވައިބާ މެދުވެރިކޮށް މެސެޖުކޮށްގެން އެޕޮއިންޓްމަންޓު ހަމަޖެއްސޭނެ އެވެ. އެ ކްލިނިކު ހުންނަނީ އަލިކިލޭގެފާނު މަގުގައި ހުންނަ ގ. ހިޔާކުރި, ހަތަރު ވަނަ ފަންގިފިލާގަ އެވެ.

ނޯޓު: މިއީ ޕެއިން ކްލިނިކުގެ އެޑްވަޓޯރިއަލް އާޓިކަލްއެކެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނޑު ފުރޭތަ

07 March 2025

ރޭޑިޔޮލޭ؟ އޭރަށް ހަށިގަނޑުތެރެއިން އަނެއްކާ ގޮވާލާފާނޭތަ އައްސަވަމުން ތިޔަ ގެންދަވަނީ ދިވެހިރާއްޖޭގެ އަޑޭ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454