އޭޖީ އުޝާމް: ސުޕްރީމް ކޯޓުގައި އޮތް ދުސްތޫރީ މައްސަލާގައި މުއްދަތު ހަމަވުމުގެ ކުރިން ޖަވާބު ފޮނުވި ކަމަށް އޭނާ ވިދާޅުވޭ
06 މާޗް 2025 - 16:42
ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދައުލަތުން ޖަވާބު ދޭންޖެހޭ މުއްދަތު ހަމަނުވާ ކަމަށާއި ދޭންޖެހޭ ދީފައިވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ދައުލަތަށް ދިން 10 ދުވަހުގެ މުއްދަތުގައި ޖަވާބު ނުދޭ ކަމަށް ބުނެ އުޝާމްއާ މެދު ފިޔަވަޅު އަޅައިދޭން އަލީ ހުސައިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އެކަމާ ގުޅިގެން އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން ދީފައިވާ 10 ދުވަހުގެ މުއްދަތު ގުނަން ޖެހެނީ ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ ކަމަށާއި އެ މުއްދަތު ހަމަވުމުގެ ކުރިން ދައުލަތުން ދޭންޖެހޭ ޖަވާބު ފޮނުވާފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.
ތިކުރާ ކަންތައްތަކަކީ ކޮންމެ ސަބަބަކާ ގުޅިގެން ކުރާ ކަންތަކެއް ނަމަވެސް ފާޅުގަ ފެންނަން ހުންނަ ކަންކަމުގަވެސް ތިވަރަށް ދޮގު ހަދައި އޮޅުވާލުމަކީ ތިމާމީހާގެ ނިޔަތް ސާފުވެގެންދާ ކަމެއް. ތިޔަބުނާ މައްސަލާގައި ސުޕްރީމް ކޯޓުން ދެއްވާފައިވަނީ ރަސްމީ 10 ދުވަހުގެ މުއްދަތެއް. އަދި… https://t.co/9mR2s0Dp5B
— Ahmed Usham (@a_usham) March 6, 2025
އުޝާމްގެ ޓްވީޓް
އަލީ ހުސައިން މަސައްކަތް ކުރައްވަނީ ހަގީގަތް އޮޅުވާލަން ކަމަށް ވެސް އުޝާމްގެ ޓްވީޓްގައިވެ އެވެ.
އެ މައްސަލާގެ އަޑުއެހުމެއް މިދިޔަ ހަފުތާގައި ބާއްވަން ހަމަޖެހިފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑް ކުރުމުން އެ މައްސަލާގެ އަޑުއެހުމެއް އޭގެފަހުން މިހާތަނަކަށް ނުބާއްވަ އެވެ. އަދި އޭގެ ތެރެއިން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްހަރު
07 March 2025
އޭޖީ އަމަލު ކިރެއްވީ ރަނގަޅަށް ކޯޓުތަކުން އުޅެނީ އޭޖީއަށް ބިރުދައްކަމް
ކެންދޫ ރައްޔިތުންނަށް ހެޔޮ އެދޭ މީހެއް.
07 March 2025
އަދިވެސް ގޯސްމިވީ އުޝާމް އެއްނު. ތިޔަ އަލީ ހުސޭނު ކީއްކުރަން ކަމެއްނޭގެ އަބަދުވެސް ކޯޓްގަ މަސްއަލަ ޖެއްސުމުގަ. ދެނެއް ހިއެއްނުވޭ ކެންދޫ ދާއިރާގެ ގޮޑި ކާމިޔާބު ކުރެވޭނެ ހެނެއް. އުޝާމް އަށް ޤާނޫނު ނޭގޭ ކަމަށް ހީވަނީނަމަ ތިޔައީ ވަރަށް ބޮޑު ކުށްހީއެއް. ޢެންމެންވެސް ކެތްކޮށްގެން މިސަރުކާރުން ވެރިކަން ކުރުމުގެ ފުރުސަތު ދީގެން މަޑުން ތިބެވޭތޯ ބެލުން އެއީ އެންމެ ބުއްދި ވެރި ގޮތް.
ކޮކާލާ
07 March 2025
އަލީ ހުސައިން ގެ އަގުވައްޓާލާ މުޖުމައުގައި އަލީ ގެ އަބުރަތް ހުތުރު ނަން ލިބި ކިނލަނބު ކުރާނެ، އެމްޑީޕީ މީހުންގެ މަޅީގައި ޖެހިގެން ލިބޭ މޮޅެއް އެބައޮތްތޯ؟ އެމީހުނަކީ ވަރަށް ހަސަދަވެރި ބައެއް މަޖުލީސް ގޮނޑިވެސް ދަމާގަތީ މިކަހަލަ ރޭވުމަކުން
ގފދ
07 March 2025
ދޮގު ހެދީ އައްޔެއް ނޫން. ދޮގު ހެދިއްޔާ ހަދާފަ އޮންނާނީ ކޯޓުން. ކޯޓުން ދިން މަޢްލޫމާތު
އުދުހޭ
06 March 2025
ގުނާނީ ބަންދު ދުވަސް ނުލާކަމަށް ސުޕްރީމް ކޯޓުން ނުބުނާހާހިނދު ދުވަަސް ވާނީ ދުވަހަށް ބަންދަަަސް ބަންދުނޫނަސް.
ގޮނުއަނގަ
07 March 2025
އޭހ ހޭތް. ދައުލަތުގެ ހުރިހާ ނިންމުންތައް ދުވަސް ގުނަނީ ކަނޑައަޅާފަ ހުންނަނީ ބަންދު ދުވަސް ކަނޑައިގެން. ތަންފީޛުކުރާ ހުކުމެއްފިޔައި. މިޔަށް ބަލާނަމަ ދެން ވާނީ ހަމަ އަލީ ގޯސްވާނޭ
މަ ބުނީ
06 March 2025
ދުސްތޫރީ ޖަވާބު ބޯޑުއަޅުއަޅުވައި ފުޅިބައްތިދިއްލީ އޮތަ ؟
ޖަގޭ
06 March 2025
ދިވެހި ދައުލަތާއި އެދައުލަތުގެ ހިމާޔަތުގައިވާ ހަމަ ކޮންމެ މީހެއްގެ ދިފާއުގައި ރަށްޔިތުންގެ ޓެކްސް ފައިސާއިން މުސާރަ ދީފައި ހުރި މީހަކު ބޮޑާކަމާއި ކިބުރުވެރިކަން އިސްކޮށް އެންމެ ބާޒާމަތީ ބަހުރުވައިން ސޯޝަލް މީޑިޔާގައި ޖަވާބުދާރީ ވުމުން ތިމާގެ ބުރުސޫރަ އިހުނަށްވުރެ ފާޅުވެއްޖެ...
ފަޒީލް ނަޖީބް
06 March 2025
ކޯޓަށް ހަވާލާދީ އަލީހުސައިން ސިޓީގައިވާތީ ބުނިއެއްޗެއް ބުނެފައޮތީ، އޭ.ޖީ މާމޮޅުވާން ނޫޅުން ރަގަޅީ.. އެސީ.ސީގެ ރައީސް ، ޖޭ.އެސް.ސީ ގެ ރައީސް އަދި އެޓާނީ ޖެނެރަލް މަޖްލިސްގެ ޖަލްސާ އޮތްދުވަހުގެކުރީ ރެއިންފެށިގެން ކުރިކަންކަން ދެކޮނޑުމަތީގައިވާ މަލާއިކަތުން ލިއުއްވާނެ. އޭ.ސީ.ސީ އަށް ފަނޑިޔާރުންނާއި ބެހޭގޮތުން ފުނުވި އީމެއިލް އަދި ސިޓީތަކުގެ ތާރީހްވެސް މަލާއިކަތުންލިއުއްވާނެ.
ވަތަންގެ ދަރި
06 March 2025
އެހެންވީމަ އަމީ ހުސައިންވެސް ކޯޓަށް އެކަނިފޮނުވާފަ ހުއްޓާލިނަމަ. ކޮންމެސް އެހެންތަނަކަށް ވެސް ފޮނުވިފަހެން އޮތީ.
ބުހާރީ
06 March 2025
މިހާރު ކަންހިގާފައިވާގޮތުން އުސާމުގެ އަގު ވަނީ އެއްޓިފައި، ބަޔާން ނެރުނަސް އާއްމު ރައްޔަތުން ގަބޫލުކުރާނީ އަލީހުސެއިނުގެ ބަސް، އުސާމުގެ ބަސް ގިނަރައްޔަތުން ގަބޫލުނުކުރާނެ.
ކިތާބު
07 March 2025
ގަބޫލު ނުކުރާނީ އޮންނަ ހަސަދަވެރިންނާއި ، މިދިޔަ ދައުރުގައިމެ މީހުން
ތަމީމު
06 March 2025
ތިޔަ 10 ދުވަސް ގުނަންޖެހޭނީ، ރަސްމީ ބަންދު ދުވަސް ހިމަނައިގެން. ސަބަބަކީ، 7 ދުވަހަށް ވުރެ ގިނަ ދުވަސް، ގުނާނީ ރަސްމީ ދުވަސްތަައް ލައިގެން އޮންނަ އޮތުމުގެ މައްޗަށް ކަމުގައި ވާތީވެ!