މަރުވެފައިވާ ކޮތަރެއްގެ ސާމްޕަލް ނަގަނީ. --ފޮޓޯ: އެނިމަލް ވެލްފެއާ މިނިސްޓްރީ
06 މާޗް 2025 - 19:01
މާލެ ސަރަހައްދުން ކޮތަރުތަކަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މަރުވެ އަދި ބަލި ޖެހިފައިވާ ކޮތަރުތައް ފެންނަން ފެށީ މިދިޔަ މަހުގެ ތެރޭގަ އެވެ. އެއާއެކު، އެކަމުގެ ތަހުލީލުތައް ފެށި އެވެ.
މިނިސްޓްރީން ބުނީ ކޮތަރުތަކަށް ޖެހިފައިވަނީ އިންފެކްޝަން ކޮރައިޒް ކަމަށް، ތަހުލީލުތަކުން ދެނެގަނެވިފައިވާ ކަމަށެވެ. އެ ބައްޔަކީ އާއްމުކޮށް ދޫނީގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ.
ދޫންޏަށް ޖެހޭ އެ ބައްޔަކީ އިންސާނުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިކުރުވާނެ ބައްޔެއް ނޫން ވެސް ކަމަށް މިނިސްޓްރީން ބުންޏެވެ. އެކަމަކު، ރައްކާތެރި ގޮތަކީ މަރުވެފައިވާ ނުވަތަ ބަލިޖެހިފައިވާ ކޮތަރުތަކާ ކުޑަކުދިން ގާތް ނުކުރުން ކަމަށާއި އަދި ބޮޑެތި މީހުން ވެސް އެ ތަކެތީގައި އަތްލާއިރު ރައްކާތެރިކަމުގެ ވަސީލަތެއް ބޭނުންކުރަން އެ މިނިސްޓްރީން އެދެ އެވެ.
އެ ތަހުލީލު ބިނާކޮށްފައިވަނީ ބަލި ފެތުރިފައިވާ ގޮތާއި ބަލީގެ އަލާމާތްތަކާއި ނެކްރޯޕްސީ ހޯދުންތައް އަދި ލެބޯޓްރީ ޓެސްޓުތަކުގެ މައްޗަށެވެ. އެއީ އެލިބެކްޓީރިއަމް ޕެރަގެލިނޭރަމް ނަމަކަށް ކިޔާ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށް ބަޔާނުގައިވެ އެވެ.
ޓެސްޓުތައް ހެދިއިރު އިތުރު ބެކްޓީރިއަލް އިންފެކްޝަންތައް ޖެހިފައިވާކަން ފާހަގަ ކުރެވޭ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ކޮކްސިޑިއޯސިސް އަދި ކެންޑިޑިއޭސިސް ހިމެނެ އެވެ.
އިންފެކްޝަސް ކޮރައިޒްގެ އިތުރުން ސެކަންޑްރީ ބެކްޓީރިއަލް އިންފެކްޝަންތަކުގެ ސަބަބުން ބަލި ބޮޑުވެ، ދޫނި މަރުވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެ ބަލި ޖެހުމުން ދޫނީގެ ނޭފަތުން ފެން އައިސް، ކެއްސައި ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުންބުއިމަށް އުނދަގޫވެ އެވެ.
"މި ބައްޔަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ޒާތުގައި އަމިއްލައަށް ކޮންޓްރޯލްވާނެ ބައްޔެކެވެ،" ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާއްޖެ
07 March 2025
އެއައް ކިޔާނީ ދޫނި ރޯގާ ކީވެ ފޮރުވަނީ
ގާސިރު
07 March 2025
ބާރޑްފުލޫ ނުފެތުރެނީން ތިކޮތަރުތައް ނައްތާލާ ކީންދިނުން ހުއްޓާލާ
ރައިމޫން
07 March 2025
"އެ ބަލި ޖެހުމުން ދޫނީގެ ނޭފަތުން ފެން އައިސް، ކެއްސައި ނޭވާލުމަށް އުނދަގޫވެ، ބޮލާއި މޫނު ދުޅަވެ، ކެއުންބުއިމަށް އުނދަގޫވެ އެވެ." ކޮންއިރަކު ބާ ދޫނި ކެއްސަން ފެށީ؟ ބޮލާ މޫނު ދުޅަވުން ވެސް.
ފެގުސް
07 March 2025
ކޮތަރު ތަކާ ބުޅާތަކަށް ޖެހޭ ބަލިތައް ދެން ޖެހޭނީ އަހަރުމެންގެ ދަރިންނަށް. މިކަންވެސް ބޮއްސުންލާފަ. އެއްވެސް ކޮޮންޓްރޯލެއް ނެތް. ކޮތަރަށް ކާން އަޅާކަށްވެސް ވަކި ތަނެއް ނޯވޭ.
ސައިންޓިސްޓް
07 March 2025
ކޮތަރުތައް ބަލިވެ ނޭވާލާ ނިޒާމުގެ ބަލިތައް ޖެހުނު ސަބަބު ސާފުކޮށް ބުނަން މިނިސްޓްރީއަށް ނޭންގުނު. އަސްލު ހަޤީޤީ ސަބަބަކީ ކޮތަރުތައް ބުޅާ ކާނާ ކެޔުން. ބުޅާ ކާނާގެ ގޮތުގައި އެތައް މިތަނަށް އަޅަމުންދާދިޔުމުގައި ކޮތަރަށް މިތަކެތި ކެވިގެން ބަލިވަނީ. މިއީ އަސްލު މިކަން ދިމާވާ މައިގަނޑު ސަބަބަކީ.
ފަތުހީހީ
07 March 2025
ބަލި ޖެހިފައި ތިބޭ ކޮތަރު ބުރަކަށް އެނބުރޭތީ މަހީކުރީ ހައި ވެފަ ތިބެނީ ކަމަށް
ބަހަަހަނ
06 March 2025
އައިޖީ އެމް އެޗް އަށް ވަނީމައި ޕޮސިޓިވްވާ ގޮތަށްތަ؟ މޭގައި ފެން އުފެދިފައި.. ކިޑުނީ ފެެއިލްވެފައި.
ޢަލިކޮއެ/ހުޅުމާލެ
06 March 2025
ވޭޕުކުރަނީ ބާ؟
ބަކަރިބޯ
06 March 2025
ޕާކުތަކާއި މައިޒާންތަކުގައި ކޮތަރަށް ކާންދިނުން މަނާ ކުރަންޖެހޭ! އޭގެ އަމިއްލަ ޒާތުގަ ކާނާ ހޯދައިގެން ނޫޅެވެންޏާ އެތަކެތި ގިނަވެ އޭގެ ނަޖިހުން މުޅިތަން ތަގައްޔަރު ވިޔަ ދީގެން ނުވާނެ. ހަމަ މިފަދައިން ބުޅާތައްވެސް!
ރާވެރިބެ
06 March 2025
ހާދަ ދެރަ ޚަބަރެއް. ދޫނި ސޫފާ ސޫފިއަށް ޖެހޭ މިފަދަ ބަލިތަކަށް ޚާއްސަ ފަރުވާދޭން ޓާރޝިއަރީ ފެންވަރުގެ ހޮސްޕިޓަލެއް ހުޅުމާލޭގަ އަޅަން 2026ވަނަ އަހަރުގެ ބަޖެޓުގަ ހިމަނަންވާނެ. ކަރުދާސް ކޮޅެއްގަ ލިޔެފަ ޕާސް ނުކުރިޔަސް މިކަން ކޮށްދެއްވާނެ ކަމަށް ވަރަށް ބެލެވޭ.
ޗިކަން
06 March 2025
2026އަށް މަޑުކުރަނީ ކިޔެއް ކުރަން؟ އާޖު އިސީ ވަކްތު ހަމަ ބުނަލާއިރަށް އަޅަންވީ!