އާ ރަޖިސްޓްރާ އޮފް ކޮމްޕެނީސް ޝައްމަ
10 މާޗް 2025 - 18:47
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް މަރިޔަމް ޝައްމަ އިސްމާއިލް މިއަދު ހަމަޖައްސައިފި އެވެ.
ގާނޫނީ ދާއިރާ އިން ކިޔަވައި ވިދާޅުވެފައިވާ ޝައްމަ ކުރިން ވަނީ ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމު ފުރުއްވައިފަ އެވެ.
ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމަށް ޝައްމަ ހަމަޖެއްސީ ކުރިން އެ މަގާމު ފުރުއްވި މަރިޔަމް ވިސާމް މި މަހުގެ 1 ގައި އިސްތިއުފާ ދެއްވުމުންނެވެ.
މިދިޔަ 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާދެއްވީ ޕްރައިވެޓް ސެކްޓަރުގައި މަސަައްކަތް ކުރައްވާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މައްކުބޭ
11 March 2025
ޝައްމަ ކުންފުނިތައް ރެޖިސްޓަރ ކުރާއިރު 'ބޭރުގެ މީހުންގެ ވިޔަފާރިތައް' ދިވެއްސަކު ފަހަތުގަ ހުރެ ކުރާކުރުމަށް ހުއްޓުންގެނައުމަށް ހަރުދަނާކޮށް ސްކްރިޓަނައިޒްކޮށް އެ ފަރާތްތަކާމެދު ޤާނޫނި ފިޔަވަޅު އަޅުއްވާނެކަމަށް އުއްމީދުކުރަން.
ތެދެކޭ
12 March 2025
ސިލޯން އިންޑިއާ ބަންގްލާދޭޝް މީހުން ދިވެހިންގެ ނަމުގައި ކުރާ ވިޔަފާރިތަކަށް ހުއްޓުން ގެންނަންޖެހޭ. އެފަދަ ފަރާތްތަކާމެދު ހަރުކަށި އަދަބު ދޭންޖެހޭ
ކަދުރު
11 March 2025
ކާފު މާލޭ ގަބީލާ ބޭޅެއް ދޮގެ؟
ވޯލް
11 March 2025
މީހާގެ ވަނަވަރު ތަންކޮލެއް ތަފްސީލްކޮށް ރައްޔިތުންނަށް އެނގެންވާނެ ދޯ. މަސައްކަތުގެ ތަޖުރިބާ ހޯދި ދާއިރާތަކާއި ތަންތަނުގެ ތަފްސީލް ހިމެނޭނެހެން.
222222
10 March 2025
ކޮންސިއުމާ އޮމްބަޑްސްމަންގެ މަގާމުގައި ހުރެ މީނާކުރީ ކޮންކަމެއްބާ؟
ވޯލް
11 March 2025
ވަރަށް ރަގަޅުޔ ޕޮއިންޓެއް. މިއަދުވެސް ގޮސް މި ހުންނަ ސުޕަމާޓަކަށް ވަނަސް ހަރުތަކުގައި ހުންނަ މުދަލުގެ އަގުތަށް ހަމައަށް ޖަހާފަ ނުހުރޭ، ޖަހާފަ އިންނަ އަގު ބަލާފަ މުދާ ނާގާގެންގޮސް ފައިސާ ދައްކަން ކައުޓަރުން ސްކޭން ކޮށްލާއިރު އަގު ތަފާތ އަދު ބޮޑު.
އަބުދުބެ (ބަތް ނުކާ)
11 March 2025
ކުރިކަމެއް ނޭންގޭތށ ވަކިވި ފަހުން މިއިނގުނީ އެމަގާމުގަ މިކޮއި ހުރިކަންވެސް
ކަނބަލުން
10 March 2025
ހީވާގިކަމާއެކު މަސައްކަތް ކުރާނެ ކަމަށް އުންމީދުކުރަން.
އަލަގަސް
10 March 2025
ގޭންގުތަކުން ހިންގާ މަނީ ލޯންޑަރިން ކުންފުނިތައް ހޯދަބަލަ.
ޕެރިސް
10 March 2025
ވިސާމްއަކީ ޤާނޫނީ ދާއިރާގެ މީހެއް ނޫން ރެޖިސްޓްރަރ ކަމުގަ ވަރަށް ގިނަ ދޯހަޅި އެތައް ކަންތަކެއް 3 ސަރުކާރެއްގަ ކޮށްފަ އެ އިސްތިއުފާ ދިނީ، ކޮބާ އެއެއް މިއެއް ނުބަލާ އުވާލި އެތައް ކުންފުނިތައް. ކޮބާ އެކުންފުނިތަކުގެ ކްރެޑިޓަރސް ގެ ހައްޤުތައް ހުރި ތޯ ނެތް ތޯ ނުބަލާ އަމިއްލައަށް ހަމަ ހުރިހާ ކުންފުނިތަކެއް އެކަމަނާއަށް ފެނުނީ މަ އުވާލީ، މީގެ ތެރޭގަ ދައުލަތުން އަމިއްލަ ފަރާތްތަކަށް ފައިސާ ދޭންހުރި ކުންފުނިތައްވެސް ހިމެނޭނެކަމަށް ބެލެވޭ.
ޤާނޫނީ ވަކީލާ
10 March 2025
އަނގަ އޮތިއްޔާ ކޮންމެ ގޮވެެއްޔެއްވެސް ގޮވިދާނެ. ތަންދޮރު އޮޅުންފިލުވާލަން ޤާނޫނުތައް ކިޔާ ފަރިތަކޮށްލަންވީނު. ވަރަށް ސަލާމް
އާށަން
11 March 2025
އިއުލާނު ކޮށްފަ ދޯ އުވާލަނީ.
ތަޖުރިބާ
11 March 2025
އަޖާބު! ތިބުނިކަހަލަ ތަޖްރިބާހުރި މީހަކު ބޭނުންވާތީ އެތަޖްރިބާތަކަށް ބަލާފަނުންތަ ވަޒީފާ ހަމައެޖެއްސީ! ކޮއްކޮމެންނަށް ގޭމްޕްލޭން އެނގެނީ މެޗްކުޅެނިމޭފަހުންވިއްޔާ ދޯ!
ރެޔާޒު ރްށީދު
10 March 2025
ޒަމާން ދިޔައީ. އިތުރު އެއްޗެއް ނެތް ބުނާކަށް
ޑައިޖިން
10 March 2025
ކަޑަވީ ދޯ؟ ހަޖަމް ކޮއްލާ
ޑައިގިޖިން އަށް
10 March 2025
"ހަޖަމް ކޮއްލާ" އެއް ނޫން.. ހަޖަމް ކޮށްލާ.. ށ ސުކުނެއް. ދެން ފަހަރަކުން ރަނގަޅުކޮށްލާ...