ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު އިސްކާމިކް މިނިސްޓްރީގެ އޮފިޝަލުން މިއަދު ނަގަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
11 މާޗް 2025 - 15:21
ކުރިއަށް އޮތް ފަސް އަހަރު ދުވަހު 1،000 ނިކަމެތި މީހުން ދިވެހި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުގެ ދަށުން މި އަހަރު ހައްޖަށް ފޮނުވާ މީހުން މިއަދު ގުރުއަތުން ކަނޑައަޅައިފި އެވެ.
ދިވެހި ސަރުކާރުގެ ހަރަދުގައި ފަގީރުން ހިލޭ ހައްޖަށް ފޮނުވަން ފެށީ މިދިޔަ އަހަރު އެވެ. އެ އަހަރު ވަނީ 50 މީހުން ދައުލަތުގެ ހަރަދުގައި ފޮނުވައިފަ އެވެ.
މި އަހަރު ހައްޖަށް ފޮނުވާ 50 މީހުންގެ ގުރު ނެގީ އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ މިނިސްޓްރީން ބުނީ އެ 50 މީހުންގެ ތެރެއިން ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ ލިސްޓުގައި ބާކީ ތިބި މީހުންގެ ތެރެއިން ގުރު ނަގާނެ ކަމަށެވެ.
މިދިޔަ އަހަރު ވަނީ ރަނގަޅު އާމްދަނީއެއް ލިބޭ މީހަކު ފަގީރުންގެ ލިސްޓުގައި އޮވެ، ހައްޖަށް ފޮނުވި މައްސަލައެއް ފެންމަތިވެފައި އެވެ. އެހެންވެ މިނިސްޓްރީން ވަނީ ފަގީރުންގެ ލިސްޓު އަލުން މުރާޖައާ ކޮށްފަ އެވެ.
ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ މީހުންގެ ގުރު މިއަދު ނަގަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
މިނިސްޓްރީން ބުނީ މި ފަހަރު ލިސްޓުގައި ތިބި މީހުންނަކީ ފަގީރުންގެ ތެރެއިން ހައްޖަށް ގެންދިއުމަށް ޝަރުތު ހަމަވާ މީހުންތޯ ރަށްރަށުގެ ކައުންސިލްތަކުން ޔަގީން ކޮށްފައިވާ ކަމަށެވެ.
ރައީސް މުއިއްޒުގެ ވައުދުގެ ދަށުން ހައްޖަށް ފޮނުވާ މީހުން ކަނޑައަޅާނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ މެދުގައި ގުރުލައިގެންނެވެ. ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ހައްޖަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި އަމަލުކުރާނެ އުސޫލުތަކާއި ހަމަތަކާއި މިންގަނޑުތައް ބަޔާންކުރާ އުސޫލެއް ވެސް އިސްލާމިކް މިނިސްޓްރީން ވަނީ އެކުލަވާލައިފަ އެވެ.
ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރު، އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް އަދި ފަހު ދެ އަހަރު 45 އަހަރާއި 69 އަހަރާ ދެމެދުގެ މީހުންނަށް ފުރުސަތު ދޭން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
މީގެ ކުރިން ހައްޖަށް ދިޔަ މީހުންތަކެއް.--
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ޝަރުތު ހަމަވަނީ 667 މީހުންނެވެ. މިއަދު ގުރު ނެގީ އެ އެންމެންގެ މެދުގަ އެވެ.
މި ފަހަރު ފުރުސަތު ލިބުނު 50 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ހައްޖަށް ނުދެވޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ފުރުސަތު ދޭނެ އިތުރު 10 މީހުން ވެސް ވަނީ ގުރު ނަގައިފަ އެވެ.
ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ މީހުންނަށް އެތެރޭގެ ދަތުރުފަތުރުތަކުގެ ހަރަދާއި ހައްޖަށް ފުރަން މާލެ އައިސް ތިބޭ ތަނަށް ދައްކަންޖެހޭ ފައިސާ ވެސް ސަރުކާރުން ދައްކައި ދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލުޖެއިން ޒަކަރް
12 March 2025
އުފާކުރަން ސަރުކާރުން މިފަދަ ރަނގަޅު ކަންކަން ރައްޔިތުންގެ ހައްގުގަ ކޮށްދެއްވާތީ
ނުއުމާން
12 March 2025
އަނގަޔާ އަތާ ދިމާނުވާ ވަރަށްގިނަ ރައްޔިތުންގެ ކަންބޮޑުވުމަކަށް ރައީސް ތި ހައްލު ހޯދައިދެއްވީ. ޝުކުރިއްޔާ
ލާމިއު މުހައްމަދު
12 March 2025
ހިލޭ ހައްޖަށް ދެވުމަކީ ލިބޭނެ ވަރަށް ބޮޑު ނިއުމަތެއް. ރައްޔިތުން މިކަން ބަލައިގަންނާނެ
ނާޝިޒް
12 March 2025
އެއްވެސް ސަރުކާރަކުން ނުކުރާ ކަމެއް ފަގީރުންގެ ހައްގުގަ މި ސަރުކާރުން ކުރަމުން ގެންދާކަމީ އުފާކުރަންޖެހޭ ކަމެއް
ރާހިލް ރަޝީދު
12 March 2025
ރ.މުއިއްޒުއަކީ ނިކަމެތިންނަށް އަޅާލާނެ ވެރިއެއް. އެކަން ފެނިގެން މިދަނީ
ނާޑުވާ
12 March 2025
އަދުރޭ ޖެހި ހިސާބަކާ ވައްތަރީ. 5 އަހަރުގެ ދައުރެއްގަ އަހަރަކު 50 މީހުން ފޮނުވީމަ 1000 ހަމަވާނީ ހަމައެކަނި އަދުރޭގެ ކަލްކިއުލޭޓަރުން.
މުޖްތަބާާ
12 March 2025
މިހެން ރައީސް ރައްޔިތުންނަށް އަޅާލާތީ އަދިވެސް ތާއިދު އެހާބޮޑީ. އެމްޑީޕީ މީހުން މަސައްކަތް ކުރި ވަރަކަށް ރައީސްއަށް އޮތް ތާއިދުދާނީ އިންތިހާ އިތުރުވެގެން.
ފިޔާޒްް
12 March 2025
ރައްޔިތެއްގެ ހައިސިއްޔަތުން މީ ނޫންތޯ އހަރެމެންނަށް ހިންހަމަޖެހުން ގެނުވާނެކަންކަމަކީ.
ލީވާންް
12 March 2025
މި ގައުމުގެ ރައްޔިތުންނަށް ފައިދާއެއް ވިއްޔާ މިވަނީ މިދައުރުގަ. މިދިޔަ އެއްވެސް ދައުރަކީ ރައްޔިތުން އިސްކޮށްގެން ވެރިކަން ކުރި ބަޔެއްނޫން.
މާލިކްް
12 March 2025
ރައީސް މުއިއްޒަކީ ވައުދު ފުއްދުމުގައި ނަމޫނާ ރައީސެއް. ޝުކުރިއްޔާ ރައީސް