ޚަބަރު / ރައީސް ޑރ. މުހައްމަދު މުއިއްޒު

މިއީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި، އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު، މި އަހަރު ހައްޖަށްދާ ހައްޖާޖީއަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ހައްޖަކީ ދިވެހި ހައްޖުވެރިންނަށް އެންމެ ލުއި، އިންތިޒާމުތައް އެންމެ ރަނގަޅު ހައްޖު މޫސުމަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ހައްޖުވެރިންގެ ދަތުރުފަތުރުގެ ކަންތައްތަކުގައި އެއާޕޯޓުން ބޮޑެތި ލުއިތައް ލިބޭ ގޮތަށް ސައޫދީން ކަނޑައަޅާފައިވާ "މައްކާ ރޫޓް އިނީޝިއޭޓިވް" ޕްރޮގްރާމުން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ފުރުސަތު ދީ، އެ އަށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށުން ފާހަގަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޕްރޮގްރާމުގައި ރާއްޖެ ބައިވެރިވުން އިފުތިތާހު ކޮށްދެއްވީ ރައީސް މުއިއްޒެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި މިއަދު ވިދާޅުވީ މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު މިހާތަނަށް ލިބުނު 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް އަދި ޝަރަފެއް ކަމަށެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕުގައި ހިމެނޭ 235 ހައްޖުވެރިންނަށް ސައުދީ ސަރުކާރުން ޖިއްދާ އެއާޕޯޓުން ރޭ ކިޔާފައިވާ ހޫނު މަރުހަބާ ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ ގައުމުން އަދާކުރީ ފުރިހަމަ މެހެމާންދާރީއެއް ކަމަށެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގައި މިއަދު ހައްޖަށް ބަޔަކު ފުރަނީ.-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

"އިރާދަކުރެއްވިއްޔާ މި ފަހަރުގެ މުޅި ހައްޖު ދަތުރު ވެސް ދިވެހި ހައްޖާޖީންނަށް މިފަދަ އެތައް ލުޔެއް ލިބި، ހިދުމަތުގެ ފެންވަރު ވެސް ރަނގަޅު ވާނެ. ދިވެހި ހައްޖުވެރީންނަށް އެންމެ ލުއި، އެންމެ އިންތިޒާމު ރަނގަޅު ހައްޖު މޫސުމަށް ވާނެ. އުންމީދަކީ ކުރިމަގުގައި މި އަށް ވުރެ ވެސް ކަންކަން ފަހިވުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ދިވެހި ހައްޖުވެރިންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް މިއަހަރު ހޯދައިދެވޭތީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

"މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމު ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވުމުން ހައްޖަށް ދާ މީހުން އެ މީހުންގެ އަމިއްލަ ގައުމުގެ އެއާޕޯޓާއި ޖިއްދާ އެއާޕޯޓުގެ އިމިގްރޭޝަން ކައުންޓަރުތަކުގެ ކިއޫގައި މަޑުކުރާކަށް ނުޖެހޭނެ އެވެ. އަދި ޖިއްދާ އެއާޕޯޓަށް ފައިބައި ލަގެޖުގެ އިންތިޒާރުގައި ވެސް ތިބޭކަށް ނުޖެހޭނެ އެވެ.

އެހެންވެ، ޖިއްދާ އެއާޕޯޓުން އަވަހަށް ނުކުމެ، ހޮޓަލަށް ގޮސް ތައްޔާރު ވެގެން އުމްރާގެ އަޅުކަން އަވަސް ކުރުމުގެ ފުރުސަތު ވެސް މި ފަހަރު ލިބޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ ވިދާޅުވީ މައްކާ ރޫޓުގައި ބައިވެރިވެވޭނީ ވަރަށް ގިނަ ޝަރުތުތަކެއް ފުރިހަމަ ވުމުން ކަމަށެވެ.

ސައޫދީން އެ ފުރުސަތު ދެނީ އެ ގައުމަކުން އެއްފަހަރާ މަދުވެގެން 20،000 މީހުން ހައްޖަށް ދާ ނަމަ ކަމަށާއި ނަމަވެސް ރާއްޖެ އަށް އެ އަދަދާ ހަމައަށް ދެވޭނެ ދުވަހެއް ނޭނގުނަސް އެ ފުރުސަތު ލިބިފައި ވަނީ އެއްވެސް އެއްބަސްވުމެއް ނެތި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

"އެހެން ގައުމުތަކާ ކުރެވޭ މުއާމަލާތްތައް އިސްތިސްނާކޮށް، އެއްވެސް އެގްރިމެންޓެއް ނެތި، ރައީސް ޑރ. މުހައްމަދު މުއިއްޒު އަށާއި ދިވެހި ރައްޔިތުންނަށް ދެއްވާ ހާއްސަ ހަދިޔާއްގެ ގޮތުގައި،" ޝަހީމް ވިދާޅުވި އެވެ.

ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު، ރާއްޖޭގެ ގައުމީ އެއާލައިންގައި މި ފަހަރު ވަނީ ދިވެހި ހައްޖުވެރިން މައްކާ އަށް އުފުލަން މިއަދު ފަށައިފަ އެވެ. ހައްޖަށް ދާ މީހުންގެ ތެރެއިން 50 ޕަސެންޓު މީހުން މޯލްޑިވިއަންގައި ގެންދަން ނިންމާފައި ވާއިރު، ސަރުކާރުން ބުނެފައި ވަނީ މޯލްޑިވިއަނުން ދަތުރު ކުރަން ފެށުމަކީ ހައްޖަށް ދާ މީހުން ދައްކާ ފައިސާ މަދު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެއް ކަމަށެވެ.

10 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 0%
icon angry icon angry 67%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހައްޖާޖުން

28 May 2025

ކޮންމެއަކަސް މިފަހަރު މީ އެންމެ ފަސޭހަ ހައްޖު ކަމަށް އެއްބަސް ވެވޭ. ދެން ޝުކުރު ނުކުރާ މީހުން ނަކީ ނެތް ބައެއް ނޫން. ޑރ. ޝަހީމު އަށް ވ ބޮޑަށް ޝުކުރިއްޔާ. މިކަންކަން ފަހިކޮށްދެއްވީތީ.

The name is already taken The name is available. Register?

ދުންދަނޑި

27 May 2025

ޒަމާނަށް އަންނަ ބަދަލާއިއެކު ސައުދީއިންގެ ހައްޖާޖީންނަށް ލުއިފަސޭހައަށް ގިނަކަންތައްތަކެއް ކުރުމާއި ގުޅިގެން ކޮންމެ އަހަރަކުވެސް ކުރީއަހަރަށްވުރެ ލުއިފަސޭހަވާނެތާ.

The name is already taken The name is available. Register?

އަފްރާސިޔާބު

28 May 2025

ސައޫދީ މިއޮތް ހުރިހާ ދުވަހުވެސް އޮތް. ނޭގުނު އެކަންކުރާކަށް. މިއަހަރު ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ލަފާފުޅުގެ މަތިން އެމީހުންނަށް ކުރަންޖެހުނު ކަމެއް އެއީ. އަދި ސީދާ ދުއްވާ އެތީގައި ތިބެގެން ހައްޖުކުރެވޭނެ. އެއިރުން ތޮއްޖެހިގެން އުޅޭކަށް ނުޖެހޭނެ. ގޮނޑީގައި އަރާމުގައި އިންދާ ބުރުޖަހާލަނީ. އަވަސްވެފައި ލުއި ފަސޭހަވާނެ.

The name is already taken The name is available. Register?

އަބުދުލް ޤާދިރު

27 May 2025

ކޮންމެ ހައްޖުވެރިއަކު ވެސް ބޭނުންވާނީ ހުރެވެން އޮތް އެންމެ ގިނަ ދުވަހަކު މައްކާގައި މަޑުކުރަން. އެއީ ހަރަމުގައި ކުރާ ކޮންމެ ނަމާދަކަށް އެއް ލައްކަ ނަމާދުގެ ސަވާބު ލިބޭތީ. އެކަމަކު 30 ދުވަހުގެ ބަދަލުގައި މި އަހަރު މިލިބެނީ 17 ދުވަސް. ސުވާލަކީ، އެންމެ ލުއި އިންތިޒާމުތޯ ބޮޑަށް ބޭނުމީ. ނުވަތަ އިތުރު 13 ދުވަހު ޙަރަމްގައި އަޅުކަން ކުރުމުގެ ފުރުޞަތުތޯ ބޮޑަށް ބޭނުމީ.

The name is already taken The name is available. Register?

ޖަރީމާ ސައްތާރު

27 May 2025

15 ދުވަހަށް މިފަހަރު ގެންދިޔައީ! ޢެކަމަކު 30 ދުވަހުގެ އަގު އަތުލި! ބުނީ 30 ދުވަހަށް ގެންދިޔައީމާ ހުރިހާ ހައްޖާޖީން ރޯގާ ޖެހޭތިއްޔޭ!

The name is already taken The name is available. Register?

ވަޗަ ަވކސމ

27 May 2025

ޝުކުރު ނުކުރާ އިންސާނުންނަށް އަހަރެމެން ވީމައި ކޮން މޮޅެއް އޮތީ. ތިގޮތް ނުރުހެންނާ ތި އަގުގައި ދާން ތިބި މީހުންނށް ފުރުސަތުދިނީމަވީ. މީކީ ހަސަދައިގައި ކުރަން އޮންނަ އަޅުކަމެއްނޫން.

The name is already taken The name is available. Register?

އަފްރާސިޔާބު

28 May 2025

30 ދުވަސް 15 ދުވަހަށް ކުރުވިޔަސް ކާނޭ ބޯނޭ 30 ދުވަހަށް ވާވަރަށް. އަދި ނިދާނޭ 15 ދުވަހުން 30 ދުވަހުގެ ނިދި. ހަމަވީނުން.

The name is already taken The name is available. Register?

ހައްޖާޖީ

27 May 2025

ލުއި ތޯ އިންތިޒާމު ރަނގަޅުތޯ އެއީ ހިދުމަތް ހޯދާ ފަރާތުން ގޮތް ނިންމާނެ ކަމެއް. މުއިއްޒެއް ނޫން އެއީކީ

The name is already taken The name is available. Register?

ބޒވސް

27 May 2025

އެއީ އިންތިޒާމުކުރަަ ފަރާތުގެ ކަންކަމަށް ބަލައި އެބޭފުޅުން ލަފާކުރަަގޮތްކަމަށްވެދާނެ. ދެން ހައްޖުވެރިން އައިމަ އެނގޭނީ އެބޭފުޅުންގެ ހިޔާލު

The name is already taken The name is available. Register?

އަސަރަފަ

27 May 2025

ތިޔެއް އިނގޭނީ ހައްޖު މޫސުން ނިމުނީމަ. މިދިޔަ އަހަރުވެސް ޝަހީމް ނިކަން ފޮނިވެލާފަ ބުނި ހައްޖުވެރިން މަދީނާއަށް ދާނީ ހައިސްޕީޑް ރެއިލްގަޔޭ. ދިޔައީ ބަހުގަ ހަމަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454