ފޮޓޯގެލަރީ / ހައްޖު

ދިވެހި ހައްޖުވެރިން ފުރަން ފެށުން

ފަޔާޒް މޫސާ

26 މެއި 2025

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު- މެއި 26، 2025: ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގްރޫޕްގައި 235 މީހަކު މިއަދު ފުރުން. މި އަހަރު ވެސް ރާއްޖެ އިން ހައްޖަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި. މި އަހަރު ރާއްޖެއަށް ލިބިފައި ވަނީ 1,000 ކޯޓާ. ހައްޖުވެރިންނަށް ފަސޭހަކޮށްދިނުމަށް ރާއްޖެއިން ވަނީ "މައްކާ ރޫޓު އިނީޝިއޭޓު"ގައި މި އަހަަރުން ފެށިގެން ބައިވެރިވެފައި. މައްކާ ރޫޓް އިނީޝިއޭޓިވް" އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެއް. ރާއްޖެ އިން މި ފަހަރު ހައްޖަށް ދާ މީހުންގެ އެންމެ ފަހު ގުރޫޕު ފުރާނީ އަންނަ ހުކުރު ދުވަހު.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ ބައެއް މީހުން ޑިޕާޗާ ޓާމިނަލަށް ވަންނަމުން އާއިލާގެ މީހުންނަށް އަލްވަދާއުގެ ސަލާން ކުރަން އަތް އުފުލާލައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ ބަޔަކު ޑިޕާޗާ ޓާމިނަލަށް ވަނުމަށް ކިޔޫ ހަދައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ ބައެއް މީހުން ފުރަން މިއަދު އެއާޕޯޓުގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ އުމުރުން ދުވަސްވީ އަންހެނަކު އެއާޕޯޓުގެ ޓާމިނަލަށް ވަންނައިރު، ހައްޖު ކޯޕަރޭޝަނާއި އެމްއޭސީއެލްގެ މުވައްޒަފަކު އެ މީހާ އަށް އެހީތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ފުރި ފުރަތަމަ ގުރޫޕުގައި ހިމެނޭ މީހަކު ފުރުމުގެ ކުރިން އޭނާގެ އާއިލާގެ މީހުންނާ މިއަދު ސަލާން ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ފުރި ފުރަތަމަ ގުރޫޕުގައި ހިމެނޭ މީހަކު ފުރުމުގެ ކުރިން އޭނާގެ އާއިލާގެ މީހުންނާ މިއަދު ސަލާން ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ ދެ މީހަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި: ފުރަތަމަ ގްރޫޕުގައި 235 މީހަކު ވަނީ މިއަދު ހަވީރު ފުރާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ފުރި ފުރަތަމަ ގުރޫޕުގެ ދެ މީހަކު އާއިލާގެ ބަޔަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ އުމުރުން ދުވަސްވީ އަންހެނަކު އެއާޕޯޓުގެ ޓާމިނަލަށް ވަންނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ ބަޔަކު ފުރުމަށްޓަކައި އެއާޕޯޓުގެ ޓާމިނަލަށް ވަނުމުގެ ކުރިން އާއިލާ މީހުންނާ ސަލާން ކުރަނީ.---- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ފުރި ފުރަތަމަ ގުރޫޕުގެ ދެ މީހަކު އާއިލާގެ ބަޔަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ ދެ މީހަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި: ފުރަތަމަ ގްރޫޕުގައި 235 މީހަކު ވަނީ މިއަދު ހަވީރު ފުރާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގައި ހިމެނޭ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ މީހުން މިއަދު ފުރަން އެއާޕޯޓުގައި--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy