ފޮޓޯގެލަރީ / ހައްޖު

ދިވެހި ހައްޖުވެރިންގެ ފަހު ގުރޫޕް ފުރުން

ފަޔާޒް މޫސާ

10 ޖޫން 2024

ހުޅުލެ - ޖޫން 10، 2024: ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގްރޫޕު ފުރުން: ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕުގައި މިއަދު ފުރީ 150 މީހުން. މި އަހަރު ރާއްޖެ އިން ހައްޖަށް މީހުން ގެންދަނީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި. އެއީ އެހީތެރިން ނުލައި ޖުމުލަ 980 މީހުން. ހައްޖަށް ފުރާ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލެ އިން ވެލާނާ އެއާޕޯޓާ ހަމައަށް ގެންގޮސް ދިނުމަށް ދަތުރުފަތުރުގެ އިންތިޒާމުތައް ވެސް ހަމަޖައްސައި ދީފައި.--- ފޮޓޯތައް: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން ހައްޖަށް ފުރި ފަހު ގްރޫޕުގައި ހިމެނުނު މީހަކު ފުރުމުގެ ކުރިން ކުޑަ ކުއްޖަކާ ސަލާން ކުރަނީ: މިއަދު 150 މީހަކު ހައްޖަށް ފުރި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގައި ހިމެނޭ 150 މީހުނެގެ ތެރެއިން ބަޔަކު ފުރަން ގޮސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގެ ހިމެނުނު މީހަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާގެ ކުޑަކުދިންތަކަކާ ސަލާންކުރަނީ: މިއަދު 150 މީހަކު ވަނީ ހައްޖުގެ އަޅުކަމަށް ފުރާފައި.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާގެ ކުޑަކުދިންތަކަކާ ސަލާން ކުރަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާ މީހުންނަށް ހަނާ އަޅަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގެ މީހަކު މިއަދު ފުރުމުގެ ކުރިން އޭނާގެ އާއިލާ މީހުންނާ އެކު އެއާޕޯޓުގައި ވަގުތުކޮޅެއް ހޭދަކޮށްލަނީ.--- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގައި ހިމެނިވަޑައިގެންނެވި އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ފުރާވަޑައިގަތުމުގެ ކުރިން، ޑެޕިއުޓީ އިމިގްރޭޝަން ކޮންޓްރޯލަރު އަޝްފާން އާއި ބައެއް އޮފިސަރުންތަކަކާ އެކު ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގެ ބަޔަކު ފުރުމަށްޓަކައި އެއާޕޯޓުގެ ޓާމިނަލަށް މިއަދު ވަންނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕުގެ ބަޔަކު ފުރުމަށްޓަކައި އެއާޕޯޓުގެ ޓާމިނަލަށް މިއަދު ވަންނަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި މަޑުކޮށްލައިގެން.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގެ ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ މުވައްޒަފުން ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި އެހީތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފަހު ގުރޫޕްގެ ބަޔަކު ފުރަން ގޮސް ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓުގައި ހަރަކާތްތެރިވަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖެ އިން މި އަހަރު ހައްޖަށް ދިއުމަށް މިއަދު ފުރި ފަހު ގުރޫޕުގެ މީހަކު އާއިލާގެ ބަޔަކާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއެއް ނަގަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި އަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ ފަހު ގްރޫޕުގެ ބައެއް މީހުން މިއަދު ފުރަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލަށް ދަނީ.--- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

mihaaru logo

Copyright © 2025 Mihaaru · Terms and Conditions · Privacy Policy