ސައޫދިއްޔާގެ ހައްޖު ފްލައިޓްތައް ރާއްޖެ އަށް ފެށުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް - ޖޫން 12، 2023: ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން ސައޫދީ އަށް ގެންދިއުމަށްޓަކައި އެ ގައުމުގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ދަތުރުތައް ރަސްމީކޮށް އިފުތިތާހުކުރުން. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ކުޑަ ހަފުލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގައި ހުންނަވާ ސައުދީގެ ސަފީރު މަތްރިކް އައްދައުސަރީމި ވަނީ ހައްޖު ފްލައިޓްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހާއްސަ ކޭކެއް ފަޅުއްވާފައި. އަދި ފުރަތަމަ ފްލައިޓްގައި ފުރި ބައެއް މީހުންނާ ބައްދަލުކުރެއްވި. އިސްލާމިކް މިނިސްޓްރީން ބުނީ މި ފަހަރު ހައްޖަށް ދާ މީހުން ފުރަން ހަމަޖެހިފައި ވަނީ ހަ ފްލައިޓަކުން ކަމަށް. އެ ފްލައިޓްތައް ބާއްވަނީ މި މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު. މި ފަހަރު ރާއްޖެ އިން ހައްޖަށް ދާ މީހުންގެ އިސްބޭފުޅަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވީ ނައިބު ރައީސް ފައިސަލް ނަސީމް.---ފޮޓޯތައް: ރައީސް އޮފީސް އަދި ސައޫދީ އެމްބަސީ| މިހާރު
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ސައުދީ އެމްބަސީ
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ ބަޔަކާ ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރާއި އިސްލާމިކް މިނިސްޓަރު ބައްދަލުކޮށްލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ ބަޔަކާ ނައިބު ރައީސް ފައިސަލް ނަސީމް ބައްދަލުކޮށްލައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕް ފުރުމުގެ ކުރިން، ނައިބު ރައީސް ފައިސަލާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އެއާޕޯޓްގައި އެ ގުރޫޕްގެ ބައެއް މީހުންނާ އެކު.---ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އިން މި އަހަރު ހައްޖަށް ފުރި ފުރަތަމަ ގުރޫޕްގެ ބަޔަކު ޓާމިނަލްގައި: މި ފަހަރު 1،000 މީހުން ހައްޖަށް ދާއިރު، ސައުދީ އެއާލައިންސުން މިއަދު ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދާ 294 މީހުން -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ ބަޔަކާ އެކު، ނައިބު ރައީސް ފައިސަލް ނަސީމް ފޮޓޯފުޅެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުންގެ ފުރަތަމަ ގުރޫޕްގެ މީހަކާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ: ސައޫދިއްޔާ އެއާލައިންގެ ހަ ފްލައިޓަކުން މި ފަހަރު ދިވެހިން ހައްޖަށް ދާނެ.--- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބު ރައީސް ފައިސަލް ނަސީމް ސަލާމް ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ ބަޔަކާ އެކު، ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑަބްލިއުއެސްސީގެ އެމްޑީ ޝާހް ފޮޓޯއެއް ނަންގަވަނީ.--- ފޮޓޯ: ރައީސް އޮފީސް
ރާއްޖެއިން ހައްޖަށް ފުރި ފުރަތަމަ ގްރޫޕްގެ މީހުންނާ ނައިބް ރައީސް ފައިސަލް ނަސީމް ބައްދަލުކުރައްވަނީ: މި ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު ބައިވެރިވެ ވަޑައިގެންނެވި.-- ފޮޓޯ: ރައީސް އޮފީސް
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ފްލައިޓްތައް ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މަތްރިކް އައްދައުސަރީ އިފުތިތާހު ކޮށްދެއްވަނީ.---ފޮޓޯ: ސައޫދީ އެމްބަސީ
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ފްލައިޓްތައް އިފުތިތާހުކުރުމުގެ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މަތްރިކް އައްދައުސަރީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި އެމްއޭސީއެލްގެ ޑީއެމްޑީ އިބްރާހިމް ތޯހާ އަދި ސައޫދިއްޔާ އެއާލައިންގެ އިސްބޭފުޅަކު ހާއްސަ ކޭކެއް ފަޅުއްވަނީ.---ފޮޓޯ: ސައޫދީ އެމްބަސީ
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ފްލައިޓްތައް އިފުތިތާހުކުރުމުގެ ކުޑަ ހަފުލާއަކަށް، ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މަތްރިކް އައްދައުސަރީ ވަޑައިގަތުމުން އޭނާ އަށް ފުލުހުންގެ އިސް އޮފިސަރަކު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ސައުދީ އެމްބަސީ
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ފްލައިޓްތައް އިފުތިތާހުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ކުޑަ ހަފުލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މަތްރިކް އައްދައުސަރީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި އެ އެއާލައިންގެ ބައެއް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ސައޫދީ އެމްބަސީ
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ފްލައިޓްތައް އިފުތިތާހުކުރުމުގެ ކުޑަ ހަފުލާއަކަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިގަތުމުން، ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މަތްރިކް އައްދައުސަރީ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ސައުދީ އެމްބަސީ
ރާއްޖެ އިން މި އަހަރު ހައްޖަށް މީހުން ގެންދިއުމަށްޓަކައި ސައޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން ސައޫދިއްޔާގެ ހާއްސަ ފްލައިޓްތައް އިފުތިތާހުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބޭއްވި ކުޑަ ހަފުލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މަތްރިކް އައްދައުސަރީ އާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަދި އެ އެއާލައިންގެ ބައެއް އޮފިޝަލުން މަޝްވަރާއެއްގައި.---ފޮޓޯ: ސައޫދީ އެމްބަސީ