އިސްލާމިކް މިނިސްޓަރު ޝަހީމާއި ސައުދީގެ ހައްޖު މިނިސްޓަރު ޑރ.ތަވްފީގް ބިން ފައުޒާން އަލް ރަބީއާ އާ ބައްދަލު ކުރައްވަނީ: އެހެން ގައުމުތަކުން ބޭނުން ނުކުރާ ހައްޖު ކޯޓާގެ ބައެއް ރާއްޖެއަށް ހޯދަން ވަނީ މަޝްވަރާ ކޮށްފައި --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
09 ނޮވެމްބަރ 2025 - 16:28
ހައްޖަށް ދިއުމަށް އެހެން ގައުމުތަކަށް ދީފައިވާ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާގެ ތެރެއިން ބައެއް ރާއްޖެއަށް ހޯދަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައުދީ ސަރުކާރާއެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
އެ މަޝްވަރާތައް ބޭއްވީ މިނިސްޓަރު ޝަހީމް ސައުދީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އެ މަޝްވަރާތަކާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ ގައުމުތަކަށް ދީފައި އޮންނަ ހައްޖު ކޯޓާގެ އިތުރަށް، އިތުރު ކޯޓާ މިހާރު ނުދޭ ކަމަށެވެ. އެހެން ނަމަވެެސް، އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާތައް، އިތުރަށް ކޯޓާ ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ އުސޫލެއް އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން ގައުމުތަކަށް ދީފައި ހުންނަ ކޯޓާގެ ތެރެއިން އެ ގައުމުތަކުން ބޭނުން ނުކޮށް ހުންނަ ކޯޓާ، ކޯޓާ އިތުރަށް ބޭނުންވާ ގައުމުތަކުން ބޭނުން ކުރެވޭ ގޮތަށް ސައުދީން ކުރިއަށް ގެންދާ ހައްޖު މުބާޝިރު އިނިޝިއޭޓިވް އިން ރާއްޖެއަށް ފުރުސަތު ހޯދަން މިއަދު ވަނީ މަޝްވަރާ ކުރެވިފަ،" ޝަހީމް ވިދާޅުވި އެވެ.
ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް މިހާރު ދެނީ 1،000 މީހުންގެ ކޯޓާ އެވެ. ނަމަވެސް އެ އަދަދު އިތުރުކުރަން ސަރުކާރުން ކުރިން ވެސް އޮތީ އެދިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސުނާރު
10 November 2025
ތިޝަހީމް ފޮނުވައިގެން ސައުދީގެ ބަދިގެޔަކުން ކާފަ އުކާލަން ހުންނަ ރިހަފޮދެއްވެސް ނުލިބޭނެ
ސުހާނާ
09 November 2025
ކޯޓާ އިތުރަށް ލިބުނަސް، ކިޔޫގައި ތިބި މީހުން ދަނީ ކިޔުގެ ފަހަތަށް. އަހަރެން 2023 ގައި ފައިސާ ދެއްކިއިރު އޮތް ވަރަށްވުރެ 400 އަށްވުރެ ގިނަ ނަންބަރު ފަހަތަށް މި ސަރުކާރު ހަވާލުވިފަހުން ހިނގައްޖެ. އެކަމަކު މި ސަރުކާރު ހަވާލުވިފަހުން ފުރަތަމަ ޙައްޖަށް ފޮނުވި ފަހަރުވެސް 150 ކޯޓާ އިތުރަށް ލިބުނުކަމަށް ބުނޭ. ކިޔު ކުޑަކުރާށޭ ކިޔާފައި، އަމިއްލަ އެއްވެސް ކުންފުންޏަކަށް ކޯޓާ ނުދީ ޙައްޖު ކޯޕަރޭޝަނަށް ހުރިހާ ކޯޓާ ދިނީމާވެސް ވާގޮތަކީ މިއީ.
އައިމިނާ
09 November 2025
ބާކީ އެއްނޫނެންނޫންތޯ ހޯދަންވީ.
ކޮރަލް
09 November 2025
ކޯޕަރޭޝަން ގެ އެހީތެރީންގެ ގޮތުގަ ނުސީދާ ކޮށް ގިނަ ބަޔަކު އެބަ ދެ އެވެ. އެދާ މީޙުން ދާ ގޮތް ބަލާ މިނިވަން ބަޔަކު ސްކްރީން ކުރަން ވީ އެވެ.
ވަދޯ
09 November 2025
އަސްލު މީ ވަރަށް މުހިންމު ފައިދާ ހުރި ކަމެއް އަހަރުމެންނަށް އަދި ލާރި ލިބުނަސް، ނެތް ދެވޭކަށް ކިއު ދިގު ކަމުން
ސަސި
09 November 2025
އެވެރިންނާއި އެހާ ގުޅުން ރަގަޅުއިރު މި އުޅެނީ ހައްޖު ކޯޓާވެސް އިތުރުނުވެގެން
އައްބެ
10 November 2025
އެތަނެއްގެ އާބާދީއަށް ބަލާފައި އެތަނަަކަށް ކޯޓާ އެދެނީ. މިހާރުވެސް އާބާދީގެ ނިސްބަތުން ރާއްޖެއަށް ލިބިފައި ވާ އަދަދު ހަޤީގަތުގައި ބޮޑު.