އިސްލާމިކް މިނިސްޓަރު ޝަހީމް: ހައްޖުވެރިންގެ ސިއްހަތާ ބެހޭގޮތުން ސައުދީ ސަރުކާރުން ނެރުނު ސާކިއުލާއަކީ އާ އުސޫލެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނޭ --- ފޮޓޯ/މިހާރު
21 އޮކްޓޯބަރ 2025 - 16:09
ހައްޖުވެރިންގެ ކިބައިގައި ސިއްހީ ގޮތުން ފުރިހަމަވާން ޖެހޭ ޝަރުތުތަކާ ބެހޭގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރެފައިވަނީ އާ ސާކިއުލާއެއް ނޫން ކަމަށް އިސްލާމިިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
އަބަދުވެސް ސިއްހީ ހާއްސަ ފަރުވާތަކެއް ބޭނުންވާ ފަދަ ބޮޑެތި ބަލިތަކުގެ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް ކަމަށެވެ. އަދި އެއީ ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން ހައްޖަށް ދާން ވިސާ ލިބޭނީ އެ މީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން އެނގޭ ގޮތަށް، ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން އަސްލާ ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއެއް އޮވެގެންނެވެ. އަދި ސިއްހީ ވަކި ހާލަަތްތަކެއް ކުރިމަތިވެފައި ނުވާ މީހަކަށް ހައްޖުވެރިޔާ ވާންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެގޮތުން އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުމާއި އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުމާއި ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުމާއި ޑަޔަލިސިސް ހަދާފައިވާ މީހަކަށް ނުވުމަކީ ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުމާއި ބުއްދިއަށް އަސަރުކޮށްފައިނުވާ މީހަކަށްވުމާއި ޑިމެންޝިއާ (ހަނދާން ނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަަކަށް ނުވުމާއި ވިހަން ކައިރިވެފައިވާ މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލި މީހަކަށް ނުވުމަކީ ވެސް ޝަރުތެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ހުރެގެން ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވަނީ ހައްޖަކީ އެތައް މިލިއަން މީހުން އެއްވެގެން ކުރާ އަޅުކަމަކަށް ވާއިރު، ސިއްހީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް، ސައުދީ ސަރުކާރުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިމިނާ
22 October 2025
ކަނޑިޔާ ކަނޑި. ޖަދަލުކުރުމުގަ 5 އަހަރު ނިންމާލަން ވިސްނަނީ.
އަފްރާސިޔާބު
21 October 2025
މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެއީ ކޮންމެއަހަރަކުވެސް ސައުދީން ނެރޭ ސަކިއުލަރ އެކެވެ. ކޮންމެ އަހަރަކު ނެރޭ އެެެއްޗެެއްވީމާ ރައްޔިތުން އެއަށް ތަބާވެގެންތާ މިހުރިހާ ދުވަހުވެސް ރައްޔިތުން ހައްޖަށް ދިޔައީ. ގޯހެެއް ނެތެެއްނުން.
ފުރޭތަ1
21 October 2025
ހައްޖު ވާޖިބުވަނީ ކެރި ކުޅަދާނަ ވެގެންވާ މީހާއަށް. ހައްޖާ އެއްވަރަށް ފާފަތައް ފޮހެވިގެންދާނެ އެތައް ދަރުމައާ ސަވާބު ލިބޭނެ އަޅުކަންތައް ބައިވަރު. ދާން ބޭނުންނަމަ އުމްރާގެ ފުރުޞަތުވެސް އެބައޮތް
2025
21 October 2025
ޢަޅުކަމެއްކުރަންވެސް ތިހުުރިޙާ ޓެސްޓްތަކެއް ހަދަންޖެހޭތަ...... ބޮއިހަލަކި
ފުރޭތަ1
21 October 2025
ލެބް ޓެސްޓް ނުހެދޭ އިރުވެސް ފިޓްނަސް ޓެސްޓު އޮވޭ. ދަތުރު ކޮށްފަ އެހިސާބަށް ފޯރަނީ ފިޓު މީހުން. ފިޓު ނޫން މީހުން ވަނީ މަރު
ޗަޕް
21 October 2025
ދެން ހައްޖު ކޯޕަރޭޝަންގެ އެމްޑީ މީޑިޔާގައި މިކިޔަނީ ކީކޭ. މަގާމަކަށް ކުފޫހަމަވާ އެކަކު ވެސް ނެތީތަ؟
ދިއްދާ
21 October 2025
ހާސްނުވާށޯ!!!!!! އާކަމެއް ނޫނޯ!!! އަބަދު ކުރާ ކަންކަން އެނގޭނެވިއްޔާ!!!! އާނ ދެން ރާއްޖެއިން ފޮނުވާނީ މުޅިންވެސް ބަލި މީހުންނާ މުސްކުޅިން. މީވާ މީހެއް. ސަރުކާރުގެ "ތަތްގަނޑެއް" ޖެހީމާ އެމީހަކީ ބަލިމީހަކަށް ނުވެއޭ ބުނެ ތިވަނީ އަމިއްލަ އަށް ބޭޒާރުވެފަ.
ކީއްވެ
21 October 2025
ބާ ސާރކިއުލާޢަށް އަމަލުނުކޮށް ބޮޑެތިބަލިތައްހުންނަމީހުންނަށް އިސްކަންދީގެން މިއޮއްހާދުވަހު ގެންދިޔައީޔޯ؟؟