15 މާޗް 2025 - 11:42
ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ ދެ މެންބަރުން ކަނޑައަޅައިފި އެވެ.
ޕެންޝަން އޮފީހުން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އެ ބޯޑަށް އަލަށް އައްޔަނު ކުރީ އަހުމަދު ސަރުވަޝް އާދަމާއި އަބްދުލް މާޖިދު އަލީ އެވެ.
ސަރުވަޝް ވަނީ ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އޭނާ އެ 2016 ވަނަ އަހަރުން ފެށިގެން ހުންނެވި އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ޖެނުއަރީގަ އެވެ. އިކޮނޮމިކްސް އާއި އެކައުންޓިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ސަރުވަޝް ވަނީ މީރާގެ ޗެއާޕާސަންގެ އިތުރުން އެމްއެމްއޭ ބޯޑުގައި ވެސް މަސައްކަތް ކުރައްވައިފަ އެވެ.
މާޖިދު މީގެ ކުރިން 2022 ވަނަ އަހަރު ވެސް ޕެންޝަން ބޯޑުގައި ހުންނެވި އެވެ. އެހެންވެ، މިއީ އޭނާގެ ދެވަނަ ދައުރެވެ. ބޭންކިން އަދި ފައިނޭންސިން ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ މާޖިދު ވަނީ ސީއެމްޑީއޭ ބޯޑުގެ މެމްބަރުކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ޕެންޝަން ބޯޑުގައި މިވަގުތު ހަތް މެންބަރުން ތިއްބަވަ އެވެ. އެ ބޯޑުގެ ޗެއާޕާސަނަކީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލި ދު
15 March 2025
ތި ބޯޑުގައި ތިބީ ކިޔަވައިގެންތިބި ހަރުދަނާ ބައެއް. ޢާންމު ރައްޔިތެއްގެ ހައިސިއްޔަތުން އެދޭ އެއްކަމަކީ ކުންފުނިތަކުން ޕެންޝަނަށް ހަދަމުންދާ މަކަރާއި ފާޅުކަންބޮޑު އޮޅުވާލުން ހުއްޓުވަން ގާނޫނަށް ބަދަލުގެނައުމަށްކުރެވެންހުރި މަސައްކަތެއް ކޮށްދެއްވުން. މިހާރު މަހު މުސާރަ 30 ހާސް ލިބޭ މީހާގެ ބޭސިކް ސެލަރީއަކީ 2،500 ނުވަތަ 5،000ރ. ބޭނުމަކީ ކުންފުންޏާއި މުވައްޒަފު ޕެންޝަނަށް ދައްކަންޖެހޭވަރު ކުޑަކުރުން. އަމިއްލަ އަދި ސަރުކާރު ކުންފުނިތައްވެސް މިހެން
މައްކޫ
15 March 2025
ޕެންޝަނަށް ޖަމާ ކުރާ ފައިސާ އިން ހުރިހާވެސް ފައިދާ އެއް ވަނީ ސަރުކާރަށް، ސަރުކާރުގެ ލިކިއުޑިޓީ ހަމަޖެސުމަށް ޓީބިލަށް ސަރުކާރަށް ފައިސާ ދިނުން ނޫންކަމެއް ނުކުރޭ. ޕެންޝަން ގައި 840000ރ ހުރެ 65 އަހަރު ވުމުން ރިޓަޔަރ ކުރާ މީހެކޭ، އެއްގޮތަކަށްވެސް ކޮންޓްރިބިއުޓް ނުކުރާ މީހަކަށްވެސް މި ލިބެނީ 5000ރ ، ކޮބާ ޕެންޝަނަށް ޖަމާކުރަން ހިތްވަރު ލިބޭނެ ކުޑަ ކަމައްވެސްމިނަވަރެއްވެސް ޕެންޝަން ދައްކާ ފަރާތްތަކަށް އެބައޮތްތަ؟؟