ހަނިމާދޫން ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކުރި ސަރަހައްދު. އެރަށު ކައުންސިލުން ވަނީ 40،000 އަކަފޫޓުގެ ބިމެއް އަހަރަކު 3.5 މިލިއަން ރުފިޔާއަށް ދޫކޮށްފައި --
15 މާޗް 2025 - 12:24
ހަނިމާދޫގައި 40،000 އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް އަޅަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އޯސަމް ޕްރޮޕާޓީޒް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހަވާލުކުރި މި ޕްރޮޖެކްޓް އޯސަމް ޕްރޮޕަޓީޒް އިން ހިންގާނީ ޗައިނާގެ ބަޔަކާ ގުޅިގެންނެވެ.
އެ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުހައްމަދު ވިދާޅުވީ، އެ ބިން ހަވާލުކުރީ ކޮންމެ ކުއާޓާ އަކު 56،000 ޑޮލަރު (863،520 ރުފިޔާ) ލިބޭ ގޮތަށް ކަމަށެވެ. އެހެންވެ އެއީ އަހަރަކަށް 224،000 ޑޮލަރު (3.5 މިލިއަން ރުފިޔާ) އެވެ. އޭނާ ވިދާޅުވީ، އެ ޕްރޮޖެކްޓްގައި ސޮއިކުރީ އެއް އަހަރުގެ ކުލި އެޑްވާންސްކޮށް ދެއްކުމުން ކަމަށާއި ދެން ކުރިއަށް އޮތް ކޮންމެ ކުއާޓަާ އެކު ވެސް އެ ކައުންސިލަށް ކުލި ޖަމާވަމުން އަންނާނެ ކަމަށެވެ.
ހަނިމާދޫގެ 40،000 އަކަފޫޓުގެ ބިމެއްގައި ސިޓީ ހޮޓަލެއް އެޅުމަށް ހަނިމާދޫ ކައުންސިލުން ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު (ކ) އޯސަމް ޕްރޮޕަޓީޒްގެ ފަރާތުން އެއްބަސްވުމާ ހަވާލުވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ހަނިމާދޫ ކައުންސިލް
"ދެ އަހަރު ތެރޭގައި ޑިވަލޮޕްކުރާގޮތަށް. ހަ މަސް ތެރޭގައި އެބޭފުޅުން ޖެހޭނެ ކުރެހުން ހުށަހަޅަން. ސީދާ ކޮންސެޕްޓް އެހެންވީމަ ބުނާކަށް ނޭނގެ. އެކަމަކު އެބޭފުޅުންގެ ވިސްނުން ހުރީ ވީހާ ވެސް މައްޗަށް ނަގައިގެން ބެޑް އިތުރު ކުރަން،" އޭނާ ވިދާޅުވި އެވެ.
ފިރާގު ވިދާޅުވީ 50 އަހަރަށް ހަވާލުކުރި މި ބިމުގައި ކުރާ މި މަސައްކަތަކީ ރަށުގައި ހިންގާނެ އެންމެ ބޮޑު ޓޫރިޒަމް ޕްރޮޖެކްޓަށް ވާނެ ކަމަށެވެ.
އެރަށުގައި މިހާރު ވެސް ބެއާފޫޓްގެ ނަމުގައި ވެސް ސިޓީ ހޮޓެލްއެއް ހިންގަ އެވެ. ދެލައްކައެއްހާ އަކަފޫޓުގެ އެ ބިމުން ކައުންސިލަށް ލިބެނީ ލައްކައެއްހާ ރުފިޔާ އެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހު އެރަށު ކައުންސިލުން ވަނީ 5،000 އަކަފޫޓުގެ 14 ބިމަކާއި 10،000 އަކަފޫޓުގެ ހަތަރު ބިމެއް ޓޫރިޒަމަށް ހުޅުވާލައިފަ އެވެ. އެ ބިންތަކަށް 70 ޕާޓީން ޝައުގުވެރިކަން ފާޅުކުރި ކަމަށް އެރަށު ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
4
15 March 2025
ވައްޑޭއަކީ މަޑުންހުއްޓަކަސް ހާދަ އޯސަމް ގޮލައެކޭ.
ސަންގުގެރި
15 March 2025
ޔާ ރައްބީ. ތި އަގުގަ މިހާރު އެޕާރޓްމެންޓް އެއް ވެސް ނުލިބޭ ގަންނަން. ދެން އަހަރަކު 3 މިލިއަން ރުފިޔާ ލިބެޔޭ ކިޔައިގެން ތި ވާހަކަ މާ ބޮޑުކޮށްފަ ނުދައްކާ މިއޮތްފަދަ ރޯދަ މަހު މަމެން އަނގަ ގޮއްވަން.
ސަންޑޭ
15 March 2025
މަހެއްގެ މައްޗަށް ތިން ލައްކައެއްހާ ރުފިޔާ. މާބޮޑު އެއްޗެއް ނޫން
ކޮއްކޮބެ
15 March 2025
ޑރ. މުހައްމަދު ވަހީދަކީ އަމިއްލަފުޅު ދިރިއުޅުމާއި، ސިޔާސީ ހަޔާތާއި، ވިޔަފާރިވެސް ވަރައްވެސް ކާމިޔާބުކޮއް ކުރިއައް ގެންދަވާ ބޭފުޅެއް. އެބޭފުޅާ މަސައްކަތް ނުކޮއްދިންނަމަ، ކެނެރީގޭ ނަޝީދުއައް ރާއްޖޭގެ ވެރިކަމާ ވައިވެސް ނޭޅެވުނީސްކަން ކަށަވަރު.
ވޮޗްމޭން
15 March 2025
" އެބޭފުޅުންގެ ވިސްނުން ހުރީ ވީހާ ވެސް މައްޗަށް ނަގައިގެން ބެޑް އިތުރު ކުރަން" މީ ދިވެހިރާއްޖޭގައި ކޮންޓްރޯލް ކުރަންޖެހޭ ކަމެއް. ދިވެހި ރުއްތަކުގެ މަތިން ރާއްޖޭގެ އަސްލު ގެއްލޭހެން ބޮޑެތި އިމާރާތްތައް އަޅައި މިކަން ކުރުން. އަނެއްކާ އެއްބަޔަކަށް މި ކެޓަގަރީގެ ގެސްޓް ރޫމް ހެދޭނެ ވަރުވެސް ކޮންޓްރޯލް ކުރަންޖެހޭ. އާންމު ރައްޔަތު މީހާގެ ޖީބަށް ފައިސާ ވައްދަން ފެށި ގެސްޓް ހައުސް ވިޔަފާރިވެސް މިދަނީ މަދު ބައެއްގެ އަށް މައްޗަށް.
ބަބްސް
15 March 2025
ވަރަށް މުހިންމު ވާހަކައެއް. އެކަމަކު އެއްވެސް ކައުންސިލަކުން ވިސްނައެއްނުލާ މިކަމަކަށް. ވިސްނުން ހުންނަނީ އަވަހަށް ލާރިލިބޭނެ ގޮތްގޮތަށް. ވަހީދުއަކީ އެއްވެސް އިރެއްގަ ޤައުމަށް ހެޔޮއެދުނު މީހެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
15 March 2025
އައްޑޫގައިއޮތް ހަމައެކަނިފަޅުރަށް އެހެންބާއްވައިގެން ނުތިބެވޭނެކަމަށް އައްޑޫ ކައުންސިލްގެފަރާތުން މާލޭސަރުކާރަށް އަންގާންޖެހޭ. އައްޑޫގައިއޮތް ފަޅުރަށެއް އައްޑޫއަށް އެއްވެސްބޭނުމެއް ނުހިފޭގޮތަށް "މާލޭސަރުކާރަށް ރަށުގެ ކުލި ދައްކައޭ ކިޔާފައި އެގޮތަށް ބާއްވަން ފުރުސަތު ނުދޭނެކަމަށް އަންގާ" އެރަށް ކައުންސިލްގެދަށަށްގެނެސް ރަށުގައި ކޮންމެހޮޓަލެއްގައި 100 ކޮޓަރިހިމެނޭ 10 ބުރީގެ 8 ހޮޓާ އިންވެސްޓަރ ފައިނޭންސް އުސޫލުން އަޅާނެބަޔަކު ހޯދަން ބިޑަށް ހުޅުވާލާ.
ކ.މާލެސަރުކާރު
15 March 2025
ތިކަމާ ވިސްނާނަން.
ހަސަންކާރި
15 March 2025
އައްޑޫގައި ޓޫރިޒަމް ނުހިނގައިގެން އުޅެނީ ސަރުކާރުން ކަންކަން ނުކޮށްގެނެއް ނޫން. ތިތަނުގައި ރިސޯޓް ނޫނީ ހޮޓެލް ޓޫރިޒަމް ހިންގޭނެ ގޮތެއް ނެތިގެން. ގުދިރަތީ ވަސީލަތްތައް ނެތިގެން. ބީޗެއް އޮތީކީނޫން، މުޅި އަތޮޅު ބިންހިއްކާފައި، ފަޅުގައި ހުއި. ތިތަނުގައި 100 ކޮޓަރީގެ 10 ބުރީގެ އެންމެ ހޮޓަލެއްވެސް ގަންނާނީ މޮޔައަކު. އެހެން ރަށްރަށުގައި ޓޫރިޒަމް އެހިނގަނީ ކޮންމެހޭ މާލޭ ސަރުކާރުން ކަމެއް ކޮށްދީގެނެއް ނޫން.
އޮނަރަބްލް އަފީފު ދީދީ
15 March 2025
ރަށް ނުޙުޅުވާނަމަ ބަޔަކަށް ރަށް ދީގެން ނުތިބެވޭނެ. ރަށުގެކުލި މާލޭސަރުކާރަށްލިބުމަކީ ރަށް އޮތް އައްޑޫއަށް ލިބޭ އެއްޗެއްކަމަކަށް ނުބެލެވޭނެ. މަތީގައި ދެންނެވިގޮތަށް ހޮޓާ ތަރައްޤީކުރާނެ އިންވެސްޓަރުން ލިބުމާއިއެކު، އެއްފަހަރާ ހޮޓަލުގެ އަގު ދެއްކުމުން 50 އަހަރަށް ހޮޓާ ގަންނަފަރާތަކަށް އިންވެސްޓްމަންޓް ވިއްކާލުމަށްފަހު ހޮޓާ ހެދި މީހުނަށް އަގު އަދާކުރޭ. މި 8 ހޮޓަލުންވެސް އައްޑުއަށް ފުދޭނެ ވަޒީފާ އުފެދޭނެ. ކޮންމެހެން ޝަންޣްރިލާޒް އެއް ބޭނުމެއް ނުވާނެ.
އަހުމަދުބޭ
15 March 2025
ސިޓީ ހޮޓަލެއް އަޅަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ އޯސަމް ޕްރޮޕާޓީޒް ޕްރައިވެޓް ލިމިޓެޑާ ހަވާލް ކޮއްފިއެވެ. މިތާގަ އަޅުގަނޑަށް އުފެދޭ ސުވާލްއަކީ މިފަދަތަނަވަސް ކަންހުރި ކުރީގެ ރައީސަކަށް ކޮއްފައިވާ މީހަކަށް ދައުލަތުން މިހާރުވެސް ރައީސްކަން ކުރި މީހުންނަށްދޭ ދައުލަތުގެ އިނާޔަތް ހަމަ ހައްގުތޯ ؟ މިދައްކަނީ މަހަކު 350،000.00 ރުފިޔާ ދޭވަހަކަ؟
އަފްރާސިޔާބު
15 March 2025
ގާނޫނުން ދޭން ކަނޑައަޅާފައިވާ އެއްޗެއް ހައްގު ނުވާނެ ގޮތެއް ކަލޭ ބުނެދޭންވީނުން. ތީ ޕެންޝަން ފަންޑު ހިންގާގޮތަށް ވިސްނުން ހުރީމާ ވާގޮތެއް. 65 އަހަރުވީމާ ސަރުކާރުން ދޭ އެއްޗެއް ނުލިބޭ އޭނާގެ އަމިއްލަ މަސައްކަތުން 25 ހާސްރުފިޔާގެ މުސާއެއް ލިބޭ ވަޒީފާއެއްގައި ކުންފުންޒެއްގައި މަސައްކަތް ކުރީމާ.
އޮނަރަބްލް އަފީފު ދީދީ
15 March 2025
އެޓޯލްސް މިނިސްޓްރީގެ ފަރާތުން އާދަނު ނުވަތަ ކ.މާލޭގެ ވުޒާރާއަކުން ތިކަން ހުއްޓުވާނެ. ކ.މާލޭގައި ހުންނަ އިދާރާއަކަށް ފައިސާ ނުވަންނަ ގޮތަށް ތުރާކުނުން އައްޑުއަށް ހިމެނޭ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ކުރާކަށް މާލޭސަރުކާރުން އެއްވެސް ރަށެއްގެ ކައުންސިލަށް އަދި އަމިއްލަ ވިޔަފާރި ވެރިއަކަށްވެސް ހުއްދަ ނުދޭނެ. މިހާރު ބަލާން ތިބޭނީ ޤަވާއިދެއްގެ ދެފޮޅުވައް ދޭތެރެއިންވެސް ތަންކޮޅެއް ހޯދައިގެން ތިކަން ހުއްޓުވޭނެ ގޮތެއް. ލާމަރުކަޒީވެސް ކުރީ ނަމަކަށް.