16 މާޗް 2025 - 00:03
އެފްއޭއެމްގެ ދަރަނި އަދާކުރުމުގެ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކާ އެކު މަޝްވަރާތަށް ފަށާފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެ އެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެން، ރާފިއު ވިދާޅުވީ އެފްއޭއެމްގެ ދަރަނި އަދާކުރުމުގެ މަސައްކަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު ކުރާ މަޝްވަރާއިން ފަހި ގޮތްތަކަކަށް ކަންކަން ނިމިގެންދާނެ ކަމަށެވެ.
"އެފްއޭއެމްގެ ދަރަނިތައް އަދާކުރުމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާ މިނިސްޓްރީގެ ފަރާތުން ވާހަކަ ދައްކަމުން އަންނަކަން ވެސް ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެންނަށް ލިބިގެންދާނީ ވަރަށް ފަހި ގޮތެއްގައި،" މިރޭގެ ކޮންގްރެސްގައި ރާފިއު ވިދާޅުވި އެވެ.
އެފްއޭއެމްގެ ދަރަނި 150 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރަ އެވެ. ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެފްއޭއެމުން ފައިސާ ދައްކަން ޖެހިފައިވާ ކުންފުނިތަކަކީ، މޯލްޑިވިއަން، އެސްޓީއޯ އަދި އެޗްޑީސީ އެވެ.
އެފްއޭއެމްގެ ކޮންގްރެސް އޮބްޒާވް ކުރުމަށް ރާއްޖެ އައި ފީފާ އާއި އޭއެފްސީގެ މަންދޫބުންނާ މިނިސްޓަރު ރާފިއު ސަލާމް ކުރައްވަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މޯލްޑިވިއަން އަށް ދައްކަން ޖެހެނީ ކުރިން ނަގާފައި ހުރި ޓިކެޓްތަކުގެ ފައިސާގެ ގޮތުގައި ދައްކަން ޖެހޭ 7.4 މިލިއަން ރުފިޔާ އެވެ. އެސްޓީއޯ އަށް ދައްކަން ޖެހޭނީ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ހޯމް އެންޑް އަވޭ އުސޫލުން ދިވެހި ލީގު ބާއްވަން ކުޅުނު ކޮލިފައިން މުބާރާތުގެ ސްޕޮންސާޝިޕްގެ ފައިސާ ނަގައި މުބާރާތް ބާއްވާފައި ނުވާތީ ދައްކަން ޖެހޭ 1.5 މިލިއަން ރުފިޔާ އެވެ. އެޗްޑީސީ އަށް ދައްކަން ޖެހޭނީ ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލޭގެ ފޭސް އެކަކުން ދޫކުރި ބިމަށް ވާ ކުއްޔެވެ. ކުލި ނަގަން ފެށިތާ ހަތަރު އަަހަރު ވީ އިރު ވެސް އެއްވެސް މަހަކު އެފްއޭއެމުން ކުއްޔެއް ނުދައްކަ އެވެ. އެހެންވެ އެ ބިން ހުސް ކުރަން ވެސް އެޗްޑީސީން ނޯޓިސް ދިނެވެ.
ރާފިއު ވިދާޅުވީ އެފްއޭއެމް އޮތް ހާލަތުން ނަގަން މި ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާފައިވާ ކަމަށެވެ. ނޯމަލައިޒޭޝަން ކޮމިޓީން މިދިޔަ އަހަރު އޯގަސްޓް މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި އިރު އެފްއޭއެމްގެ އޮފީސް ވީރާނާ ވެފައިވުމުން އޮފީސް ހިންގާނެ އިމާރާތާއި އެފްއޭއެމް އާއި ފުޓްބޯޅައާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީގެ މުވައްޒަފުން ބައިވެރިކޮށްގެން ކުރިއަށް ގެންދިއުމުގެ ފުރުސަތު ދީފައިވާނެ ކަމަށް ރާފިއު ވިދާޅުވި އެވެ.
އެފްއޭއެމް އާއި ފުޓްބޯޅައިގެ ހާލަތު ކިތަންމެ އުނދަގޫކޮށް އޮތް ނަމަވެސް ފުޓްބޯޅަ މެޗުތަކާއި މުބާރާތްތަކުގައި ވާދަކުރުމުގެ އެއްވެސް ފުރުސަތެއް ގެއްލުނަ ނުދީ ޓީމުތައް ދަތުރު ކުރުމަށް މިނިސްޓްރީން ޓިކެޓް ފޯރުކޮށް ދީފައިވާނެކަން ހާއްސަ ގޮތެއްގައި އޭނާ ފާހަގަ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
16 March 2025
ވަޒީރު އެދިވަޑައިގަތް ކަމަށްވިޔަސް އެތަނެއްގެ މައްޗަށް ބޭރުގެ ބައިނަލް ޖަމާއަތެއްގެ ބާރު ހިގާ FAM ގެ ވެރިންނަށް ތިބި ބަޔަކު އެތަނުގެ ތެރޭގައި ހިންގާފައިވާ ވައްކަމެއް ބޮލުގައި އަޅައި އެވައްކަމުގެ އަގު ޙަލާސް ކުރުމަށް ދައުލަތާއި ރައްޔަތް ޙިއްސާވާ އެއްވެސް ކުންފުންޏަކުން ޙަވާލު ވެގެން ނުވާނެ. ޝަރީޢަތުން ނިންމާންޖެހޭ މިފަދަ ކަމަކާއި ޙިވާލުވާ ކުންފުންޏެއްގެ މެނޭޖްމަންޓާއި ބޯޑުން އެފަދަ ކަމެއް ކުރުމަކީ ޖިނާޢީ ކުށެއްގައި ބައިވެރިވުން ފަދަ ކަމެއް.
މެލޭސިޔާ ހުސޭނު
16 March 2025
ކަނަތައްގަނޑު ފެށުނީ. މިއުޅެނީ ސަރުކާރުން ކުންފުނިތަކައް ދައްކަންޖެހޭ މިލިއަނުން ހުރި ފައިސާގެ ތެރެއިން އެންމެ ލާރިއެއްވެސް ނުލިބިގެން. އަނެއްކާ ކުންފުނިތައް ވީދައިގެން ކާންވީ. މޮޑު މުސީބާތެކޭމީ ހުވާ
އެޗުޑީސީ
16 March 2025
ހެހެ އަނެއްކާ ޢެޗްޑީސީގެ 2024 ވަނަ އަހަރުގެ ބޯނަސް މިޖެހުނީ އެފްއޭއެމްއަށް ސަދަގާތްކުރަން. 2023 ވަނަ އަހަރުވެސް ދިނީ ވަކިލާރި ކޮޅެއްް.
ވޯލް
16 March 2025
އެފްއޭއެމްގެ ދަރަނި ތަކަކީ ބައްސާމުގެ ވ ނަތީޖާ. އެ ފައިސާ އޭނަ އަތުން ހޯދާ. ތިޔަ ކުންދުނިތަކަކީ ރައްޔިތުންގެ ފައިސާ، ބައްސާމް އެފްއޭއެމް ބ ދިޔައީމަ އެތަން ފޫ ބައްދަންވީ ރައްޔިތުން؟
އޮނަރަބްލް އަފީފު ދީދީ
16 March 2025
ވަޒީރު ،، ނޫޅުއްވާ. ދައުލަތާއި ރައްޔަތް ޙިއްސާވާ ޕަބްލިކް ކުންފުނި ތަކަކީ ތިބޭޅާމެން ހިތު ހުރިކަމެއް ހިތު ހުރިގޮތަކަށް ކުރާން ހުރި ތަންތަނެއްނޫން. ޕަބްލިކް ކުންފުނި ތަކަކީ ދައުލަތުގެ އިތުރުން އެކުންފުނި ތަކުގެ ޙިއްސާ ގަނެފައިވާ ޙިއްސާ ދާރުންގެ މަސްލަޙަތާއި އެމީހުންގެ ޙައްޤުވެސް އޮތް ތަންތަން. ތިގޮތަށް ފީސަބީލިއްލާހިއަށް މުދާ ބަހާލަން ވާހަކަދެއްކާނީ އަމިއްލަ ކުންފުންޏެއްނަމަ. އެތައްހާސް ރައްޔިތުންގެ ޙިއްސާއޮންނަ ކުންފުންޏަށް އަތްބާނަން ނޫޅޭ.