ދިރާގު ރޯޑް ރޭހުގެ 5 ކިލޯމީޓަރު ދުވުމުގެ ބައިވެރިން ދުވަނީ. މި އަހަރުގެ ދުވުމުގައި 4،400 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައި --- ފޮޓޯ: ނިޝާން އަލީ | މިހާރު
16 މާޗް 2025 - 22:45
ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އަތޮޅު ތެރޭގެ ފުރަތަމަ އެޑިޝަން "ދިރާގު ފުވައްމުލައް ރަން"ގައި ބައިވެރިވުމުގެ ފުރުސަތު އަންގާރަ ދުވަހު ހަމަވާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
މި ދުވުމަކީ ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ ދަށުން އަތޮޅުތަކުގައި ބާއްވާ ފުރަތަމަ ދުވުމެވެ. މެއި މަހުގެ ދެ ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ މި ދުވުމުގައި ދިރާގު ވެބްސައިޓު މެދުވެރިކޮށް ބައިވެރިވެވޭނެ އެވެ. އެ ދުވުމަކީ ރޯޑް ރޭހެކޭ އެއްފަދައިން ހާފްމެރަތަން، 5ކޭ، 10ކޭ އަދި ސްކޫލްތަކުގެ ކެޓަގަރީގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ކެޓަގަރީ ވެސް ހިމަނައިގެން ބާއްވާ ދުވުމެކެވެ. އަދި މި ދުވުމަށް ޖުމްލަ 2،32000 ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅާފަ އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ގުޅިގެން މި ދުވުން ފުވައްމުލަކުގައި ބާއްވަން ނިންމީ ފުވައްމުލަކަކީ ދުވުންތެރިންނަށް ހާއްސަ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކޮށް ދިވެހި ދުވުންތެރިންނަށް އިތުރު ފުރުސަތުތަކެއް ފަހި ކޮށްދިނުން ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ. ދިރާގު ރޯޑް ރޭހުގެ ދަށުން ބައްވާ ފުވައްމުލައް ރަން ވެސް މިހާރު ވަނީ އެއިމްސްގެ ކަލަންޑަރުގައި ލިސްޓުކޮށްފަ އެވެ.
ދިރާގުން ފުވައްމުލަކުގައި ދުވުން ބޭއްވި ނަމަވެސް ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ދުވުން މިއަހަރު ވެސް އޮންނާނެ އެވެ. އެ ދުވުން އޮންނާނީ އޮކްޓޯބަރު 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
17 March 2025
ފުވައް މުލަކު ދުވުމޭ ނުކީ ކީއްވެގެން؟ ހަމަ ދިވެހި ބަސް ދެކޭ، ކަލޭމެން، ރުޅިއަންނަނީ ދޯ؟ "މޯޑިޝް ރޯޑު ރޭސް" ގެ ބަދަލުގަ، ކިޔާނެ ދިވެހި ނަމެއް ނެތީތަ؟
އާމިނަތު1
17 March 2025
ރޭސްގެ ބައިވެރިއަކަށް ސިއްޚީ ކުއްލި ހާލަތެއް ދިމާވެދާނެ ހާލަތަކަށް ކިހާވަރަކަށް ރެޑީ ވާނެތޯ؟