17 މާޗް 2025 - 11:06
ފްރާންސް ލީގުގެ ރެލިގޭޝަން ޒޯންގައި އޮތް ދެ ޓީމު ކަމަށްވާ މޮންޕެލިޔޭ އާއި ސެއިންޓް އެޓިއެން ކުޅުނު މެޗުގައި ސަޕޯޓަރުން ދަނޑަށް އުކި އަލިފާން ބޯޅައިން ހުޅުހިފުމުން މެޗު ހުއްޓާލައިފި އެވެ.
ޖުމުލަ 18 ޓީމު ހިމެނޭ ލީގުގެ ފުލުގައި އޮތް މޮންޕެލިޔޭގެ ދަނޑުގައި އެ ޓީމާ ދެކޮޅަށް ތާވަލުގެ 17 ވަނައިގައި އޮތް ސެއިންޓް އެޓިއެންއިން ދެ ލަނޑުގެ ލީޑެއް ނަގާފައި އޮތެވެ.
ލޫކަސް ސްޓާސިންގެ ދެ ލަނޑުން ސެއިންޓް އެޓިއެން އިން 53 ވަނަ މިނެޓްގައި ލީޑް ފުޅާ ކުރިތާ މާގިނަ އިރެއް ނުވެ މޮންޕެލިޔޭގެ ސަޕޯޓަރުން ތިބި ފަޅިން ހަމަނުޖެހުންތައް ފެށި އެވެ.
އެ ޓީމުގެ ސަޕޯޓަރުން ދަނޑަށް އަލިފާން ބޯޅަ އުކަން ފެށުމުން މެޗުގެ 60 ވަނަ މިނެޓްގައި މެޗު ހުއްޓާލި އެވެ. އަލިފާން ބޯޅައިން ދަނޑުގެ ގޮޑިބަރި ސަރަހައްދުގައި ކޮންމެވެސް ވަރަށް ހުޅުވެސް ރޯވި އެވެ. އެއްވެސް މީހަކަށް ހާނިއްކައެއް ނުވި ނަމަވެސް، ދަނޑުގައި ހާލަތު އޮތީ މެޗު އަލުން ފެށޭ ގޮތަކަށް ނޫނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް ޕްރޯ މެކްސް
17 March 2025
ދޮގުހަބަރު ނުފަތުން ވަސިއްޔަތް ކުރަން. ޔޫރަޕްގައި ތިކަހަލަ ނާތަހުޒީބު ކަންކަމެއް ނުކުރާނެ. އެމީހުން ރަތް ފިނިފެންމަލުގެ ފިޔަކޮޅެއް ދަނޑަށް ނޫކާނެއެކޭ ނޫން މިބުނަނީ. އުކިއަސް އެމީހުން ދާނީ ދަނޑަށް އަރާ ސާފުކޮށްފައި. ނަސްލީ ގޮތުން ޖައްސާލަން ދޮންކެޔޮ ތޮށި ޔޫރަޕްގެ ތަހުޒީބު މީހުން ދަނޑަށް އުކުމަކީ އަދި އެހެން ކަމެއް.
ރަދީފްއޮފިޝަލް
17 March 2025
މަހީކުރީ އަލިފާން ބޯޅަ އުކަނީ މިކޮޅުގަ އެކަނިކަމަށް.ނަމަވެސް އެއީ ހުޅަނގުން އައި ކަމެއްކަން މިހާރު ޔަގީންވެއްޖެ.