އިޒްރޭލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ޝަހީދުވި ބައެއް މީހުންގެ ހަށިތައް އަލް މަމްދާނީ ހޮސްޕިޓަލް ކައިރީގައި އަތުރާފައި. -- ފޮޓޯ: އޭއެފްޕީ
19 މާޗް 2025 - 09:05
ފަލަސްތީނުގެ ޣައްޒާ އަށް އިޒްރޭލުން އަނެއްކާވެސް ދެމުންދާ ލާއިންސާނީ އުދުވާނުތައް ވަގުތުން ހުއްޓުވައި ދިނުމަށް ރާއްޖޭން ދުނިޔެ އަށް ރޭ ގޮވާލައިފި އެވެ.
އިޒްރޭލާއި ހަމާސް އިން ހެދި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހަމަލާ ނުދީ ތިބުމަށް ފަހު، އިޒްރޭލުން ޣައްޒާގެ އެތަންމިތަނަށް ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު ވަނީ 400 އަށް ވުރެ އިތުރުވެފަ އެވެ.
އިޒްރޭލުގެ އަމަލުތައް ކުށްވެރިކޮށް، ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މިހާތަނަށް ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭއިރު، މި ރޯދަމަހުގެ ތެރޭގައި އިޒްރޭލުން ފަށާފައިވާ މި ހަމަލާތަކަކީ ހަމަލާތައް ހުއްޓާލުމަށް ވި އެއްބަސްވުމާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ޤާނޫނާ މުޅިން ހިލާފު އަމަލުތަކެއް ކަމަށެވެ.
"އިޒްރޭލުން ކުރިއަށް ގެންދާ މިފަދަ އަނިޔާވެރި އަމަލުތައް ވަގުތުން ހުއްޓުވައި، ޣައްޒާގެ ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދީ، އިޒްރޭލުގެ އަނިޔާވެރި އަމަލުތަކަށް އިޒްރޭލު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ދިވެހިރާއްޖެ އިން ގޮވާލާ ގޮވާލުން ތަކުރާރުކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
އަދި މި މައްސަލަ އަށް ދެމެހެއްޓެނިވި އަދި އަދުލުވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމުގައި ރާއްޖޭން ނަގާފައިވާ ސްޓޭންޑު ވަނީ ތަކުރާރުކޮށްފަ އެވެ.
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް ފަހު، ދެ ވަނަ މަރުހަލާ ފެށުމުގެ ގޮތުން އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުން ކަމަށް ބުނެ ދިން ހަމަލާތައް އަމާޒުކުރީ ހަމާސްގެ މަރުކަޒުތަކަށް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ.
ހަމާސް އިން ބުނީ އިޒްރޭލުގެ ހަމަލާތަކާ އެކު ރަހީނުންނަށް ދެން ވާނެ ގޮތެއް ނޭނގޭ ކަމަށާއި މިއީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބޭނުންވި ގޮތް ކަމަށެވެ.
އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކާޒް ބުނީ ރަހީނުކޮށްފައިވާ އެންމެން ދޫކޮށްނުލާހާ ހިނދަކު ހަމަލާތައް ދާނީ ކުރިއަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮޖިކް
19 March 2025
އޯކޭ ގޮވިއްޖެ! ދެން މިޤައުމުގައި ކުރެވެން ހުރި ކަންކަން މިތާ ތިބި ވެރިންނާއި މަޖިލިސް މެމްބަރުންނަށް އިޒްރާއީލް އާދެކޮޅަށް ނުކުރަނީ ކީއްވެ؟ ޕާސްޕޯރޓް މަނާ ކުރަންވެސް ފަހަތު ފަޔަށް ބުރަވެފަ! އިޙްލާސްތެރިކަން ހުރިވަރު ފެނިއްޖެ! ދެން ހެޔޮ ބޭކާރު ވާހަކަ ނުދެއްކިޔަސް!
އ
19 March 2025
ކަރު ފަޅައިފެން ދާ ވަރައް ގޮވިޔަސް އެވެރިންނަކައް ވައްޖަހުތަކޭވެސް ހިތަކައް ނާރާނެ.... ސިކުނޑި ނެތީތަ... ޕޕ ބޭން ކޮއްލަބަލަ... އޭރުން ކެކިއަރާނެ.... ތި ތިބެނީ މާއްދިއްޔަތައް ގޮސް ހުސްވެ ރާލިޔާ މުދަލައް ބަޚީލުވެފައި... ދެން ކިހިނެއް ކަމެއް ރަނގަޅުވާނީ.... ގޮވަގޮވާތިބެ ހެޔޮވަރު ވަރަކައް ކައިގެން...
ބަބްސް
19 March 2025
ހުސް ދެފުންކެެހެރިން ... ކޮންކަމެއް ހުއްޓަންތޯ ތިގޮވަނީ ... ޕާސްޕޯޓް މަނާކުރުމަކީ ކުރެވޭނެ ކަމެއް. ނުކޮށް ދަންމަނީ ދުނިޔެއެދޭތި ... ސުވާލު ކުރެވޭނެ. މުސްލިމުންނޯމީ ...
9
19 March 2025
ކިތޭވަރަށް ގޮވިއަސް ދެން މިއަހަރު ފެބުރުއަރީއެއް ނާންނާނެ.
އެޗް އެމް
19 March 2025
ދެއިރު ދެދަޅަޔަށްވެސް ގޮވަންވީ. އިޒްރާއީލްގެ ޕާސްޕޯޓް މަނާ ކޮށް އމީހުންގެ އުފެއްދުން މަނާ ކުރުވަން އެދި އާންމުންވެސް އެދަނީ ދިވެހިސަރުކާރަށް ހުއްޓުމެއް ނެތި ގޮވަމުން. މިކަހަލަ ގޮވުންތަކަކީ އާދަކާދައިގެ ތެރެއިން ގޮވާލެވޭ ގޮވުން ތަކެއް. މީގައި އޮތީ ބުނުން. އަމަލުކުރުމެއް ނޯވޭ.
ނުނން
19 March 2025
ނުކެރޭނެ ޕާސްޓްޕޯރޓް މަނާކުރާކަށް ؟؟ ވަރަށްސާފު މިބުނީ....
ފާނަކޮށި
19 March 2025
މިހާރުން މިހާރަށް އިޒްރާއިލްގެ ޕާސްޓްޕޯރޓް މަނާކޮށްބަލަ....