ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ މަނިކުފާނުގެ ކޮޓަރިކޮޅު ސާފު ކުރެއްވުމުގެ މަސައްކަތުގައި އެންމެ ފަހުން އުޅުމަށް ފަހު، އިބްރާހިމް މޫސާ، އޭނާގެ އުފަން ރަށް ދ. ރިނބުދު އަށް ބަދަލުވާން ޖެހުނީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އެވެ. އިބްރާހިމް ބުނިގޮތުގައި ދަރައި ވިކިގެން މާލޭގައި އުޅެން އޭނާ ބޭނުން ނުވީ އެވެ.
20 މާޗް 2025 - 09:03
އިބްރާހިމް ބުނީ، މައުމޫނު އޮފީސް ނިންމަވާފައި ރިޔާސީ ގަނޑުވަރަށް އެނބުރި ވަޑައިގަތުމުގެ ކުރިން ކޮންމެ ދުވަހަކު ވެސް އެ މަނިކުފާނުގެ ކޮޓަރިކޮޅު ފޮޅާ ސާފުކޮށް ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. ކޮޓަރިކޮޅު ބެލެހެއްޓުމަކީ ރަސްމީ ވަޒީފާ ކަމަށް ވިޔަސް ސަމާސާ ރާގެއްގައި އިބްރާހިމް ބުނިގޮތުގައި، އޭނާ އެ ދުވަސްވަރު އުޅުނީ "ފުޅިމަދު އުނގުރިއެއް" ގޮތަށެވެ. އެ މަސައްކަތުގެ އިތުރުން ހަވާލުކުރި ކޮންމެ ކަމެއް ކުރެ އެވެ.
އެކަމަކު އޭރު ގައުމުގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނެވި ބޭފުޅާގެ ކޮޓަރިކޮޅު ބެލެހެއްޓުމުގެ މަސައްކަތް ކުރަން ލިބުމަކީ އިބްރާހިމަށް އަދިވެސް ހާއްސަ ކަމެކެވެ. އެ ވާހަކަ އަދިވެސް އޭނާ ދައްކަނީ ފަހުރުވެރިކަމާ އެކުގަ އެވެ.
ނަމަވެސް ރިޔާސީ ގަނޑުވަރުގައި ދެތިން އަހަރު މަސައްކަތް ކުރުމަށް ފަހު، އާމްދަނީގެ ތާށިކަމާ ހުރެ 1987 ވަނަ އަހަރުގެ ތެރޭގައި އޭނާ ރަށަށް ބަދަލުވީ އެވެ.
އޭރުއްސުރެ އޭނާ އަންނަނީ "ދަނބުމާސްޓޯރު" ގެ ނަމުގައި ފިހާރައެއް ހިންގަމުންނެވެ. ގޭގެ ގޯތި ތެރޭގައި ކުޑަކުޑަ ތަންކޮޅެއް ފިހާރައަކަށް ބަދަލުކޮށްގެން އެ ވިޔަފާރި ހިންގަމުންދާތާ މިހާރު 36 އަހަރު ވެއްޖެ އެވެ. އެ ވިޔަފާރިން މިހާރު ފައިދާއެއް ނުވިޔަސް އެނާ އެކަން ކުރަނީ ކުރާ ހިތުން ކަމަށް އިބްރާހިމް ބުނެ އެވެ.
ވިޔަފާރި ހިންގަމުންދަނީ އަދިވެސް އޭރު ހިންގަމުން ދިޔަ ކުޑަކުޑަ ތަންކޮޅުގެ ތެރޭގަ އެވެ. ވިޔަފާރި ކޮށްގެން މީހުން ގެންދާ މުދަލާއި ދަރަންޏަށް ގެންދާ ސާމާނުތައް ވެސް އޭނާ އަދިވެސް ނޯޓު ކުރަނީ ލޮގް ފޮތެއްގަ އެވެ. އެންމެ އިހުގެ ގޮތަށެވެ.
އިބްރާހިމް އޭނާގެ ބެޓަރީ ސައިކަލުގައި ތަނަކަށް ދަނީ: އިބްރާހިމް ބުނީ މިހާރު ރަށުގައި ވިޔަފާރި ރަނގަޅެއް ނޫނެވެ. ހަ ސަތޭކައެއްހާ މީހުން ދިރިއުޅޭ ރިނބުދޫގައި ހައެއްކަ ފިހާރަ ހުންނާތީ ފައިދާއެއް ނުނެރެވެ އެވެ. މިހާރު ފިހާރަ އަށް އޭނާ ވަންނަނީ ވެސް މީހަކު އެއްޗެއް ގަންނަން ދިއުމުންނެވެ. އެކަމަކު، ގެއްލުން ލިބުނަސް ހުއްޓާނުލާ އެ މަސައްކަތް ކުރަމުންދަނީ ކުރާ ހިތްވާ ކަމަކަށް ވާތީ ކަމަށް އިބްރާހިމް ބުންޏެވެ.
އިބްރާހިމް އޭނާގެ ގޭގެ އުނދޯއްޔެއްގައި އިށީނދެލައިގެން: އިބްރާހީމްގެ އަންހެނުން ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފަ އެވެ. އެ ކައިވެންޏަށް އޭނާ އަށް ހަތަރު ކުދިން ލިބިފައިވާއިރު، އޭގެ ތެރެއިން އެއް ކުއްޖަކު ދިރިއުޅެމުންދަނީ އިބްރާހިމާ އެކު އެ ގޭގަ އެވެ. އަނެއް ތިން ކުދިން މާލޭގައި އުޅެމުން އަޔަސް އޭނާ އަށް އެހީވެ އެވެ.
ވިޔަފާރީގައި ބޭނުންވާ މުދާ ބޯޓަށް އަރުވަނީ އެންމެ ހަގު އަންހެން ދަރިފުޅު އިނދެގެން އުޅޭ މީހާ އެވެ. އެކަމަކު މުދާ ބަލައި ބަނދަރަށް ދަނީ އިބްރާހިމެވެ. އޭނާ ގެންގުޅޭ ކުޑަ ރަށު ޕިކަޕަކަށް އަރުވައިގެން މުދާ ގެއާ ހިސާބަށް ވެސް ގެންދަނީ އިބްރާހިމެވެ.
ފިހާރަ ބަންދުކުރުމަށް ފަހު، ހަވީރެއްހާއިރު އިބްރާހިމްގެ ބެޓަރީ ބައިސްކަލުގައި ކޮންމެ ދުވަހަކު ވެސް ރަށުގެ ބަނދަރު މައްޗަށް މަސް ބާނަން ވެސް ދެ އެވެ. އުމުރުން ކިތަންމެ ދުވަސް ވިޔަސް އޭނާ އުޅެމުން އަންނަނީ ހެލިފެލި ދިރިއުޅުމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީސްމީހުން
29 March 2025
މައުމޫން ގެ އެހީތެރިކަމެއް ލިބޭތޯ މިޙާރު ހަމަ އަހާލީ
ކޮރަލް
20 March 2025
އެހީވާން ވީ އެވެ. ރަމަލާން މަހެކެވެ. މަސައްކަތް ތެރި އެކެވެ. . އިބްރާހީމް ހިދުމަތް ކޮށްދިން މީހުން އިބްރާހީމް އަށް މާލީ އެހީ އެއް ވާން ވީ އެވެ.
އަބްޑޫޅް +
21 March 2025
ދިވެހިބަހުން ކިޔަނީ "ރަމަލާން" މަހެއް ނޫން. "ރޯދަމަސް". ކަލެޔަކީ، ދިވެހިބަސް ދެކޭ ރުޅި އަންނަ، އަރަބި، ބިދޭސީއެއްތަ؟
ހައްގު
20 March 2025
ވ. ހިތްވަރުގަދަ މުރާލި ކެރޭ އަޒުމު ވަރުގަދަ ބޭފުޅެއް. މާޝާ ﷲ. ނަމޫނާއަކަށް ފުދޭ. ތިގޮތުގާ ކުރިއަށް ދޭ!
ބޭބެ ހެޕީ
20 March 2025
ލިބޭ މިންވަރު ނިކަން ދަނެގެން، ވި ބޭނުންތައް ބަހާލައިގެން. ތިބޭނަމައީ ފިކުރު ކޮށްގެން މިބޭޒާރެއް ނުވެސް ވާނޭ.
ރަދީފްއޮފިޝަލް / 20 ވަނަ ރޯދަ
20 March 2025
ސާބަހޭ ބޭބޭ. ބޭބެއަށް ހެޔޮ ރަހްމަތް ލައްވާށި.އާމީން.
ވަނޫދު
20 March 2025
މީހަކަށް އުނދަގޫނުކޮށް އަމިއްލަ ކަމެއްގަ އުޅެލައިގެން ނިމި ދިއުމަށް ވުރެ އުފާވެރިކަމެއް ނޯންނާނެ. ބޭބެއަށް ހެޔޮ ރަހުމަތް ލައްވާށި
އަކަފޫޓް
20 March 2025
މަޢުމޫނަށް އެހީވި އެއްވެސް މީހަކަށް ކުރިއެރުމެއްނުލިބޭ..
ސަމުގާ
20 March 2025
އަމިއްލަ ރަށުގަ އަމިއްލަ ގޭގަ އަމިއްލަ ވިޔަފާރިއެއްކޮށްލައިގެން ހަމަޖެހިގެން އުޅުމަށްވުރެ ބޮޑު ކުރިއެރުމަކީ ކޮބައިބާ!؟
ފޮގުބެ
20 March 2025
މައުމޫނަށް އެހީވީއެއްނޫން. އެއީ އަދާކުރި ސަރުކާރު ވަޒީފާއެއް. އަހާ ބަލާ ހިލޭސާބަހަށް ކަމެއް ކޮށްދިނިންތޯ. ދެތިންއަހަރު ފޮޅާސާފުކުރާ ވަޒީފާއެއްގަ އުޅެގެން މީހަކު މުއްސަނދި ވާނެތަ.
ޢާދަންބެ
20 March 2025
ސަޅި. ބޭބެއަށް ރަހުމަތް ލައްވާ، ބަރަކާތްތެރި ހަޔާތެއް މިންވަރު ކުރައްވާށި. އެންމެ ސުވާލެއް، މައުމޫނު ކޮޓަރި ތަރުތީބުކުރި ބޭފުޅާގެ ފިހާރަގައި އެއްވެސް ތަރުތީބެއް ނުފެނޭ. އެއީ ކީއްވެ؟
ހެޔޮކޮށް
20 March 2025
ފިހާރައިގެ އެެއްވެސް ތަރުތީބެެއްނެތް. އެކިއެއްޗެތި އެކިތަނަށް ގުޅައަކަށްޖަހާފައި
އިބްރާހިމްގެ ފަރާތުން
20 March 2025
އެއީ މައުމޫނު ނޫންވީމާ. މައުމޫނުގެ ކޮޓަރިކޮޅު ތަރުތީބު ކުރަނީ މައުމޫނު ބޭނުންވާގޮތަށް. އިބްރާހިމް ބޭނުންވާގޮތަކަށްނޫން، މައުމޫނުގެ އެކޮޓަރީ އިބްރާހިމްގެ މިފިހާރަ އަށް ވުރެ އެތައްގުނަ ބޮޑުވާނެ. އެނގިއްޖެތަ؟
މިއީ ފަހު 10 ވީމަ
20 March 2025
ކޮމެންޓް ކުރާނަން ފަހުން
ކޮރަލް
20 March 2025
މިހާރު އުމުރަށް ބަލާލަ ބަލާށެވެ. ރަނގަޅަށް ކިޔާލަ ބަލާށެވެ.
ގޮބޮޅިކަލޯ
20 March 2025
ތަނުގެ ސާފުކަމާއި ތަރުތީބު ގުޅިފަ އޮންނާނީ ތަނުގެ ބޮޑު ކުޑަ މިނަކާނޫން. ތަން ބަލަހައްޓާ މީހާގެ ސުލޫކާ.
ތުއްތޮ
20 March 2025
އިބްރާހިމް ރަށަށް ބަދަލުވީ ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ. ރަށަށް ބަދަލުވެ ލިބޭ އާމްދަނީން ދެކޮޅުޖެހި ފައިސާ ގިނަވެ ފައިސާ އިސްރާފުކުރުން މިއޮތީ.
ރައުޔަ
20 March 2025
ތީއީ ފިހާރައެއްތަ ނޫނީ ގުދަނެއްތަ ކޮންމެސް މީހަކު އެ ބޭބެއަށް ފިހާރަ ހިންގަން އެހީވާނެނަމަ ކިހާރަނގަޅު.
އެނގޭ ރައުޔު
20 March 2025
ތިމާގެ އަމިއްލަ ބައްޕަ އާއި ގޭގެ މީހުންގެ ކަންކަން ރަގަޅު ކުރަން ދޭ. މީހުންނަށް މޮޅެތި ހިޔާލުތައް ދިނުމުގެ ބަދަލުގައި.
ހުޅުލޭ ހަސީބް
20 March 2025
ރަނގަޅަށް ލިޔުން ކިޔާލިނަމަ ތިކޮމެންޓް ނުކުރާނެ. ޒަމާނީ ޝޮޕިންގ މޯލެއް ބޭބެ ހިންގާތީ ލިޔެފައިއޮތް އާޓިކަލް އެއްނޫން މިއީ