ޚަބަރު

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ސީޕީ ފަސީހު

ކުރީގެ ސީޕީ ފަސީހު

21 މާޗް 2025 - 03:37

67 comments

އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) އަހުމަދު ފަސީހު ދެންމެ އައްޔަން ކުރައްވައިފި އެވެ.

ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރެއްވުމަށް ފަހު، ފަސީހު ރިޓަޔާ ކުރެއްވީ 2012 އިގަ އެވެ. އެކަމަކު، އޭގެ ފަހުން އޭނާ ވަނީ ޕޮލިސް ބޯޑުގައި ޑިސެމްބަރު 12، 2022 އިން ފެށިގެން މަސައްކަތް ކުރައްވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ފަސީހު އައްޔަން ކުރެއްވީ، ނޮވެމްބަރު 19، 2023 އިން ފެށިގެން އެ މަގާމު ފުރުއްވަމުން ގެންދެވި މުހައްމަދު ޝަމްއާން ވަހީދު ކުއްލި ގޮތަކަށް އިއްޔެ ވަކިކުރެއްވުމަށް ފަހު އެވެ.

ޝަމްއާން މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން އަދި ހާމަނުކުރި ނަމަވެސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ފުލުހުން ބަލަން ފަށާފައިވާކަން ރޭ ވަނީ ބުނެފަ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އިމިގްރޭޝަންގެ ބައެއް މުވައްޒަފުން "މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން" ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު މަންފާ ހޯދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ތަހުގީގު ފަށާފައިވާ ކަަމަށެވެ.

އަދި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށް، ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ. އެ އަށް ވުރެ އިތުރު ތަފުސީލެއް ފުލުހުން އަދި ނުދެ އެވެ. އަދި މަގާމުން ވަކިކުރު ޝަމްއާނާ އެ ތުހުމަތުތަކާ ގުޅުމެއް އޮތް ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ނޭނގެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވެ، އެންމެ ފުޅާކޮށް ހިންގާ އެއް ކަމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަތުމާއި އަދި ގަވާއިދުތަކުގެ ތެރެއަށް އެ މީހުން ފެއްތުމުގެ ކަންކަން ކުރިއަށް ގެންދިއުމެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ 5،000 އަށް ވުރެ ގިނަ ބިދޭސީން މިހާތަނަށް ވަނީ ރާއްޖެ އިން ޑީޕޯޓް ކޮށްފަ އެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަކީ އޭނާ އެންމެ އިސްކަން ދެެއްވާ ކަންތައް ކަމަށް މަގާމުގައި ހުންނެވި އިރު ޝަމްއާން އެކި ފޯރަމްތަކުގައި ވިދާޅުވެފައި ވެ އެވެ.

67 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 48%
icon wow icon wow 5%
icon inlove icon inlove 36%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަބްޑޫޅް +

23 March 2025

ފަސީހު އަކީ ކޮރަޕުސަން ނޯންނަ އާއިލާއެއްގެ ބޭފުޅެއް.

The name is already taken The name is available. Register?

ލުތުފ

22 March 2025

ފަސީހަށް މަރުހަބާ. ރަގަޅު ބޭފުޅެއް. ފުލުހުންގެ ވަޒީފާއިން ރިޓަޔާވި ފަހުންވެސް ވަރަށް އަބުރުވެރިކަމާއެކު، ލޯޕްރޮފައިލް އެއްގަ މިހާތަނަށްވެސް ހުންނެވީ. ފަސީހު އާއި ހަވާލުކުރެވުނު ޒިންމާ ފުރިހަމަޔަށް އަދާކޮށްދޭކަމުގެ އުންމީދު ވަރަށްބޮޑު.

The name is already taken The name is available. Register?

ސުވާދީބު ބޯއި

21 March 2025

އަހަރެމެން ލޯން ނަގައިގެން ކިޔެވުމުގެ ބޭނުމެއް ނެތް. ޑިގްރީއާއި މާސްޓާރސް ހަދައިގެން އަހަރެމެންނަށް މިލިބެނީ އާދައިގެ ވަޒީފާގަނޑެއް. ކުރިއަށް ދެވޭނެ ފުރުޞަތެއް ނެތް. ރިޓަޔާޑުންނަށް ގައުމުގައި ހުރި ހުރިހާ ރަގަޅު ވަޒީފާތައް. އެމީހުންނަށް ސިފައިގެން / ފުލުހުންގެ ބޮޑު ޕެންޝަނާއި، އަދި ނުވިތާކަށް ސަރުކާރުގެ ބޮޑެތި ވަޒީފާތައް.

The name is already taken The name is available. Register?

ބަބޫ

21 March 2025

ސިފައިން ގެއިންނާ ފުލުސް އޮފީހުން ރިޓާޔާ ވާމީހުންނާ ހަވާލުކުރާ ހުރިހާރަނެއް އަދި ހިނގަނީ ރަނގަޅަށް.

The name is already taken The name is available. Register?

222222

21 March 2025

މުޙައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ މީނަގެ ސަބަބުން. ހަވާލުވެ ހުރި އިދާރާގެ މުވައްޒަފުން ގެންގުޅެން ނޭގުމުގެ ސަބަބުން ބޮޑު ހާޖާނެއް އުފެދި ރައީސް އިސްތިއުފާ ދޭން މަޖުބޫރުވީ.

The name is already taken The name is available. Register?

ހުސީނު

21 March 2025

ކުއްލިގޮތަކަށް މީހަކު ކަޑާލިޔަސް، އެމަގާމާއި ހަވާލުވާ މީހާ ހުންނަނީ ކާޑުއަޅައިގެން ވަޒީފާޔަށްދާން ތައްޔާރަށް. ރައްޔިތުންނަށް ކުއްލިގޮތެއްވިޔަސް، މިއީ މާކުރިން ނިމިފައިން ނިންމުމަކާއި ވައްތަރު.

The name is already taken The name is available. Register?

ޝަމްޢާން

21 March 2025

ހަހަހާ! މުއިއްޒުބޭ ތީތިދެން މިހާރު މާބޮޑަށް ފާޅުވަނީތިޔޮށް!

The name is already taken The name is available. Register?

މިލިޓަރީ

21 March 2025

މިހާރު ގިނައިން އިސްމަޤާމުތަކުގައި އަދި ކުންފުނި ތަކުގެ އެމްޑީ އިންގެ ގޮތުގައި ވެސް މިތިބެނީ ފުލުހުން ނުވަތަ ސިފައިންގެ (ރިޓަޔަޑް) މީހުން! މިއީ މިލިޓަރީ ދައުލަތެއްބާ؟؟

The name is already taken The name is available. Register?

ބިއްލެ

21 March 2025

އަދި އެއްތަންކޮޅު އިތުރުކޮށްލާ. ރިޓަޔަރޑް ފެއިލްޑް ޖެނެރޭޝަން

The name is already taken The name is available. Register?

ސިންގހަމް

21 March 2025

އެއްގޮތަކީ ނިމުނީ އެވެ. ނޫނީ ތިޔަށްވުރެން ބޮޑު މަގާމެއް ތައްޔާރުކޮށްފަ ދޭނެއެވެ. އަހަރުމެން މިތިބެނީ ތިޔަހުރިހާ ފިލްމަކާއި އެޕިސޯޑުތައް ބަލާށެވެ. ސަރުކާރުގެ ވަކީން ހާއްސަކޮށް ސިޔާސީ މަގާމަކީ ހުވަފެނެއް ކަހަލަ އެއްޗެކެވެ. ހެނުލެވޭހާއިރަކު ކިތަންމެހާވެސް އުފާވެރިއެވެ. ހޭލެވުމުން ގެއްލި ދިޔައީއެވެ. ބާރާއި ނުފޫޒުވެސް އޮބި ދިޔައީ އެވެ.

The name is already taken The name is available. Register?

ކަނބިލި

21 March 2025

ވަރަށް ރަނގަޅު ބަދަލެއް. އަދުރޭގެ ބާރުތައް ކުޑަކުރެވޭނެ. އަދުރޭ ބޭނުންވެގެން ވަރަށް ނާގާބިލު ސޮރުންތަކެއް ބޮޑެތި މަގާމުތަކަށް އައްޔަންކުރުން ނިމުމަކަށް އަންނަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454