21 މާޗް 2025 - 10:41
ހުކުރު ދުވަހަކީ ކޮންމެ ހަފުތާއެއްގައި އަންނަ އެންމެ މާތް ދުވަސް ކަމަށް ކީރިތި ރަސޫލާ ވަނީ ވިދާޅުވެފަ އެވެ. ގިޔާމަތް ވަނީ ވެސް އެ ދުވަހުގަ އެވެ. މިފަދަ ކިތަންމެ ކަމެއް ހުކުރު ދުވަހާ ގުޅިފައިވާތީ އެ ދުވަހުގެ މާތްކަން ވަކިން ބޮޑެވެ.
ޝައިހު އާޒިމް ޚާލިދު ވިދާޅުވީ، ހުކުރު ދުވަހު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަކީ ހުކުރު ނަމާދަށް އަވަހަށް ގޮސް ހުތުބާ އަޑުއެހުން ކަަމަށެވެ. އެ ދުވަހަށް ހާއްސަ ކަހްފު ސޫރަތް ކިޔެވުމަކީ ދެން ބައްދަލުވާ ހުކުރާ ހަމައަށް އެ މީހަކަށް އަލިކޮށްދޭ ނޫރެއް ކަމަށް ރަސޫލާގެ ހަދީސާ ހަވާލާ ދެއްވައި ޝައިހު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
raajje
21 March 2025
ދީނީޢިލްމުވެރިންގެ ދަރުސްތައް ޒަމާނާގުޅޭގޮތަށް ގެނެސްނުދެވޭނަމަ ތިޔައަޑުއަހާނެމީހަކުނުވާނެ، ހުތުބާތަކުގެ ފެންވަރުދަށް، ހުނަނީއެއްވާހަކަތަކެއް އެކިގޮތްގޮތަށް އަނބުރާފަ، ކަހްފު ސޫރަތް ކިޔެވުމުން އަލިކޮށްދޭނޫރެއްގެވާހަކަ، ފަތިސްނަމާދުގެ އިހުސުންނަތުގެ ދެރަކުއަތް ދުނިޔެއާދުނިޔޭގައިވާހާއެއްޗަކަށްވުރެން ހެޔޮކަންބޮޑުވާހަކަ، ހަމަބުނެލާއިރަށްވިސްނޭވަރަށްވުރެން ބޮޑެތިވާހަކަތައްދޯމީ، އިތުރުތަފުސީލުބެނުންވޭ، ގުރުއާނާއި ހަދީސާ އަޅުގަނޑު ދެކޮޅެއްނަހަދަން